[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ދަރިވައްޓާލުން ( abortion )

ސުވާލު: ކެންސަރ ޖެހިފައިވާ އުޚްތެއް ވެއެވެ. އޭނާ ދަނީ ‘ތެރަޕީއެއް’ ކުރަމުންނެވެ. އޭގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ނޭދެވޭ އަޘަރުތަކެއް ކުރަމުންދެއެވެ. ޑޮކްޓަރުންވަނީ އެކުއްޖާ އެބޯޓުކޮށްލުމަށް އެއަންހެންމީހާއަށް ލަފާދީފައެވެ. އަދި އެމީހުން ކަށަވަރުކޮށް ބުނަމުންދަނީ އެއަންހެންމީހާ އެކުއްޖާ ވިހައިފިނަމަ އެކުއްޖާގެ އުނިކަން ނުވަތަ ޢައިބުކަން ހުންނާނެކަމަށެވެ. މިކަންކުރުމަށް އެދެމަފިރިން ވަނީ އެއްބަސްވެފައެވެ. މިއީ [އިސްލާމީ] ޝަރީޢަތުގައި ހުއްދަކަމެއް ހެއްޔެވެ؟

 

 

ޖަވާބު: އުނިކަމެއް ހުރެދާނެކަމުގެ ބިރަށްޓަކައި ދަރިވައްޓާލުމަކީ ހުއްދަކަމެއް ނޫނެވެ. ނަމަވެސް ﷲ سبحانه وتعالى ގެ ތަދްބީރުކުރެއްވުމަށް އެފަދަ ކަންތައްތައް ދޫކޮށްލާނީއެވެ. އެފަދަ ކުއްޖަކު އުނިކަމުން އެއްކިބާވުމަކީވެސް ހަމަ އެކަށީގެންވާކަމެކެވެ.

وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

عبد العزيز بن عبد الله بن باز

صالح بن فوزان الفوزان

عبد العزيز بن عبد الله آل الشيخ

بكر بن عبد الله أبو زيد

މިފަތުވާގެ އަޞްލު: (ޢަރަބި ބަހުން) (އިނގިރޭސި ބަހުން)