[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (41)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

24 ވަނަ ނަސޭހަތް: ގޭގައި ނުރަނގަޅު އަޚްލާޤަށް ދެކޮޅުހެދުން

 

ގޭގެ ފަރުދުންގެ ތެރެއިން އެއްވެސް ފަރުދަކު، ދޮގުހެދުން ނުވަތަ ޣީބަބުނުން ނުވަތަ ދެބައޮޑުވުންފަދަ ނުރަނގަޅު އަޚްލާޤުގެ ހުރިހާ ކަމަކުން ސަލާމަތްވެގެން ނުވެއެވެ. މިފަދަ ނުރަނގަޅު އަޚްލާޤުގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކަށްވެސް ދެކޮޅުހަދަން ޖެހޭނެއެވެ.

އަދި ބައެއް މީހުންނަށް ހީވެފައި އޮންނަނީ މިފަދަ ޙާލަތްތަކަށް އޮތް ހަމައެކަނި ފަރުވާއަކީ ޖިސްމާނީ އަނިޔާކަމެވެ. އަންނަނިވި ޞައްޙަ ޙަދީޘަކީ ތަރުބިއްޔަތުގެ މި މައުޟޫޢުއާ ވަރަށް ގުޅޭ ޙަދީޘެކެވެ.

عن عائشة رضي الله عنها قالت : (( كانَ رسول الله صلى الله عليه وسلم إِذَا اطَّلعَ عَلَى أَحَدٍ مِنْ أَهْلِ بَيْتِهِ كَذَبَ كَذْبَةً لَمْ يَزَلْ مُعْرِضاً عَنْهُ حَتَّى يُحْدِثَ تَوْبَةً))  [نص الحديث في صحيح الجامع رقم ٤٦٧٥]

މާނައީ: ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “އެކަލޭގެފާނުގެ ގޭގެ އަހުލުންގެ ތެރެއިން ބޭކަލެއް،  އިތުރުފުޅު ހައްދަވައިފި ހިނދެއްގައި، އެބޭކަލަކު ތައުބާވެވަޑައިގަންނަވަންދެން، އެބޭކަލެއްގެ ކިބައިން ރަސޫލުﷲ صلى الله عليه وسلم މޫނު އަނބުރާލައްވައެވެ.”

މިޙަދީޘުން ބަޔާންވެ އެނގިގެންދަނީ މިޙާލަތުގައި ވާފަދައިން، އެމީހަކާ ވާހަކަ ދެއްކުމުން ދުރުވުމާއި އެމީހެއްގެ ކަންކަމަށް ސަމާލުކަމެއްނުދީ އެކަހެރިކޮށްލުމަކީ އޭގެން މާބޮޑަށް އަޘަރުކުރުވާ އަދަބެއްކަމެވެ. އަދި ޖިސްމާނީ އަނިޔާއަށްވުރެ ފަހަރުގައި މިފަދަ އަބަދުތަކުން ކުރާ އަޘަރު ބޮޑުވެދާނެއެވެ. އެހެންކަމުން ކުދިން ތަރުބިއްޔަތު ކުރުމުގައި އުޅޭ މީހުން މިކަމާމެދު ވިސްނުން ހުށްޓެވެ.

_________________________

=ނުނިމޭ=

 

އެހެންބައިތައް ބެއްލެވުމަށް