[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުކަމުގައި ދެއްކުންތެރިވުން

ﷲ ތަޢާލާގެ ހަޟުރަތުގައި ޢަމަލުތަކަކީ ޞާލިޙު ޢަމަލުތައް ކަމުގައި ވެގެންދާ ޝަރުތުތަކުގެ ތެރޭގައި އެ ޢަމަލީ ދެއްކުންތެރިކަމުން ސަލާމަތްވެގެންވާ ޢަމަލަކަށްވުން ލާޒިމެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމްގެ ސުންނަތާއި އެއްގޮތަށް ކުރެވޭ ޢަމަލަކަށްވެސް ވާން ޖެހޭނެއެވެ. މީސްތަކުންނަށް ދެއްކުމަށްޓަކައި އަޅުކަންތައް ކުރާމީހާއަކީ މުޝްރިކެކެވެ. އޭނާގެ ޝިރުކަކީ ކުޑަ ޝިރުކެވެ. އަދި އޭނާގެ ޢަމަލުވަނީ ގެއްލެނިވެގެންނެވެ. އަދި މިއީ މުނާފިޤުންގެ ޢަމަލެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ: ( إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّـهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّـهَ إِلَّا قَلِيلًا) ﴿١٤٢﴾ سورة النساء މާނައީ:  “ހަމަކަށަވަރުން،  މުނާފިޤުން، اللَّه އަށް އޮޅުވާލުމަށް މަސައްކަތް ކުރެއެވެ. އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ”.(142)  ދެއްކުމަށްޓަކައި އަޅުކަންކުރުމަކީ މިސާލަކަށް މީހަކަށް ދައްކަން ނާމާދުކުރުމެވެ.  މިސާލަކަށް މީހަކަށް ފެނުމުން ކުރަން ހުރި ނަމާދު އިތުރަށް ފުރިހަމަ ކުރާ ކަމުގައި ވަނީނަމަ އެވާނީ ކުޑަ ޝިރުކަށެވެ. އެހެންނަމަވެސް އޭނަ އެ ނާމާދު ކުރަނީވެސް އަނެއް މީހާ ބަލައްޓައިގެން ހުރުމުން ކަމަށްވަނީ ނަމަ އެ ޢަމަލު ބޮޑު ޝިރުކުގެ ތެރެޔަށް ވަދެފާނެއެވެ. ސަބަބަކީ އެޙާލަތުގައި އޭނާ ނަމާދު އެ ކުރަނީ އޭނާ ބަލަހައްޓައިގެން ހުރުމުން އެމީހައަށްޓަކައެވެ. ނޫންނަމަ ނަމާދު ނުކުރާނެއެވެ. މީހަކު އެކުރާ ޢަމަލެއް އެ ކުރަނީ އެކަމުގެ ޚަބަރު މީހުންގެ ގެ މެދުގައިފެތުރި މައްޝޫރުވެ މަތިވެރިކަންހޯދައި މީހުންނަށް އަޑު އިއްވަންކަމުގައި ވާނަމަ އެ ޢަމަލުވެސް ޝިރުކުގެ ތެރެޔަށް ވަދެއެވެ. އަދި މި ގޮތަށް ޢަމަލު ކުރާ މީހާއާއި މެދުގައި ވަޢީދުގެ ބަސްފުޅު އައިސްފައިވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން މަރްފޫޢުކޮށް ރިވާވެގެންވެއެވެ. (( مَنْ سَمَّعَ سَمَّعَ اللَّهُ بِهِ ، وَمَنْ رَاءَى رَاءَى اللَّهُ بِهِ )) رواه مسلم މާނައީ: “މީސްތަކުނަށް އަޑުއިއްވުމަށް ކަމެއްކޮއްފިމީހެއްނަމަ ﷲ ތަޢާލާ އެކަމެއް އިއްވަވަތެވެ. އަދި މީސްތަކުނަށް ދެއްކުމަށްޓަކާ ކަމެއް ކޮށްފިމީހާއަށް ﷲ ދަޢާލާ އެކަމެއް ދައްކަވައެވެ.” އަލް އިމާމް ނަވަވީ ރަޙިމަހުﷲ މުސްލިމްގެ ޝަރަޙައިގައި މިޙަދީޘް އާއި ބެހޭގޮތުން ވިދާޅުވެފައިވަނީ ﷲ ތަޢާލާ އެކަމެއް އެމީހަކަށް އިއްވެވުމުގެ މާނައަކީ ޤިޔާމަތްދުވަހުން އެމީހަކު ދެއްކުންތެރިކަމުގެ ގޮތުން މީހުންނަށް އިއްވަންވެގެން އެ ކުރި ޢަމަލު ﷲ ތަޢާލާ މީސްތަކުނަށް އަންގަވައި އޭނާ ފަޟީޙަތް ކުރައްވަވާ ވާހަކައެވެ. އަދި އަޅުކަމެއް ކުރުމުގައި ﷲ ތަޢާލާއަށާއި މީސްތަކުންނަށް އެދި އަޅުކަންކޮށްފިމީހާގެ ޢަމަލުވެސް ބާޠިލްވެގެންވެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ.  ((أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ ، مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ )) رواه مسلم “ތިމަން އިލާހީ މީސްތަކުން ޝިރުކު ކުރާތަކެޗަށްވުރެ ފުދިވޮޑިގެންވާ އިލާހީމެވެ. މީހަކު ކުރިކަމެއް ތިމަންއިލާހާއި އެހެން ފަރާތަކަށްޓަކައި ކޮށްފި ކަމުގައި ވަނީނަމަ އޭނާގެ އެޢަމަލާއި އެ ކުރި ޝިރުކުވެސް ޤަބޫލު ނުކުރައްވާ ދޫކުރައްވާހުށީމެވެ.” މި ޙަދީޘުން ދަލީލުކޮށްދެނީ ދެއްކުންތެރިކަމަށް ޢަމަލު ކުރާމީހާގެ ޢަމަލު ﷲ ތަޢާލާ ޤަބޫލު ނުކުރައްވާކަމެވެ. އޭނާގެ ޢަމަލު ބާޠިލް ވެގެންދާނެކަމެވެ. މީހަކު ﷲ އަށްޓަކައި އަޅުކަމެއް ކުރަންފެށުމަށްފަހު އޭނާގެ ހިތަށް ދެއްކުންތެރިކަން ވަދެއްޖެނަމަ އެކަމާ ނުރުހި އެކަމާއި ދުރުހެލިވާން މަސައްކަތްކޮށްފި ކަމުގައި ވަނީނަމަ އޭނާގެ ޢަމަލު ޞައްޙަ ވާނެއެވެ. އެހެން ނަމަވެސް ދެއްކުންތެރިކަން ހިތުތެރެޔަށް ވަނުމުން އެކަމާއި އަޅާނުލައި އެކަމާ ނަފްރަތު ނުކުރާކަމުގައި ވަނީނަމަ ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން ވިދާޅުވާގޮތުން އޭނާގެ ޢަމަލު ބާޠިލްވާނެއެވެ.