[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (9)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފަސްވަނަ ނަސޭހަތް: ގޭގެ އަހުލުވެރިން އީމާންކަންމަތީ ތަރުބިއްޔަތުކުރުން

 

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

كَانَ رَسُولُ اللهِ صلى اللهُ عليه وسلم يُصَلِّى مِنَ اللَّيْلِ فَإِذَا أَوْتَرَ قَالَ ((قُومِى فَأَوْتِرِى يَا عَائِشَةُ)) [رواه مسلم ١٣٥-(٧٤٤)]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ރޭގަނޑު ނަމާދު ކުރައްވައެވެ. ފަހެ ވިތުރި ކުރައްވާހިނދު ޙަދީޘްކުރައްވައެވެ. “އޭ ޢާއިޝާއެވެ. ފަހެ ތެދުވެ، ވިތުރި ކުރާށެވެ.”

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((رَحِمَ اللهُ رَجُلاً قَامَ مِنَ اللَّيْلِ فَصَلَّى وَأَيْقَظَ امْرَأَتَهُ فَصَلَّتْ فَإِنْ أَبَتْ نَضَحَ فِى وَجْهِهَا الْمَاءَ)) [رواه أحمد وأبو داود ، صحيح الجامع ٣٤۸۸]

މާނައީ: “ރޭގަނޑުގެ ނަމާދަށް ތެދުވެ، ނަމާދުކޮށް އަދި އޭނާގެ އަނބިމީހާއަށް ގޮވާނަމާދުކުރުވައިފި މީހަކަށް ﷲ ރަޙްމަތްލައްވާށިއެވެ. ފަހެ އޭނާ ނުހޭލައިފިނަމަ އޭނާގެ މޫނަށް ފެންފޮދެއް އޭނާ ބުރުވާލައެވެ.”

އަދި ޞަދަޤާތްދިނުމަށް ގޭގައި ތިބޭ އަންހެނުންނަށް ހިތްވަރު ދިނުމަކީ އީމާންކަން އިތުރުވާކަމެކެވެ. މިއީ ނަބިއްޔާ صلى الله عليه وسلم ވަރަށް ބޮޑަށް ބާރުއަޅުއްވާ އަމުރުކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

((يَا مَعْشَرَ النِّسَاءِ تَصَدَّقْنَ فَإِنِّي رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ)) [رواه البخاري ، الفتح ۱/٤۰٥]

މާނައީ: “އޭ އަންހެން ކަނބަލުންނޭވެ. ތިޔަކަނބަލުން ޞަދަޤާތްކުރާށެވެ. ފަހެ، ތިމަންކަލޭގެފާނަށް ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ގިނައިން ފެނިވަޑައިގަތީ ތިޔަކަނބަލުންނެވެ.”

މިޒަމާނުގައި މިފަދައިން ކުރެވޭ ކަންތައްތަކުގެ ތެރޭގައި ފަޤީރުންނަށާއި މިސްކީނުންނަށް ދޭނެ ފައިސާ އެއްކުރުމަށް ގޭގައި ފޮއްޓެއް ބަހައްޓާ އުޅެއެވެ. އަދި އެފޮއްޓަށްލައިފި ކޮންމެ އެއްޗަކީ ޙާޖަތަށްޖެހިފައިވާ މީހުންގެ އެއްޗަކަށް ހަދައެވެ. އެއީ މުސްލިމުގެތަކުގައި އެފަދަމީހުންނަށް ހެދިފައި ހުންނަ އެއްޗެއްކަމުގައި ހަދައެވެ.

އަދި ގޭ ތެރެއިން ގޭގެ އަހުލުވެރިންނަށް ހެޔޮ ނަމޫނާ ފެންނަނަމަ އެކަމަށް ތަބާވުމަށް އެބައިމީހުންނަށް ލިބޭ ހިތްވަރެއްކަމުގައި އެކަންތައްތައް ވެގެންދެއެވެ. ގެއެއްގެ ތެރޭގައި ބީޟުގެ [އެބަހީ: ކޮންމެ ހަނދުމަހެއްގެ 13،14،15] ރޯދަތައް ހިފުމާ، [ކޮންމެ ހަފްތާއެއްގެ] ހޯމަ ބުރާސްފަތީގެ ރޯދަހިފުމާ، ތާސޫޢާއި ޢާޝޫރާ ދުވަހު [މުޙައްރަމު މަހުގެ 9ވަނަ ދުވަހާއި 10ވަނަ ދުވަހު] ރޯދަ ހިފުމާ، ޢަރަފާތު ދުވަހުގެ ރޯދަހިފުމާ، މުޙައްރަމު މަހާއި ޝަޢުބާންމަހުގައި ރޯދަހިފުން ގިނަކުރާނަމަ އެއީ އެބައިމީހުންނަށް ފެންނަ ރަނގަޅު ނަމޫނާއެކެވެ.

_____________________________

=ނުނިމޭ=

 

އެހެންބައިތައް ބެއްލެވުމަށް