[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (11)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ހަތްވަނަ ނަސޭހަތް: ގެއިން ޝައިޠާނާ ދުރުކުރުމަށްޓަކައި ގޭގައި ދާއިމީ ގޮތެއްގައި ސޫރަތުލްބަޤަރާ ކިޔެވުން

 

މިކަމާ ގުޅޭގޮތުން ގިނަ ޢަދަދެއްގެ ޙަދީޘްތަކެއް އައިސްފައިވެއެވެ. އޭގެ ތެރޭގައި:

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لاَ تَجْعَلُوا بُيُوتَكُمْ قُبُورًا، إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ » [رواه مسلم ٥٣٩/١]

މާނައީ: “ތިޔަބައިމީހުންގެ ގެތައް ގަބުރުސްތާނުތަކަށް ނުހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ސޫރަތުލްބަޤަރާ ކިޔެވޭ ގެއަކުން ޝައިތާނާ ފިލައެވެ.”

އަދި ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«اقْرَءُوا سُورَةَ الْبَقَرَةِ فِي بُيُوتِكُمْ، فَإِنَّ الشَّيْطَانَ لا يَدْخُلُ بَيْتًا يُقْرَأُ فِيهِ سُورَةُ الْبَقَرَةِ » [رواه الحاكم في المستدرك ١/٥٦١ و هو في صحيح الجامع ١١٧٠]

މާނައީ: “ތިޔަބައިމީހުންގެ ގެތަކުގައި ސޫރަތުލްބަޤަރާ ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އެގެއެއްގައ ސޫރަތުލްބަޤަރާ ކިޔެވޭ ގެއަކަށް ޝައިޠާނާ ނުވަދެއެވެ.”

އަދި މިސޫރަތުގެ ފަހު ދެ އާޔަތުގެ މާތްކަމާއި، އެދެއާޔަތް ގޭގައި ކިޔެވުމުން އޭގެން ކުރާ އަޘަރާ ބެހޭގޮތުން އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

« إِنَّ اللهَ تعالى كَتَبَ كِتَابًا قَبْلَ أَنْ يخْلُقَ السَّمَاوَاتِ وَالأَرْضَ بِأَلْفَيْ عَامٍ، وَهُوَ عِنْدَ الْعَرْشِ وَأنه أَنْزَلَ منه آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ، ولا يُقْرَآنِ فِي دَارٍ ثَلاثَ لَيَالٍ، فَيَقْرَبَهَا شَيْطَانٌ» [رواه الإمام أحمد في المسند ٤/٢٧٤ و غيره و هو في صحيح الجامع ١٧٩٩]

މާނައީ: “ހަމަކަށަވަރުން އުޑުތަކާއި ބިން ޚަލްޤުކުރެއްވުމުގެ ދެހާސް އަހަރު ކުރިން ﷲ ތަޢާލާ ލިޔުމެއް ލިޔުއްވިއެވެ. އެ ލިޔުންވަނީ ޢަރުޝިކޮޅުގެ ކައިރީގައެވެ. އަދި ހަމަކަށަވަރުން އެއިލާހު އޭގެން ދެ އާޔަތް ބާވާލެއްވިއެވެ. އެދެއާޔަތުން ސޫރަތުލްބަޤަރާ ނިންމެވިއެވެ. ތިން ރޭ ވަންދެއް އެ ދެއާޔަތް ކިޔަވައިފި ގެއަކާ ފަހެ ޝައިޠާނާ ގާތްނުވާ ހުއްޓެވެ.”

_____________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް