[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ތިން އަޞްލު އަދި އޭގެ ދަލީލުތައް

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޘަލާޘަތުލް އުޞޫލި ވަ އަދިއްލަތުހާ (ތިން އަޞްލާއި އޭގެ ދަލީލުތައް) އަކީ ޝައިޚުލް އިސްލާމުގެ މަތިވެރި ލަޤަބު އެރުވިގެންވާ އިސްލާމްދީނުގެ މުޖައްދިދު އިމާމު މުޙައްމަދު ބިން ޢަބްދިލް ވައްހާބު ރަޙިމަހުﷲ ލިޔުއްވާފައިވާ ރިސާލާއެކެވެ. މިރިސާލާ ބިނާކުރައްވާފައިވަނީ ކަށްވަޅުގައި އިންސާނާއާ ކުރެއްވޭނެކަމަށް ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުކުރައްވާފައިވާ ތިން ސުވާލުގެ ޖަވާބުގެ މައްޗަށެވެ. އެއީ ތިމާގެ ރައްބު މަޢުރިފާކޮށް ދެނެގަތުމާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢުރިފާކޮށް ދެނެގަތުމާއި އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމެވެ.

މިރިސާލާގައިވަނީ އިންސާނާ މަޢުރިފާކޮށް ދެނެގަތުން ވާޖިބުވެގެންވާ އަޞްލުތަކެވެ. އެއީ އަޅާ އޭނާގެ ރައްބު މަޢުރިފާކޮށް ދެނެގަތުމާއި، ﷲ ތަޢާލާ އަމުރުކުރައްވާފައިވާ އަޅުކަންތަކުގެ ވައްތަރުތަކާއި، އަޅާ އޭނާގެ ދީން ދެނެގަތުމާއި ދީނުގެ ހަރުފަތްތަކާއި ކޮންމެ ހަރުފަތްތަކެއްގެ ރުކުންތަކާއި، އަޅާ އޭނާގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢުރިފާކޮށް ދެނެގަންނާނޭ ގޮތާއި، އިތުރު އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ބައެއް ޞަފްޙާތަކާއި، އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުމުގެ ޙިކްމަތާއި، މަޙްޝަރުކުރެއްވުމާއި، އަލުންދިރުއްވުމާއި، އީމާންވުމާއި ތައުޙީދުގެ ދެރުކުންކަމުގައިވާ ތާޣޫތަށް ކާފިރުވުމާއި ﷲއަށް އީމާންވުމުގެ މައްޗަށެވެ. މިހުރިހާ ކަމެއްގެ ދަލީލުތައް ޝައިޚު މިރިސާލާގައި ގެންނަވާފައިވެއެވެ.

މިރިސާލާ ލިޔުއްވި ޝައިޚަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހެޔޮޖަޒާ ދެއްވާށި! އަދި މި ރިސާލާއިން މަންފާ ލިބިގަތުމުގެ ތައުފީޤު ދިވެހި އުންމަތަށް ދެއްވާ، މި ޢަމަލަކީ މިއަޅާއަށް ކުރެވުނު އިޚްލާޞްތެރި ޢަމަލުތަކުގެ ތެރެއިން ޢަމަލެއްކަމުގައި ލައްވާށިއެވެ! އާމީން

 

ފޮތުގެ ނަން:  ތިން އަޞްލު އަދި އޭގެ ދަލީލުތައް

ލިޔުއްވީ:  މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ޞަފްޙާގެ ޢަދަދު: 42 ޞަފްޙާA4

ފައިލް ސައިޒް: 1.77 mb

 

 

ފޮތް ޑައުންލޯޑު ކުރައްވާ