[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޝައްވާލުމަހުގެ ހަ ރޯދަ ހިފުން

ރަމަޟާންމަހަށްފަހު ޝައްވާލު މަހުގެ ހަރޯދަހިފާއިރު، ޢީދު ދުވަހަށް ފަހު ވަގުތުން ހިފުން ލާޒިމުވެގެންވޭ ހެއްޔެވެ؟ ނުވަތަ ޢީދުދުވަހަށް ފަހު ޝައްވާލުމަހުގެ ދުވަސްތަކެއް ދޫކުރުމަށްފަހު ވިދިވިދިގެން ހިފުން ހުއްދަވެގެންވޭ ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟

 

ފިޠުރު ޢީދަށް ފަހު ވަގުތުން އެރޯދަތައް ހިފުން ލާޒިމުވެގެން ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. ޢީދު ދުވަހަށް ފަހު އެއްދުވަސް ނުވަތަ ދުވަސްތަކެއް ފަހުން ހިފުންވެސް ހުއްދަވެގެންވެއެވެ. އަދި ޝައްވާލުމަހުގައި ވިދިވިދިގެން ނުވަތަ ވަކިވަކިން ހިފުންވެސް ހުއްދަވެގެންވެއެވެ. އެއީ އެމީހަކަށް ފަސޭހަ ގޮތަކަށެވެ. އެއީ ވަރަށް ތަނަވަސްކޮށް އޮތްކަމެކެވެ. އެއީ ފަރުޟެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ސުންނަތެކެވެ.

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

ސުޢޫދީ ޢަރަބިއްޔާގެ ޢިލްމީ ބަހުޘްތައްކުރާ އަދި ފަތުވާދޭ ދާއިމީ ކޮމިޓީ

عبد العزيز بن عبد الله بن باز

عبد الرزاق عفيفي

عبد الله بن غديان

عبد الله بن قعود


فتاوى اللجنة الدائمة (10 / 391)