[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ދީނުގެ ކަމަކާމެދު އޮޅުންއަރައިފިނަމަ ސުވާލު ކުރަންވީ ކާކުގެ ގާތުގައި ހެއްޔެވެ؟

question mark with speech bubles, vector on the abstract background

ސުވާލު: ދީނުގެ ކަންތައްތަކުގެ ތެރެއިން ނަމާދު، ރޯދަ، ޙައްޖު، މުޢާމަލާތު އަދި ވަރި ފަދަ ކަމަކާމެދު އޮޅުންއަރައިފިނަމަ ފަހެ މުސްލިމް ޢިލްމުވެރިންގެ ތެރެއިން އެބޭކަލެއްގެ ޢިލްމާއި، ޞާލިޙުކަމާއި، ތަޤުވާވެރިކަމަށް މީހުންނަށް އެނގިފައިވާ އެއް ބޭފުޅެއްގެ ރައުޔު އެކަމުގައި ހޯދުމުން ފުދޭނެ ހެއްޔެވެ؟ އެއީ މިޘާލަކަށް ހައިއަތުލް ކިބާރުލް ޢުލަމާއުގެ ޢިލްމުވެރިއެއް ނުވަތަ އެފަދަ ޢިލްމުލިބިފައިވާ އެހެން ބޭފުޅެކެވެ. އެފަދަ ބޭފުޅެއްގެ އަރިހުގައި ސުވާލުކޮށް ޘާބިތު ޖަވާބެއް ލިބުމުން އެގޮތަކަށް ޢަމަލުކުރުން އަޅުގަނޑުގެ މައްޗަށް ލާޒިމްވާނެ ހެއްޔެވެ؟ ނުވަތަ ގިނަ ޢަދަދެއްގެ ބޭފުޅުންގެ އަރިހުގައި ސުވާލުކޮށް އެބޭފުޅުންގެ ރައުޔުގައި ޚިލާފެއް ވާނަމަ އޭގެތެރެއިން އެންމެ މުނާސަބު ރައުޔެއް އިޚްތިޔާރުކުރެވިދާނެ ހެއްޔެވެ؟

 

ޖަވާބު: ދީނުގެ އަމުރުތަކުގެ ތެރެއިން އަމުރެއްގައި ތިބާއަށް އޮޅުން އަރައިފިނަމަ ފަހެ ތިބާއަށް އޮތީ ޢިލްމުގެ އަހުލުވެރިއަކާ ސުވާލުކުރުމެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.

﴿…فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴾ [ سورة الأنبياء ٧]

މާނައީ: “…ފަހެ ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ.”

ފަހެ އެބޭކަލެއްގެ ތަޤުވާވެރިކަމާއި ޢިލްމާމެދު އިތުބާރުކުރެވޭ ބޭކަލަކު ތިބާއަށް އެކަމުގައި ފަތުވާއެއް ދިނުމުން ތިބާއަށް ވާޖިބުވަނީ އެފަތުވާއަކާއެއްގޮތަށް ޢަމަލުކުރުމެވެ. ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާ ސުވަލުކުރުމަށްފަހު އެބޭކަލުންގެ ފަތުވާތަކުގެ ތެރެއިން އެމީހަކަށް އެންމެ ފަސޭހަ، އަދި އެމީހެއްގެ ރައުޔާ އަދި އެދުންތަކާ އެންމެ ގުޅޭ ފަތުވާއެއް އިޚްތިޔާރުކުރުން އެއްވެސް އިންސާނަކަށް ހުއްދަވެގެން ނުވެއެވެ.

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

عبد العزيز بنعبد الله بن باز

عبد العزيز آل الشيخ

عبداللهبنغديان

صالحالفوزان

بكرأبوزيد

މިފަތުވާގެ އަޞްލު