[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެ ޖިންސުގެ މީހުން މަސްހުނިވުން

girls n boys

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދެ ޖިންސުގެ މީހުން މިނިވަންކަމާއެކު މަސްހުނިވެ އުޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ މުސްލިމް އަންހެނާއަށް އެނގޭކަމެކެވެ. އަދި ވަރަށް ފުޅާކޮށް ދެ ޖިންސު މަސްހުނިވެ އުޅޭ ހުޅަނގުގެ މީހުންނަށް ވެސް މިހާރު ވަނީ މިކަން އޮޅުންފިލަން ފަށާފައެވެ. މިކަމުގެ ސަބަބުން ތަޢުލީމީ ފެންވަރު ދަށަށް ދިއުމަށް މެދުވެރިވާކަން އެމީހުންނަށް ވަނީ ފެނިފައެވެ. އެހެންކަމުން އެމީހުން ވަނީ މިހާރު ބައެއް ޔުނިވަރސިޓީތަކާއި ތަޢުލީމީ މަރުކަޒުތަކުގައި އަންހެން އަދި ފިރިހެން ދަރިވަރުން ވަކިކުރަން ފަށާފައެވެ. އުނގަންނައިދޭ މުސްލިމު މާހިރުންގެ ތެރެއިން، ޔޫރަޕާއި، އެމެރިކާ އަދި ރަޝިޔާއަށް ދަތުރުކޮށްފައިވާ ގިނަ ޢަދަދެއްގެ ބޭކަލުންނަށް މިވަކިކުރުންތައް ވަނީ ފެނިފައެވެ. މިޘާލަކަށް ސީރިޔާގެ ތަޢުލީމާބެހޭ ވުޒާރާއިން ބެލްޖިއަމަށް ފޮނުއްވި ޕްރޮފެސަރ އަޙްމަދު މަޛްހަރު އަލްޢަޛްމާ ވަނީ ގިނަ ޢަދަދެއްގެ ސްކޫލުތަކަކަށް ޒިޔާރަތްކުރައްވާފައެވެ. އަންހެން ކުދިންގެ އެލިމެންޓްރީ ސްކޫލަކަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ޕްރިންސިޕަލްގެ އަރިހުގައި ސުވާލު ކުރެއްވިއެވެ. “ތަޢުލީމުގެ މި މަރުޙަލާގައި އަންހެން ކުދިންނާއި ފިރިހެން ކުދިން އެއް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟” ޕްރިންސިޕަލް ޖަވާބުގައި ދެންނެވިއެވެ. “މި މަރުޙަލާގައިވެސް އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނި ވުމުން ލިބޭ ގެއްލުންތައް އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައެވެ.”

ރަޝިޔާއާ ހަމައަށް ވެސް މިފަދަ ނިންމުންތަކުގެ އަޘަރު ފޯރައިފިކަމުގެ ޚަބަރު ވަނީ ލިބިފައެވެ. އަދި ޔުނިވަރސިޓީތަކުގައި ދެ ޖިންސުގެ ދަރިވަރުން ވަކިކޮށް ވަކިން ގޮފިތައް ހަދާ އަންހެން އަދި ފިރިހެން ދަރިވަރުން މަސްހުނި ނުވާގޮތަށް ޢަމަލުކުރަން ފަށާފައިވާކަމުގައި ވެއެވެ.

އެމެރިކާގައި އަންހެން އަދި ފިރިހެން ދަރިވަރުން މަސްހުނި ނުވާ 170 އަށްވުރެ ގިނަ ޔުނިވަރސިޓީގެ ގޮފިތައް ވެއެވެ. މިފަދައިން ގޮފިތައް ހެދިފައިވަނީ، އިޖްތިމާއީ ދިރިއުޅުމުގައި ވެސް ދެ ޖިންސު މަސްހުނިވުން ޢާންމުވެފައިވީ މުޖުތަމަޢެއް ކަމަކު، އުނގަންނައިދޭ ފަރާތްތަކާއި، ސުޕަވައިޒަރުންނަށް ދެ ޖިންސުގެ ކުދިން މަސްހުނިވުމުން ލިބޭ ގެއްލުންތައް ފާހަގަވުމުންނެވެ.

ދެ ޖިންސު މަސްހުނިވުމުން ލިބޭ ގެއްލުންތަކުގެ ހެކިތައް ވަކިވަކިން ބަޔާންކުރާވަރަށްވުރެ ތަނަވަސްވެގެން ވެއެވެ. މިހުރިހާ ކަމެއް ވެސް އިޝާރާތްކުރަނީ، ދެ ޖިންސު މަސްހުނިވުން މަނާކޮށް އެކަމުގެ ނުރައްކާތަކާއި ގެއްލުންތަކުން މުސްލިމު މުޖުތަމަޢު ރައްކާތެރި ކޮށްދިނުމަށްޓަކައި އެކަށައެޅިފައިވާ އިސްލާމީ އިރުޝާދުތަކަށެވެ.

____________________________________________________

އިންޓަނޭޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕުކޮށްފައިވާ (ދަ އައިޑިއަލް މުސްލިމާ- ޑރ. މުޙައްމަދު ޢަލީ އަލްޙާޝީމީ) މިފޮތުން ނަގާފައި