[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ސަލާމަށް އަހުލުވެރިވުން – 3

salaam

ސަލާމްކުރުމީ އީމާންކަން ފުރިހަމަވެ ވަރުގަދަވާ ކަމެކެވެ. ޢައްމާރު ބުން ޔާސިރު رضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ.

((ثَلاثٌ مَنْ جَمَعَهُنَّ فَقَدْ جَمَعَ الإيْمَانَ: الإنْصَافُ مِنْ نَفْسِكَ، وبَذْلُ السَّلاَمِ للعَالَمِ، والإنْفَاقُ مِنَ الإِقْتَارِ)) [رواه البخاري]

މާނައީ: ” ތިންކަމެއް ޖަމާކޮށްފިމީހާ ހަމަކަށަވަރުން އީމާންކަން ޖަމާކޮށްފިއެވެ. (އެއީ) އަމިއްލަނަފްސަށް އިންސާފުވެރިވުމާއި، އެންމެހާ މީސްތަކުންނަށް(މުސްލިމުންނަށް) ސަލާމްކުރުމާއި، އަތްމަތި ދަތި ޙާލުގައިވެސް ﷲ ގެމަގުގައި ހޭދަކުރުމެވެ. “

ސަލާމްކުރުމީ ފާފަތައް ފުއްސަވާ ކަމެކެވެ. ބަރާއު ބުން ޢާޒިބުرضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ.

((مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلاَّ غُفِرَ لَهُمَا قَبْلَ أَنْ يَتَفَرَّقَا)) [رواه أبوداود وابن ماجه والترمذي و صححه الألباني]

މާނައީ: ” ދެމުސްލިމަކު، އެއްމުސްލިމަކު އަނެއްމުސްލިމަކާއި ބައްދަލުކޮށް އަތާއަތް ޖޯޑުކޮށް (މުސްލިމުންގެ ސަލާމުން) ސަލާމްކޮށްފައި، އެދެމީހުން ވަކިވެގެންދިޔުމުގެކުރީން (މާތްﷲ) އެދެމީހުންގެ ފާފަތައް ފުއްސަވާނެތެވެ. “

ސަލާމްކުރަންޖެހެނީ ހަމައެކަނި ތިމާ ދަންނަމީހުންނާ އެކަންޏެއް ނޫނެވެ. ތިމާ ނުދަންނަ މީހުންނާވެސް ސަލާމްކުރަންވާނެއެވެ. ޢަބްދުﷲ ބުން ޢަމްރު ބުން ޢާޞް رضي الله عنهماވިދާޅުވިއެވެ.

((أَنَّ رَجُلاً سَأَلَ رَسُولَ اللهِ صلى الله عليه وسلم أَيُّ الإِسْلاَمِ خَيْرٌ قَالَ: ” تُطْعِمُ الطَّعَامَ وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ ، وَمَنْ لَمْ تَعْرِفْ)) [رواه البخارى ومسلم]

މާނައީ: ” މީހަކު ރަސޫލުﷲ صلى الله عليه وسلمއާއި ސުވާލު ދެންނެވިއެވެ. އިސްލާމްކަމުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުކަމަކީ ކޮބައިތޯއެވެ؟ އެކަލޭގަފާނު ޙަދީޘް ކުރެއްވިއެވެ. ” މީސްތަކުންނަށް ކާންދީހެދުމެވެ. އަދި ތިބާ ދަންނަ މީހުންނަށާއި ނުދަންނަ މީހުންނަށް ސަލާމް ގޮވާހެދުމެވެ. “

 މި ޙަދީޘްގެ ޝަރަޙައިގައި އަލްޙާފިޡު އިބްނު ޙަޖަރު رحمه اللهވިދާޅުވެފައިވެއެވެ.

“މި ޙަދީޘްގެ މާނައަކީ ތިބާގެ ބޮޑާކަމާއި ކިބުރުވެރިކަމުން އެއްވެސް މީހަކު ސަލާމް ގޮވުމުން މަޙްރޫމް ނުކުރުމެވެ. އަދި އިސްލާމީ އުޚުއްވަތްތެރި ކަމަށްޓަކައި އެންމެނާވެސް ސަލާމްކޮށް، މިމަތިވެރި އިސްލާމީ ޝިޢާރު ފާޅުކޮށް ހެދުމެވެ.”

-ނުނިމޭ-

މި ލިޔުމުގެ އެހެންބައިތައް