[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (5)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ހަމަކަށަވަރުން ބާއްޖަވެރިކަން ލިބޭ ހަތަރު ކަންތަކުގެ ތެރެއިން ޞާލިޙު އަނބީން ހިމެނިފައިވާ ފަދައިން، އަބާއްޖަވެރިކަން ލިބޭ ހަތަރު ކަންތަކުގެ ތެރެއިން ނުބައި އަނބީން ހިމެނިފައިވެއެވެ. އެއީ އަންނަނިވި ޞައްޙަ ޙަދީޘްގައިވާ ފަދައިންނެވެ.

ފަހެ، ބާއްޖަވެރިކަމުގެ ތެރެއިން ޞާލިޙް އަނބީން ހިމެނިފައިވެއެވެ. އޭނާއަށް ބަލާލުމުން ފަހެ ތިބާއަށް ހިތްހަމަޖެހުން ލިބެއެވެ. އަދި ތިބާ ނެތް ތަނުގައި އޭނާގެ ނަފްސާއި ތިބާގެ މުދަލަށް ރައްކާތެރިވާނެކަމުގެ ޔަޤީންކަން އޮވެއެވެ. އަދި ތިބާއަށް އޭނާ ފެނުމުން ތިބާގެ ހިތަށް ނުތަނަވަސްކަން ގެނުވާ އަނބީން އަބާއްޖަވެރިކަމުގެ ތެރެއިން ހިމެނެއެވެ. އޭނާގެ ދުލުން ތިބާއަށް ޙަމަލާދެއެވެ. އަދި ތިބާ ނެތް ތަނުގައި އޭނާގެ ނަފްސާއި ތިބާގެ މުދަލަށް ރައްކާތެރިވާނެކަމުގެ ޔަޤީންކަމެއް ނޯވެއެވެ. [رواه ابن حبان وهو في السلسلة الصحيحة ٢۸٢]

ހަމައެދަފައިން، މުސްލިމު އަންހެނާއަށް ކައިވެންޏަށް އެދި ހުށަހަޅާ މީހާގެ ޙާލަތަށްވެސް ބަލަންޖެހެއެވެ. އަދި އޭނާއަށް ރުހުން ދޭންވާނީ އަންނަނިވި ޝަރުޠުތަކާއެކުގައެވެ.

((إِذَا أَتَاكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَزَوِّجُوهُ، إِلاَّ تَفْعَلُوه تَكُنْ فِتْنَةٌ فِي الأَرْضِ وَفَسَادٌ كَبِيرٌ)) [حسنه الألباني في غاية المرام ٢١٩]

މާނައީ: “އޭނާގެ ދީންވެރިކަމާއި ޚުލުޤާމެދު ތިބާ ރުހޭ މީހަކު އަތުވެއްޖެނަމަ ފަހެ، އޭނާއާ ކައިވެނިކޮށްދޭށެވެ. [މިއީ ވަލީވެރީންނަށް ދެވިފައިވާ އިރުޝާދެކެވެ.] އެފަދައިން ކަންތައް ނުކޮށްފިނަމަ ދުނިޔޭގައި ފިތުނައެއް އުފެދި، ބޮޑުވެގެންވާ ފަސާދައެއް އުފެދިދާނެއެވެ.”

އިސްވެދިޔަ އެންމެހާ ކަންކަމުގައި ރަނގަޅަށް ސުވާލުކޮށް ހޯދާ ބަލަން ޖެހޭނެއެވެ. އަދި އެކަމުގެ މަޢުލޫމާތު އެއްކުރަން ޖެހޭނެއެވެ. އަދި ޚަބަރު ލިބޭގޮތާއި ލިބޭ ޚަބަރުތައް ޔަޤީންކުރަން ޖެހޭނެއެވެ. އެއީ ގެ ފަސާދަވެ ހަލާކުވުމުން ރައްކާތެރިކުރުމަށެވެ.

ޞާލިޙު ފިރިހެނަކު ޞާލިޙު އަންހެނަކާއެކު ރަނގަޅު ގެއެއް ބިނާކުރެއެވެ. އެހެނީ ﷲ ގެ އިޛްނަފުޅާއެކު ހެޔޮ ބިމަކުން އެރަށުގެ ގަސްގަހާގެހި ފަޅައެވެ. އަދި (ބިން) ނުބައި ރަށްރަށުން ފައިދާއެއްނެތް މަދު ގަސްކޮޅެއް މެނުވީ ނުފަޅައެވެ.

 

=ނުނިމޭ=

 

އެހެންބައިތައް ބެއްލެވުމަށް