[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުން ދޫކޮށްލާމީހުންގެ ޙާލަތު.

khairالحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:

“އިސްލާމްދީން އެދީނުގެ އެއްބައި އަނެއްބަޔަށް ވަރުގަދަކޮށްދެއެވެ. ދީނުގެ ހުރިހާ ކަމަކަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެއިން އެއްވެސް ވާޖިބަކަށް، ވަކި ވާޖިބެއް އަދާކޮށްފައި ފަރުވާކުޑަކުރުމެއްނުވެއެވެ. އަދި ހަމަކަށަވަރުން ބައެއްމީހުންނަށް ވަނީ ދީނަކީ ނަމާދުކުރުމާއި ޒަކާތްދިނުމުން ފުދޭކަމެއްކަމުގައި ޒީނަތްތެރިވެފައެވެ.

އަދި އެހެންމީހުންނަށް ނަޞީޙަތްދީ އިރުޝާދުދިނުން ދޫކޮށްލައެވެ. މިއީ ޝައިތާނާގެ މަގުފުރެއްދުމެކެވެ. ނަމަވެސް ދީނަކީ އެމީހެއްގެ ނަފުސު އިޞްލާޙުކުރުމަށްފަހު އެހެންމީހުންގެ ނަފުސުތައްވެސް އިޞްލާޙުކުރުމަށް މަސައްކަތްކުރުމެވެ.

އިބުނު އަލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވިއެވެ. “ހަމަކަށަވަރުން އިބިލީސްވަނީ ވަރަށް ގިނަ ޙަލްޤުތަކުންގެ މައްޗަށް، ޒިކުރު ކުރުމާއި ކިޔެވުމާއި ނަމާދާއި އަދި ރޯދަހިފުމާއި އަދި ދުނިޔަވީ ކަންކަމުގައި ޒުހުދުވެރިވުމާއި މިކަންކަން ބާވަތަކަށް ކޮށް އަދި މެދުކަނޑާލުމުން ރަނގަޅުވެގެންވާކަމަށް ހައްލައި ޒީނަތްތެރިކޮށްފައެވެ. ދެން މިއަޅުކަންތައް (މަޑުމަޑުން) މެދުކެނޑެމުން (ނުވަތަ މަދުވަމުން) ދެއެވެ. އަދި އެބައިމީހުންގެ ހިތްތައް އެކަމުގެ މަތީގައި ޤާއިމުވުމުގެ މައްޗަށް އިރުޝާދު ނުދޭހުއްޓެވެ. އަދި އެބައިމީހުންނަކީ ނަބީބޭކަލުންގެ ވާރުތަވެރީންގެ ކައިރީގައި(ޢިލްމުވެރީންގެ ނިސްބަތުން) އެންމެ ދީންވެރިކަން ކުޑަމީހުންނެވެ. ސަބަބަކީ ދީނަކީ ﷲ (ސުބުޙާނަހޫވަތަޢާލާ)އަށްޓަކައި އެއިލާހު އަމުރުކުރެއްވި ކަންކަމުގެ މަތީގައި ދެމިހުރުމެވެ.” (1)

ޝެއިޚުގެ ބަސްކޮޅު ނިމުނީ

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

މިފޮތުގެ އިތުރުބައިތައް ބައްލަވާ.

____________
(1)މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)  މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.