[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 46 “ޤުރުއާނަކީ މަޚްލޫޤެއް ކަމުގައި ބުނެވުނު ފިތުނަ.”

 

ކ. ޤުރުއާނަކީ މަޚްލޫޤެއް ކަމުގައި ބުނެވުނު ފިތުނަ:

 

ދެންއެއަށްފަހު ޤުރުއާނަކީ މަޚްލޫޤެއް ކަމުގައި ބުނެވުނު ފިތުނަ، ޢައްބާސީންގެ ދައުރުގައި ފާޅުވިއެވެ. އަދި ޢައްބާންސީންގެ ޚަލީފާ މައުމޫނު، މިބަހާ އެއްކޮޅުވެ ނަޞްރު ދެއްވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުން މިގޮތަށް އެދެމުން އެދިއެދިތިބި ޖަހުމީންނާއި މުޢުތަޒިލާއިން މިގޮތަށް ތަބާވިއެވެ. މިކަމާހުރެ އިސްލާމީ އުއްމަތުގެ ޢިލްމުވެރިންނަށް އިމްތިޙާނުތަކާ ކުރިމަތިލާން ޖެހުނެވެ. އަދި މުސްލިމުންގެ މައްޗަށް ބޮޑުވެގެންވާ ބަލާވެރިކަމެއް ލައިގަނެގެން ދިއައެވެ. ދެންފަހެ މިކަންތައްގަނޑުގައި އެބައިމީހީހުން ދިގުޒަމާންތަކެއް ވޭތުކުރަން ޖެހުންކަން ކަށަވަރެވެ. އަދި މިކަމުގެ ސަބަބުން މުސްލިމުންގައި ނެތް ކަންތައްތަކެއް އެބައިމީހުންގެ ޢަޤީދާއަށް ވަދެގެން ދިއަމެއެވެ.

މިކަމާއެކު ހިނގައިދިއަ ފިތުނަތައް ޢަދަދުނުކުރެވޭހާ ގިނަގުނަ ވެގެން ވެއެވެ. އަދި ފިތުނަތައް އެކަތިއަނެކައްޗާ ތަބާވެ އިތުރުވެ ގިނަވެގިނަވެ ހުރުން ފިލައިނުދެއެވެ.

މިކަންތައްތަކާއި މިނޫންވެސް ފިތުނަތަކުގެ ސަބަބުން މުސްލިމުތަކުން އެތައްއެތައް ބަޔަކަށް ބެހިގެން ދިއައެވެ. ކޮންމެ ޖަމާޢަތެއްވެސް އެބައިމީހުންގެ ދަޢުވަތު ފެތުރިއެވެ. ޙައްޤުގައިވާ ބަޔަކީ އެބައިމީހުން ކަމުގައި ދަޢުވާ ކުރިއެވެ. އަދި އެނޫން މީހުންވަނީ ބާޠިލުގައި ކަމުގައި ބުނަމުން ދިއައެވެ.

ހަމަކަށަރުން މީގެ ކުރީގެ އުއްމަތްތައް ބައިބައިވެގެން ދިއަގޮތަށް މިއުއްމަތްވެސް ބައިބައިވެގެން ދާނެ ކަމުގައި ހެޔޮކަމާއި ހިދާޔަތާގެން ވަޑައިގެންނެވި ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބީކަލޭގެފާނު ވަނީ ޚަބަރު ދެއްވާފައެވެ.

ފަހެ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((افْتَرَقَتِ اليَهُودُ عَلَى إِحْدَى أَوِ اثْنَتَيْنِ وَسَبْعِيْنَ فِرْقَة، وَتفْتَرِقَت النَّصَارَى عَلَى إِحْدَى أَوِ اثْنَتَيْنِ وَسَبْعِيْنَ فِرْقَة، وَتَفْتَرِق أُمَّتِي عَلَى ثَلاَثٍ وَسَبعِيْنَ فِرْقَة)) (رواه أصحاب السنن؛ إلا النسائي)[1] މާނައީ: “ޔަހޫދީން ހަތްދިހަ އެއްބައި ނުވަތަ ހަތްދިހަ ދެބަޔަށް ބެހުނެވެ. އަދި ނަޞާރާއިން ހަތްދިހަ ދެބައި ނުވަތަ ހަތްދިހަ ދެބަޔަކަށް ބެހިގެން ދިއައެވެ. ތިމަންކަލޭގެފާނުގެ އުއްމަތް ހަތްދިހަ ތިންބަޔަށް ބެހިގެން ދާނެއެވެ.”

