[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (46)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

39 ވަނަ ނަސޭހަތް: ކޮންމެހެން ލާޒިމުވާ އިޞްލާޙުތައް ކުރުމާއި ދިރިއުޅުން ފަސޭހަކޮށްދޭނެ ވަސީލަތްތައް ހޯދައިދިނުމަށް ފަރުވާތެރިވުން

 

ﷲ ތަޢާލާގެ ނިޢުމަތްތަކުގެ ތެރެއިން މި ޒަމާނުގައި އަޅުގަނޑުމެންނަށް ދެއްވާފައިވާ އެއް ނިޢުމަތަކީ މިދުނިޔޭގެ ދިރިއުޅުން ފަސޭހަކޮށްދީ ވަޤުތު ސަލާމަތްކޮށްދޭ ވަސީލަތްތަކެވެ. މިޘާލަކަށް އޭސީ، އައިސްއަލަމާރި އަދި ދޮންނަމެޝިންފަދަ ތަކެއްޗެވެ. އުނދަގުލަކަށް ނުވާ އަދި އިސްރާފަކަށް ނުވާ މިންވަރަށް ގެއަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ތަކެތި ހޯދައި ދިނުމަކީ ގޭގެ ވެރި ފަރާތަށް އޮތް އެންމެ ޙިކުމަތްތެރި ގޮތެވެ. އަދި ބޭނުންތެރި، ފައިދާކުރަނިވި ތަކެއްޗާއި، އޭގައި އަގެއްނެތް ހަމައެކަނި އިތުރު ފުރިހަމަކަމެއް ގެނެސްދޭ ތަކެތި ވަކިކުރަން އެނގެންވާނެއެވެ.

ގޭގައި ގެންގުޅޭ ތަކެއްޗާ އަދި އެނޫންވެސް ވަސީލަތްތަކުގެ ތެރެއިން ހަލާކުވެފައިވާ ތަކެތި މަރާމާތުކުރުމަށް އަހަންމިއްޔަތުކަން ދޭންވާނެއެވެ. ބައެއް މީހުން އެކަމަށް ފަރުވާ ކުޑަކުރެއެވެ. ގޭތެރޭގައި ތަފާތު ވައްތަރުގެ ސޫފިތައް ގިނަ ވުމާއި، ފެން ހިންދާ ވަޅުތައް ފުރުމާއި، ނުބައި ވަސްދުވާ ކުންޏާއި، ހަލާކުވެ ބޭނުން ނުކުރެވޭ ޙާލަތުގައިވާ ފަރުނީޗަރުގެ ޝަކުވާ އެބައިމީހުންގެ އަނބިން ކުރެއެވެ.

މިއީ ގޭތެރޭގެ ބާއްޖަވެރިކަން ޙާޞިލުވުމަށް ހުރަސްއަޅާ ކަންކަންކަމާމެދު ޝައްކެއް ނެތެވެ. އަދި މިކަންކަމުގެ ސަބަބުން ޒަވާޖީ ޙަޔާތުގައި މައްސަލަތައް ޖެހެއެވެ. އަދި ޞިއްޙީ މައްސަލަތައްވެސް ޖެހެއެވެ. ފަހެ، ބުއްދިވެރިއަކީ އެކަންކަން ރަނގަޅުކުރަން އަވަސްވެގަންނަ މީހާއެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް