[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ސަލާމަށް އަހުލުވެރިވުން – 4

salaam

އިސްވެ ސަލާމް ގޮވާ މީހާއަށް މާތްاللهދެއްވާ ދަރުމައާއި ޘަވާބު އުންމަތަށް ބަޔާންކޮށްދެއްވާފައިވެއެވެ. އަބޫ ހުރައިރާرضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާصلى الله عليه وسلمޙަދީޘް ކުރެއްވިއެވެ.

((أَنَّ رَجُلًا مَرَّ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ فِي مَجْلِسٍ فَقَالَ: السَّلَامُ عَلَيْكُمْ، فَقَالَ: «عَشْرُ حَسَنَاتٍ» ، فَمَرَّ رَجُلٌ آخَرُ فَقَالَ: السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ، فَقَالَ: «عِشْرُونَ حَسَنَةً» ، فَمَرَّ رَجُلٌ آخَرُ فَقَالَ: السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، فَقَالَ: (ثَلَاثُونَ حَسَنَةً)…))

 [ رواه البخاري في الأدب المفرد وصححه الألباني ]

މާނައީ: ” ކީރިތި ރަސޫލާ صلى الله عليه وسلمމަޖްލީހެއްގައި އިންނަވަނިކޮށް އެތަން ހުރަސްކޮށްފައިދިޔަ މީހަކު ” الَسَّلَامُ عَلَيْكُمُ “އޭ ބުންޏެވެ. ހަދީޘް ކުރެއްވިއެވެ. “ދިހަ ހެޔޮކަމެވެ”. ދެވަނަ މީހަކު ހުރަސްކުރަމުން “الَسَّلَامُ عَلَيْكُمُ وَرَحْمَةُ اللهِ “އޭ ބުންޏެވެ. ޙަދީޘް ކުރެއްވިއެވެ. “ވިހި ހެޔޮކަމެވެ”. ތިންވަނަ މީހަކު ހުރަސްކުރަމުން “الَسَّلَامُ عَلَيْكُمُ وَرَحْمَةُ اللهِ وَبَرَكَاتُه “އޭ ބުންޏެވެ. ޙަދީޘް ކުރެއްވިއެވެ. “ތިރީސް ހެޔޮކަމެވެ.”

ބައްދަލުވާމީހުންގެ ބާވަތުން ، އެއްބަޔަކު އަނެއްބަޔަކަށް ސަލާމްކުރުމުގައި ގެންގުޅެންވީ އަދަބު ބަޔާންކުރައްވައި އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ.

((يُسَلِّمُ الرَّاكِبُ عَلَي الْمَاشِىْ ، وَالْمَاشِىْ عَلَيالْقَاعِدِ ، وَالْقَلِيْلُ عَلَي الْكَثِيْرِ)) [رواه البخارى ومسلم]  

މާނައީ : ” އެއްޗަކަށް ސަވާރުވެގެންދާމީހާ ހިނގާފައިދާމީހާއަށް ސަލާމްކުރާހުށިކަމެވެ. ހިނގާފައިދާމީހާ އިށީނދެގެންއިން މީހާއަށް ސަލާމްކުރާހުށިކަމެވެ. އަދި (ޢަދަދުގެގޮތުން) މަދުމީހުން (ޢަދަދުގެގޮތުން) ގިނަމީހުންނަށް ސަލާމްކުރާހުށިކަމެވެ. “

އިސްލާމީ ސަލާމަކީ މިހާ މަތިވެރި ބަރަކާތްތެރި އެއްޗެކެވެ. ނަމަވެސް ހިތާމަޔަކީ އަހަރުމެންގެ ތެރޭގައި ސަލާމްކުރުން އާދަވެފައި ނެތުމެވެ. އިސްލާމީ ސަލާމުން ސަލާމް ކޮށްލެވެނީ މަދުފަހަރަކުއެވެ. ގިނަފަހަރަށް ގޮވައިލެވެނީ “ހަލޯ” ނުވަތަ “ހައި” ކިޔާފައެވެ. ނޫނީ “ގުޑް މޯނިންގ” ނުވަތަ “ގުޑް އީވްނިންގ” ކިޔާފައެވެ. ތަންކޮޅެއް ދުރުގައި ހުރިނަމަ އަތުން ނޫނީ ބޮލުން އިޝާރާތް ކޮށްލާތަނެވެ. މިއީ އިސްލާމްދީނުގައި ސަލާމްގޮވުމަށް ބާރުއެޅިފައިވާ ގޮތެއްނޫނެވެ.

އިސްލާމްދީނުގައި ސަލާމް ގޮވުމަށް ބާރުއެޅިފައިވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلمއަހަރެމެންނަށް ދަސްކޮށްދެއްވާފައިވާ ގޮތަށެވެ. އެއީالَسَّلَامُ عَلَيْكُمُ وَرَحْمَةُ اللهِ وَبَرَكَاتُهމިހެން ކިއުމެވެ.

 އިސްލާމީ ސަލާމަކީ، މީހަކު އޭނާގެ މުޖުތަމަޢުގައި އުޅޭ އުޅުމުގައިވެސް އަނެކުންނާމެދު ގެންގުޅެން ޖެހޭ ޝުޢޫރުގެ ތަރުޖަމާއެކެވެ. މި ދުނިޔޭގައި ކޮންމެ މީހަކުވެސް އުޅެން ޖެހޭނީ އަނެކުންނަށް ހެޔޮ އެދޭ މީހެއްގެ ގޮތުގައެވެ. އެންމެންވެސް އަމަންއަމާންކަމާއި ސަލާމަތުގައި ވުމަން އެދޭ މީހެއްގެ ގޮތުގައެވެ. އެހެންކަމުން މީހަކު ” الَسَّلَامُ عَلَيْكُمُ وَرَحْمَةُ اللهِ وَبَرَكَاتُه ” ބުނާއިރު، އަހަރެން އެދޭނީ ތިބާ ސަލާމަތުން ހުރުމޭ ބުނާ ކަހަލައެވެ. އޭނާ އެ އިޢުލާންކުރަނީ އޭނާގެ ފުށުން އެހެން މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ފިޔަވައި އެހެން ކަމެއް ތަޖުރިބާ ނުކުރެވޭނޭ ކަމެވެ. އޭނާގެ ވުޖޫދަކީ އަނެކުންނަށްޓަކައި ހުރިހާ ޙާލަތެއްގައި ސަލާމަތާއި ރައްކާތެރިކަމުގެ ޒަރީޢާއެއްކަމެވެ. ވީމާ އަހަރެމެންނީ އިސްލާމީ ސަލާމުން އެކަކު އަނެކަކާ ބައްދަލުވާ ކޮންމެ ފަހަރަކު ސަލާމްގޮވާ ބަޔަކަށްވަމާ ހިނގާށެވެ. އެކަން ފަތުރަމާ ހިނގާށެވެ. އަހަރެމެންގެ ދަރިންނަށް މިކަން ދަސްކޮށްދެއްވަމާ ހިނގާށެވެ. އެނޫން އެހެން ސަލާމަކުން ސަލާމް ގޮވުމީ އިސްލާމްދީނުގައި އޮންނަކަމެއް ނޫންކަން ބަޔާންކޮށްދޭށެވެ. އޭރުން ގިނަބަޔަކު މިކަމަށް އަހުލުވެރިވާން ފަށާނެއެވެ.

-ނިމުނީ-

މި ލިޔުމުގެ އެހެންބައިތައް