[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (14)

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ބައެއް ކިޔުންތެރިން ބުނެފާނެއެވެ. ތިމަންމެން ދުވަހެއް ޚާއްޞަކޮށްފާނަމެވެ. އަދި އެކަމުގެ ޚަބަރު އަހުލުންނަށް ދީފާނަމެވެ. ފަހެ، މި މަޖްލިސްތަކުގައި ކުރިއަށް ގެންދާނީ ކޮންކަމެއް ހެއްޔެވެ؟ އަދި އަހަރެމެން ފަށާނީ ކިހިނެއް ހެއްޔެވެ؟

އޭގެ ޖަވާބުގައި ތިބާއަށް ގޮތްތަކެއް ހުށަހަޅަމެވެ. ލޮބުވެތި ކިޔުންތެރިންނަށް މިހުށަހަޅާލަނީ ވަރަށް ފަސޭހަ، އާދައިގެ މަންހަޖެކެވެ. އެއީ ޢާންމުކޮށް ގޭގެ އަހުލުންނަށް އުނގަންނައި ދިނުމަށެވެ. އަދި ޚާއްޞަކޮށް އަންހެން ބޭކަނބަލުންނަށެވެ.

 

تَيْسِيْرُ الكَرِيْم الرَّحْمن فِيْ تَفْسِيْرِ كَلَامِ المَنَّانِގެ ނަމުން ނަންދެވިފައިވާ العلامة ابن سعدي ގެ ތަފްސީރު:   

މިފޮތް އެކުލެވިގެންވަނީ ހަތް މުޖައްލަދުގެ މައްޗަށެވެ. އަދި މިފޮތް ލިޔުއްވާފައިވަނީ ވަރަށް ފަސޭހަ އުސްލޫބަކަށެވެ. ސޫރަތްތަކެއް ނުވަތަ އޭގެން ބައެއް ކިޔެވިދާނެއެވެ. ނުވަތަ އުނގަންނައި ދެވިދާނެއެވެ.

 

رِيَاضُ الصَّالِحِيْنَ:

އޭގައިވާ ޙަދީޘްތަކާއި ފުޓްނޯޓްތަކާއެކު އެއިން ލިބޭ ޢިބުރަތްތައް ފައިދާތަކާއެކު ކިޔައިދެވިދާނެއެވެ. އަދި  މިކަމުގައި  نُزْهَةُ المُتَّقِيْنَ މިފޮތަށް ރުޖޫޢަވެވިދާނެއެވެ.

އައްޢައްލާމާ ޞިއްދީޤް ޙަސަން ޚާންގެ حُسْنُ الأُسْوَةِ بِمَا ثَبَتَ عَنِ اللهِ وَرَسُوْلِهِ فِي النِّسْوَةِ.

ފިޤްހުގެ ބައެއް ޙުކުމްތައް އަންހެނުންނަށް އުނގަންނައިދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިޘާލަކަށް ޠަހާރަތުގެ ޙުކުމްތަކާއި، ޠަބީޢީ ލެއާއި(ޙައިޟް ނިފާސްކަމުގެ ލެއާއި)، ނަމާދާއި ޒަކާތުގެ ޙުކުމްތަކާއި، ރޯދައާއި ޙައްޖާއި، ކެއުމާއި ބުއިމުގެ ބައެއް ޙުކުމްތަކާއި، ހެދުން އެޅުމާއި ޒީނަތްތެރިވުމާއި، ފިޠުރަތުގެ ސުންނަތްތަކާއި މަޙްރަމުންނާއި، މިއުޒިކާއި ތަޞްވީރުގެ ޙުކުމްތަކާ އަދިވެސް މިފަދަ ކަންތައްތަކެވެ. މީގެ މުހިންމު މަޞްދަރުތަކަކީ ޢިލްމުގެ އަހުލުވެރިންގެ ފަތުވާތަކެވެ. އޭގެ ތެރޭގައި ހިމެނެނީ  އައްޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒްގެ ޖަމާކުރެވިފައިވާ ފަތުވާތަކާއި، އައްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްއުޘައިމީންއާ އަދި މިނޫންވެސް ޢިލްމުވެރިންގެ ފަތުވާތަކެވެ. އެއީ ލިޔެފައި ހުރި އެއްޗެހި ކަމުގައިވިޔަސް ނުވަތަ ރެކޯޑްކޮފައިވާ އެއްޗެހިކަމުގައި ވިޔަސްމެއެވެ.

އަނެއް ކަމަކީ އަންހެން ބޭކަނބަލުންނަށް އުނގަންނައި ދިނުމަށްޓަކައި ތާވަލެއް ތައްޔާރުކުރުމެވެ. ދަރުސްތަކާއި ޢާންމު ދީނީ ނަސޭހަތްތައް ހަނދުމަކޮށް ދިނުމަށްޓަކައެވެ. އެއީ ޢިލްމުވެރިންނާ ނުވަތަ ޢިލްމު އުނގެނޭ ދަރިވަރުންގެ ތެރެއިން އިތުބާރު ހިފޭ މީހުންގެ ކިބައިންނެވެ. އޭރުން އެކިވައްތަރުތަކުގެ ތަޢުލީމުގެ ރަނގަޅު މަޞްދަރުތަކެއް އުފެއްދޭނެއެވެ. އަދި ހަމަމިގޮތުން އިޛާޢަތުލް ޤުރުއާނިލް ކަރީމްގެ ގިނަ ޕްރޮގްރާމްތައް އަޑުއެހުމަށް ހަނދާން ނައްތާނުލައްވާށެވެ. [ނޯޓު: މިއީ ސުޢޫދީ ޢަރަބިއްޔާގެ ރޭޑިއޯ ޗެނަލެކެވެ.] އަދި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދުދޭށެވެ. ތަޢުލީމުގެ އަނެއް ވަސީލަތަކީ އިސްލާމީ ފޮތްތަކުގެ މަޢުރަޟަށް ދިއުމަށް އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ދުވަސްތައް ގޭގެ އަހުލުންނަށް ހަނދުމަކޮށްދިނުމެވެ. އެއީ ޝަރުޢީ ޝަރުޠުތަކާ އެއްގޮތަށް އެކަނބަލުން އެތަނަށް ދިއުމަށެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް