[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒުވާނުންނާއި އަޅުކަމުގެ ލައްޛަތާއި މީރުކަން – 3

DSC_0027

الإمام الشافعى ގެ އަޅުކަން

الإمام الشافعى ރޭގަނޑު ތިންބަޔަށް ބައްސަވާލައްވައެވެ. ތިންބައިން ފުރަތަމަބައިގާ ލިޔުއްވައި އުޅުއްވައެވެ. ދެވަނަބައިގައި ނަމާދުކުރައްވައެވެ. ތިންވަނަބައިގައި އަވަހާރަފުޅު ލައްޕަވައެވެ. الشافعى ވިދާޅުވާކަމުގައިވެއެވެ.

“ދުނިޔޭގެ ފައިދާއެއްނެތް ތަކެތިހޯދުމާއި ލިބިގަތުމަށް އެދި އުޅުމަކީ عقوبة އެކެވެ. الله تعالى އެކަމުން توحيد ގެ އަހުލުވެރިންނަށް عقوبة ދެއްވަނީއެވެ.”

އަދި الإمام الشافعى އަސާއެއް ހިއްޕަވައިގެން ހިންގަވާ ވަޑައިގެން އުޅުއްވައެވެ. އެކަމާމެދު ދެންނެވުނެއެވެ. ޖަވާބުގައި ވިދާޅުވިއެވެ.

“ހަމަކަށަވަރުން އަހަންނަކީ ދުނިޔެދޫކޮށްދާ ދަތުރުވެރިއަކީމެވެ.”

އަދި ކޮންމެވެސް މީހަކު الشافعى އާއި ކޮންމެވެސް ކަމަކާއިމެދު ސުވާލުކުރިއެވެ. އަދި އެމައްސަލައާއިމެދު ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެވެނިހެން حديث ރިވާ ވެފައިވެއެވެ. އަދި އެމީހަކު شافعى ގެފާނަށް ދެންނެވިއެވެ.

“އޭ އަބޫ عبدالله އެވެ! ކަލޭގެފާނު މިފަދައިން ވިދާޅުވީމު ހެއްޔެއެވެ؟ (މިއަޑު އައްސަވާފައި) الشافعى ވިދާޅުވިއެވެ. އަހުރެން ހިނގާއުޅުމަށްވަނީ ކޮން ބިމެއް ހެއްޔެއެވެ؟ އަދި އަހުރެންނަށް ހިޔާވަހިކަން ދޭހުށީ ކޮން އުޑެއް ހެއްޔެއެވެ؟ އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަހުރެން حديث އެއް ރިވާކޮށް އެއާއި އެއްގޮތަށް ނުބުނި ނަމައެވެ. އާދޭހެއެވެ. އަހުރެންނަށްހުރީ އެ حديث ފުޅު އަހައި، އެއާއި އެއްގޮތަށް ބުނެ عمل ކުރުމެވެ.”

الإمام أبوحنيفة ގެ އަޅުކަން

الإمام أبوحنيفة ނަމާދު ކުރައްވަވާ ގިނަކަމުން އެއީ (ބިމަށް ހަރުކޮށްފައިވާ) ކަޑައެކޭ ބުނެވެއެވެ. އެކަލޭގެފާނާއި މެދު نقل ވެވިފައިވެއެވެ. ހަމަކަށަވަރުން ސާޅީސް އަހަރުގެ ދިގު މުއްދަތުގައި އެކަލޭގެފާނު  عشاء ނަމާދަށް ކުރައްވަވާ وضوء އިން ފަތިސް ނަމާދު ކުރައްވައެވެ. އަދި އެކަލޭގެފާނުގެ ورع ވެރިކަމާއި تقوى ގެ ތެރެއިންވެއެވެ. އޭނާގެ އަތްޕުޅުން ދަރަނިނަގާފައިވާ މީހެއްގެ ފާރެއްގެ ހިޔަލުގައިވެސް އިށީނދެވަޑައި ނުގަންނަވައެވެ. އަދި ޢާއްމުކޮށް އެކަލޭގެފާނު ރޭގަނޑުގައި ކީރިތި قرآن ކިޔަވައި ވިދާޅުވެ އުޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަވައްޓެރީން އެކަލޭގެފާނުގެ ރުއިމުގެ އަޑުއަހާފައި އެކަލޭގެފާނުގެ މައްޗަށް އެމީހުންގެ ހިތުގައި ރަޙުމާއި އޯގާވެރިކަން އުފެދެއެވެ. އަދި الإمام ابوحنيفة އަވަހާރަވި ތާނގައި އިންނަވައިގެން (އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއިރު) ހަތްހާސް ފަހަރު ކީރިތި قرآن ختم ކުރެއްވި ކަމުގައިވެއެވެ.

އަދި އެކަލޭގެފާނު ދައްކަވާފައިވާ، ވާހަކަފުޅުތަކުގެ ތެރެއިންވެއެވެ.

“ހަމަކަށަވަރުން ދުނިޔެ އަކީ الله تعالى އަށް އުރެދެވޭތަނަކަށްވާތީ ދުނިޔެއަށް ތިބާ ރުޅިއަންނަކަމުގައި ނުވިނަމަ ހަމަކަށަވަރުން ދުނިޔެތިބާއަށް ރުޅިއަންނާނެއެވެ.”

رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ.

((إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ، فَإِنَّهُنَّ يَجْتَمِعْنَ عَلَى الرَّجُلِ حَتَّى يُهْلِكْنَهُ))

ފާފަތައް އާދައިގެ ނިކަމެތިކަމެއްކަމުގައި ދުށުމާއިމެދު ބިރުވެތިވެ އެކަމުން ދުރުވެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އިންސާނާ ހަލާކުކޮށްލައިފުމަށް ދާންދެން އެފާފަތައް އޭނާގެ މައްޗަށް އެއްވަމުން ޖަމަޢަވަމުން ދެއެވެ. (المسند أحمد من حديث ابن مسعود وهو حديث حسن لغيره).

ނަމާދުތައް އޭގެވަގުތުތަކުގައި ކުރުމުން الله تعالى ހަނދުމަކޮށް އުޅޭށެވެ. އެހެނީ ހަމަކަށަވަރުން ނަމާދަކީ އެއްނަމާދު އަނެއްނަމާދާއި ދެމެދުގައި ކުރެވޭ ކުދި ފާފަތުކުގެ ކައްފާރާއެކެވެ. ހަމައެފަދައިން ރޯދައާއި كعبة الله އަށްގޮސް حج ވުމެވެ.

މިފަދަ އިބުރަތްތެރި ދަރުސްތަކުން އިބުރަތްލިބި ތިމާމެންގެ عمل ތައް އިސްލާހުކުރެވޭތޯ މަސައްކަތް ކުރައްވާށެވެ.

-ނިމުނީ-

 

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