[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (29)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ހަދިޔާއެއް:

ވީވަރަކުން ގޭގައި ވަޤުތު ހޭދަކުރެވޭތޯ ބަލާށެވެ. ފަހެ، ވަލިއްޔުލްއަމްރު (ގޭގެ އިސްމީހާ) ގޭގައި އުޅުމުން ގޭތެރޭގެ ކަންތައްތައް ހަމައަކަށް އެޅުވޭނެއެވެ. އަދި ގޭތެރޭގައި ތަރުބިއްޔަތުގެ ކަންތައްތައް ދާގޮތް ބަލާ އަދި ކަންތައްތައް އިޞްލާޙުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެއެވެ.

ބައެއް މީހުންގެ ގާތުގައި އަޞްލަކީ ގެއިން ބޭރުގައި އުޅުމެވެ. ފަހެ، ދާނެ ތަނެއް ނެތުމުން ނޫނީ ގެއަށް ނުވަނުމެވެ. މިއީ ގޯހެކެވެ. ފަހެ، ހެޔޮކަންކަމަށްޓަކައި ބޭރަށްދާމީހެއްނަމަ އެކަން ވަކި މިނެއްގައި ހިފެހެއްޓުން ހުށްޓެވެ. އަދި ފާފައަކަށްޓަކައި ނުވަތަ ވަޤުތު ބޭކާރުކުރުމަށް ނުވަތަ ދުނިޔަވީ ކަންކަމުގައި އިތުރަށް މަޝްޣޫލުވުމަށް ބޭރަށްދާމީހެއްނަމަ އޭނާ މަޝްޣޫލުވާ ކަންތައްތަކާއި ވިޔަފާރިތައް މަދުކޮށްލަން ޖެހޭނެއެވެ. އަދި ބޭކާރު ބައްދަލުވުންތައް ހުއްޓާލަން ޖެހޭނެއެވެ. އެބައިމީހުންގެ އަހުލުން ދޫކޮށް ކުޅިމަޖަލުގައި ރޭކުރާ މީހުންގެ ހުރި ނުބައި ކަމާއެވެ…

ﷲ ތަޢާލާގެ ޢަދުއްވުންގެ ދަންތުރަތަކުގައި ޖެހޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫނެވެ. އަންނަނިވި ޕެރެގްރާފްގައި ޢިބްރަތެއްވެއެވެ. 1923މ ވަނަ އަހަރު ބޭއްވުނު ‘ފްރެންޗް އޮރިއެންޓަލް މެސޮނިކް ލޮޖް’ގެ ރިޕޯޓުގައިވެއެވެ.

“މީހަކު އޭނާގެ ޢާއިލާއާ ދުރުކުރުމުގެ ގޮތުން ތިބާއަށް ޖެހޭނީ އަޚްލާޤު އޭގެ ބިންގަލުން ނެތިކޮށްލާށެވެ. އެހެނީ ނަފްސުތައް ޢާއިލާއާ ގުޅުން ކަނޑާލާ ޙަރާމް ކަންތައްތަކާ ދިމާއަށް ލެނބެއެވެ. އަދި ޢާއިލީ ކަންތައްތައް ކޮށްދިނުމުގެ ބަދަލުގައި ކެފޭތަކުގައި ވާހަކައިގައި ތިބުން އެމީހުން އިޚްތިޔާރުކުރެއެވެ.”

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް