[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަރާވީޙްނަމާދުކުރާއިރު މައުމޫމުން ޚަތިމުހިފަހައްޓައިގެން ހުރުން

ސުވާލު: ތަރާވީޙްނަމާދުކުރާއިރު މައުމޫމުން ޚަތިމުހިފަހައްޓައިގެން ހުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

 

 

[ދީނުގައި] މިކަންކުރުމަށް އަޞްލެއް އައިސްފައިވާކަމަށް އަޅުގަނޑަށް އެނގިފައެއްނުވެއެވެ. ބޮޑަށް ބުރަވެވެނީ އޭނާ [ނަމާދުގައި]  މަޑުމޮޅިވެ ހަމަޖެހިގެންހުރުމަށެވެ. އަދި މުޞްޙަފެއް[ޚަތިމެއް] ނަގައިގެން ނުހުރުމަށެވެ. އަދި ކިއެއް ހެއްޔެވެ. އޭނާގެ ކަނާއަތް ވާއަތްމަތީގައި ބާއްވައިގެން ހުންނާނީއެވެ. އެއީ ސުންނަތުގައި އައިސްފައިވާ ފަދައިންނެވެ. އޭނާގެ ކަނާއަތް ވައަތުގެ އައްތިލައާއި ކުޑަހުޅާ އަތްދަނޑީގެ މަތީގައި ބާއްވާ، ދެއަތް މޭމަތީގައި ބާއްވާނީއެވެ. މިއީ މިކަމުގައި އެންމެ ބުރަދަންހުރި ރަނގަޅުގޮތެވެ. އަދި އެންމެ މޮޅުއިތުރުގޮތެވެ.

ޚަތިމު ހިފަހައްޓައިގެން ހުރުމުން މިސުންނަތްތަކުން އޭނާ އެއްކިބާކުރުވައެވެ. އަދި އެއަށްފަހު އޭނާގެ ހިތާއި ފެނުން ޚަތިމުގެ ޞަފްޙާތަކާ އާޔަތްތައް މުރާޖަޢާކުރުމުގައި މަޝްޣޫލުވެ، އިމާމުގެ ކިޔެވުން އަޑުއެހުމުން އެއްކިބާކުރުވަފާނެއެވެ.

ފަހެ އަޅުގަނޑަށް ފެންނަނީ އެފަދައިން [ޚަތިމުހިފަހައްޓައިގެން ހުރުން] ދޫކޮށްލުމަކީ އެއީ ސުންނަތް ގޮތްކަމުގައެވެ. އަދި ހަނުހުރެ، ކަނުލާ އަޑެއެހުމަށެވެ. އަދި ޚަތިމު ބޭނުން ނުކުރުމަށެވެ. ފަހެ އޭނާއަށް އިމާމުކުރާ ކުށް ރަނގަޅުކޮށްދޭ މިންވަރަށް [ހިތުން] އެނގޭނަމަ އިމާމަށް ރަނގަޅުކޮށްދޭނީއެވެ. ނޫންނަމަ އޭނާ ނޫން އެހެން މީހުން ރަނގަޅު ކޮށްދޭނެއެވެ. ދެން ފަހު އިމާމުކުށެއް ކިޔުމުން ފާތިޙާ ސޫރަތްފިޔަވާ އެހެން ސޫރަތެއްގައި އެއްވެސް މީހަކު އެކަން ރަނގަޅުކޮށްނުދެވިއްޖެނަމަ އެކަމަކުން ގެއްލުމެއްނެތެވެ. އެހެނީ ފާތިޙާ ސޫރަތަކީ ނަމާދުގައި ކޮންމެހެންވެސް ގެނެސްގަންނަން ޖެހޭ ނަމާދުގެ ރުކުނެކެވެ. ފާތިޙާ ސޫރަތް ނޫން އެހެން ސޫރަތެއްގެ ބައެއް އާޔަތްތައް ދޫވުމުން އިމާމުގެ ފަހަތުގައި އެކަން ރަނގަޅުކޮށްދޭނެ މީހަކަ ނެތަސް އެކަމުގެ ގެއްލުމެއްނެތެވެ. ޙާޖަތެއް އޮތްނަމަ، އެންމެ މީހަކު އިމާމު ފަހަތުގައި ޚަތިމު ހިފަހައްޓައިގެން ހުންނަނަމަ  ފަހެ އެއީ މައްސަލައެއްނޫނެވެ. ނަމަވެސް ކޮންމެ މީހަކު ޚަތިމެއް ހިފަހައްޓައިގެން ހުރުމަކީ ސުންނަތާ ޚިލާފުކަމެކެވެ.

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله (ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)
_____________________________________

މިފަތުވާގެ އަޞްލު ޢަރަބިބަހުން ބެއްލެވުމަށް