أَبُو عَامِر عَبْد الله بن لحَي ގެ އަރިހުން [ރިވާވެގެން] ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] މުޢާވިޔާ ބިން އަބޫ ސުފިޔާނާ އެކު ތިމަންމެން ޙައްޖުވީމެވެ. ފަހެ ތިމަންމެނަށް މައްކާއަށް ވަދެވި މެންދުރުނަމާދު ކުރެވުމާއެކު އެކަލޭގެފާނު ތެދުވެވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّ أَهْلَ الْكِتَابَيْنِ افْتَرَقُوا فِي دِينِهِمْ عَلَى اثْنَتَيْنِ وَسَبْعِينَ مِلَّةً، وَإِنَّ هَذِهِ الْأُمَّةَ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ مِلَّةً -يَعْنِي: الْأَهْوَاءَ-؛ كُلُّهَا فِي النَّارِ إِلَّا وَاحِدَةً، وَهِيَ الْجَمَاعَةُ، وَإِنَّهُ سَيَخْرُجُ فِي أُمَّتِي أَقْوَامٌ تَجَارَى بِهِمْ تِلْكَ الْأَهْوَاءُ كَمَا يَتَجَارَى الْكَلَبُ بِصَاحِبِهِ، لَا يَبْقَى مِنْهُ عِرْقٌ وَلَا مَفْصِلٌ إِلَّا دَخَلَهُ)). [ޙަދީޘްގެ މާނައީ؛] “އަހުލު ކިތާބުން އެބައިމީހުންގެ ދީނުގައި ހަތްދިހަ ދެބަޔަށް ބެހިގެން ދިއަކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތް ހަތްދިހަ ތިންބަޔަށް ބެހިގެން ދާނެއެވެ. -އެބަހީ ހަވާނަފްސަށެވެ.- އެއްބައި ފިޔަވައި އެއެންމެން ވަނީ ނަރަކައިގައެވެ. އެއީ ޖަމާޢަތެވެ. [އެބަހީ أَهْلُ السُّنَّة وَالجَمَاعَة އެވެ]  އަދި މިބައިމީހުންގެ ހަވާނަފްސުގެ ފަހަތުން ދުވާ ބަޔަކު ތިމަންކަލޭގެފާނުގެ އުއްމަތުން ނުކުންނާނޭމެއެވެ. ކަލަބު (ރޭބީސް: Rabies) ޖެހިފައިވާ މީހާގެ ގައިގައި އެ ދުވާ ފަދައިންނެވެ. ހަށިގަނޑުގެ އެއްވެސް ލޭތިއްކެއް އަދި ހުޅެއް އެބަލި ނުޖެހި ނުދެއެވެ.” [ވިދާޅުވިއެވެ:] އޭޢަރަބީންނޭވެ! ﷲ ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ނަބިއްޔާ صلى الله عليه وسلم ވަޑައިގެންވި ކަންތަކާގެން ތިޔަބައިމީހުން ނުތެވުއްޖެނަމަ އިތުރު ބަޔަކު އެކަމާގެން ނޫޅޭހުއްޓެވެ![2]

=ނުނިމޭ=

__________________________________________

[1]  ((الترمذي)) (7 / 397 – 398 – مع تحفة الأحوذي)، وقال: ((حديث حسن صحيح))، و ((سنن أبي داود)) (12 / 340 – مع عون المعبود)، و ((سنن ابن ماجه)) (2 / 1321) تحقيق محمد فؤاد عبدالباقي.

والحديث صحيح.
ބައްލަވާ: ((صحيح الجامع الصغير)) (1 / 358) (ح 1094)، و ((سلسلة الأحاديث الصحيحة)) (م1 / ج3 / 12) (ح 203).

[2]  [ބައްލަވާ:] ((مسند أحمد)) (4 / 102 – بهامشة منتخب كنز العمال)، و ((سنن أبي داود)) (12 / 341 – 342 – مع عون المعبود)، و ((مستدرك الحاكم)) (4 / 102)، وقال الحاكم بعد سياقة لهذا الحديث وحديث أبي هريرة: ((هذه أسانيد تقام بها الحجة في تصحيح هذا الحديث)).

والحديث صححه الألباني، وذكر طرقه في ((سلسلة الأحاديث الصحيحة))، ورد على من طعن فيه.

ބައްލަވާ: ((السلسلة)) (م1 / ج3 / 14 – 23) (204).