[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެމަފިރިންއެކު ނަމާދެއް ކުރުން

20110918_014ކައިވެނިކޮށް ނިމުމަށްފަހު ދެމަފިރިން އެކުގައި ދެ ރަކުޢަތް ނަމާދެއްކުރުން މުސްތަޙައްބުވެގެންވެއެވެ. އެއީ އަޞްޙާބު ބޭކަލުންގެ ކިބައިން ވާރިދުވެގެން އައިސްފައިވާ ކަމެކެވެ. އަބޫޙުރައިޒް ކިޔާމީހަކު ޢަބްދުﷲ ބުން މަސްޢޫދުގެ އަރިހުގައި ދެންނެވިއެވެ. އަހުރެން ބިކުރުވެރި ޒުވާން އަންހެނަކާ އިނދެފީމެވެ. އެކަމަކު އަހުރެންދެކެ އެކަނބުލޭގެ ރުޅިއައިސް ދާނެ ކަމަށް އަހުރެން ބިރުވެތި ވަމެވެ. ޢަބްދުﷲ ބުން މަސްޢޫދު ވިދާޅުވިއެވެ.

إِنَّ الالْفَ مِنَ اللهِ وَالْفِرْكَ مِنَ الشَّيْطَانِ ، يُرِيْدُ أَنْ يُكْرَهَ إِلَيْكُمْ مَا أَحَلَّ اللهُ لَكِنْ فَإِذَا أَتَتْكَ فَاْمْرُهَا أَنْ تُصَلِّي وَرَاءَكَ رَكْعَتَيْنِ”“އާދާބުއްޒިފާފި ލިލްއަލްބާނީ”

ޔައުނީ: “ލޯބިވެރިކަމާއި އެކުވެރިކަމަކީ ﷲގެ ޙަޟްރަތުން ވާކަމެކެވެ. ރުޅިވެރިކަމާ ދެކޮޅުވެރިކަމަކީ ޝައިޠާނާގެ ފަރާތުން ވާކަމެކެވެ. އެޝައިޠާނާ އެދެނީ ކަލޭމެންނަށް ﷲ ޙަލާލު ކުރެއްވި ކަންތަކާމެދު ކަލޭމެން ނަފުރަތުކުރުވައި ރުޅި އެރުވުމަށެވެ. ކަލޭގެ އަނބިމީހާ ކަލޭގެގާތަށް އައީމާ ކަލޭގެ ފަހަތުގައި ހުރެގެން (ދެމީހުންއެކު) ދެ ރަކުޢަތް ނަމާދެއްކުރަން އަމުރު ކުރާށެވެ.” އަދި އެހެން ރިވާޔަތެއްގައިވަނީ ނަމާދުކުރުމަށްފަހު އަންނަނިވި ދުޢާ ކުރާށެވެ.

 اللَّهُمَّ بَارِكْ لِي فِي أَهْلِي، وَبَارِكْ لَهُمْ فِيَّ، اللَّهُمَّ اجْمَعَ بَيْنَنَا مَا جَمَعْتَ بِخَيْرٍ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ إِلَى خَيْرٍ (އާދާބުއްޒިފާފި ލިލްއަލްބާނީ)

މި ދުޢާގައި އެކުލެވިގެންވާ މާނައީ: “އޭ ﷲ އެވެ. މިއަޅާގެ އަނބިމީހާގެ ކިބައިގައި މިއަޅާއަށް ބަރަކާތް ލައްވާނދޭވެ. އަދި އެމީހުންނަށްޓަކައި މިއަޅާގައި ބަރަކާތް ލައްވައިފާނދޭވެ. އޭ ﷲއެވެ. އަޅަމެން ހެޔޮގޮތުގައި ޖަމްޢުކޮށް ކޮށްދެއްވާފާނދޭވެ. އަދި އަޅަމެން ވަކިކުރައްވަންޏާ ހެޔޮގޮތުގައި ވަކިކޮށްދެއްވާނދޭވެ.” މިއެވެ.