[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ނިޔަފަތި ދިގުކުރުމުގެ ޙުކުމް

nails baby

ނިޔަފަތި ދިގުކުރުމުގެ ޙުކުމަކީ ކޮބާ؟

ޖ: ނިޔަފަތި ދިގުކުރުމަކީ ހުއްދަކަމެއްނޫނެވެ. އެހެނީ އެއީ ނަބިއްޔާ صلى الله عليه وسلم އެކަމަކަށް ބާރުއަޅުއްވާފައިވާ ފިޠުރަތުގެ ސުންނަތްތަކާ ޚިލާފުކަމެކެވެ. ފިޠުރަތުގެ ސުންނަތްތަކުގެ ތެރޭގައި ނިޔަފަތި ކެނޑުން ހިމެނެއެވެ. ފަހެ ނިޔަފަތި ކެނޑުމުގައްޔާއި ކިހިލިފަތްދަށުގައި ހުންނަ އިސްތަށި އުފުރުމުގަޔާއި ލަދުވެތި ގުނަވަނުގެ ވަށައިގެން ހުންނަ އިސްތަށިތައް ބޭލުމުގައި  އަދި މަތިމަސް ކޮށުމުގައި ވާޖިބުވެގެންވަނީ ސާޅީސްދުވަހަށްވުރެ ދިގުމުއްދަތަކަށް ނުބެހެއްޓުމެވެ.

އެހެނީ ޞަޙީޙު މުސްލިމުގައި އަނަސް رضي الله ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((وُقِّتَ لَنَا فِي قَصِّ الشَّارِبِ، وَتَقْلِيمِ الْأَظْفَارِ، وَنَتْفِ الْإِبِطِ، وَحَلْقِ الْعَانَةِ، أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً ))

‘މަތިމަސް ކޮށުމުގައާއި ނިޔަފަތިތައް ކެނޑުމުގައި ކިހިލިފަތްދަށުގައި ހުންނައިތަށި އުފުރުމުގައި އަދި ލަދުވެތި ގުނަވަނުގެ ވަށައިގެންވާ އިސްތަށި ބޭލުމުގައި ސާޅީސް ރެއަށް ވުރެ ދިގުމުއްދަތަކަށް ނުބެހެއްޓުމަށް އަޅުގަނޑުމެންނަށް ވަގުތު ކަނޑައެޅުނެވެ.”  

ފަހެ އެފަދައިން ކަންތައްކުރާ އަންހެނުންނަށް [އަދި ފިރިހެނުންނަށްވެސް] ވާޖިބުވެގެންވަނީ ﷲއަށް ތައުބާވުމެވެ. އަދި ނަބިއްޔާ صلى الله عليه وسلمގެ އމަރުފުޅާ ޚިލާފަށް ކުރެވޭ މިފަދަ ނުބައި އާދަތަކުން ދުރުހެލިވުމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿…وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا …﴾  [سورة الحشر ٧]

މާނައީ: “…އަދި ރަސޫލާއާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ…”

އަދިވެސް ވަޙީކުރެއްވިއެވ.ެ

﴿…فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ﴾ [سورة النور ٦٣]

މާނައީ: “…ފަހެ، އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވާމީހުންނަށް މުޞީބާތެއް ނުވަތަ ވޭންދެނިވި ޢަދާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ.”

وبالله التوفيق ، وصلى الله على نبينا محمد وآله وصحبه وسلم .

ސުޢޫދީ ޢަރިބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

عبد العزيز بن عبد الله بن باز

عبد العزيز آل الشيخ

عبد الله بن غديان

صالح الفوزان

بكر أبو زيد

ފަތުވާގެ އަޞްލު