[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 14

madheenah

ނުވަވަނައީ: އެތަނުގެ އަހުލުވެރިންނަށް ގެންލުންދިނުމާއި ދުއްތުރާކުރުމުން ދުރުހެލިވުން : އެހެނީ މުސްލިމުންނަށް ދަތިކޮށް އުނދަކޫކުރުމަކީ އެއްވެސް ތަނެއްގައި ކޮށްގެންވާނެ ކަމެއްނޫނެވެ. މި މުޤައްދަސް މާތްބިމުގައި ވަކިންބޮޑަށް މިކަމުން ދުރުވާން ޖެހެއެވެ. އިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙްގައި ޞަޢުދުބިން އަބީ ވައްޤާޞް رضى الله عنهގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ތިމަންކަލޭގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަނިކޮށް އަޑު އެއްސެވީމެވެ.

((لاَ يَكِيدُ أَهْلَ المَدِينَةِ أَحَدٌ، إِلَّا انْمَاعَ كَمَا يَنْمَاعُ المِلْحُ فِي المَاءِ ))

މާނައީ:” މަދީނާގެ އަހުލުވެރިންނާ ދެކޮޅަށް (ގެއްލުމެއް ދިނުމަށް) ރާވާ ކޮންމެ މީހަކު، ފެނުގެ ތެރެއަށް ލޮނު ގިރިގެންދާ ފަދައިން ހަލާކުވެ ދިޔުމަށް މެދުވެރި ކުރައްވައެވެ.”

އަދި އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙްގައި އަބޫހުރައިރާ رضى الله عنه ގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

((مَنْ أَرَادَ بأَهْلِ هَذِهِ الْبَلْدَةِ – يَعْنِي الْمَدِينَةَ – بِسُوءٍ أَذَابَهُ اللهُ كَمَا يَذُوبُ الْمِلْحُ فِي الْمَاءِ))

މާނައީ : “މިރަށުގެ(އެބަހީ: މަދީނާގެ) އަހުލުވެރިންނަށް ނުބައިގޮތް އެދޭމީހާ ފެންގަނޑަށް ލޮނު އެކުވެ ގިރިގެންދާ ފަދައިން ﷲ އޭނާ ނެތިކުރައްވައެވެ.”

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް