[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހިކުމަތްތެރިކަމުގެ ޚަޒާނާއިން

މުސްކުޅި އަންހެނަކު ކުރެން އޭނާގެ މޫނުމަތިން ފާޅުވަމުންދާ އުފާވެރިކަމާއި ރީތިކާމާއި ބެހޭގޮތުން ސުވާލުކުރެވުނެވެ. ކަނބުލޭގެ ރީތިކަމަށްޓަކައި ބޭނުންކުރަނީ ކޮންއެއްޗެއްހެއްޔެވެ.

އެއަންހެންމީހާ ޖަވާބުގައި ބުންޏެވެ. ” އަހަރެން ތުންފަތުގައި ބޭނުންކުރަނީ ޙައްޤެވެ. އަޑަށް ބޭނުންކުރަނީ ޛިކުރެވެ. ދެލޮލަށް ބޭނުންކުރަނީ ޙަރާމް ތަންތަނުން ނުބެލުމެވެ. އަތުގައި ބޭނުންކުރަނީ އިޙްސާންތެރިކަމެވެ. އިސްކޮޅަށް ބޭނުންކުރަނީ ސީދާވެގަތުމެވެ. ހިތަށް ބޭނުންކުރަނީ މާތްﷲގެ ލޯބިވެތިކަމެވެ. ސިކުނޑިއަށް ބޭނުންކުރަނީ ޙިކުމަތެވެ. ނަފުސަށް ބޭނުންކުރަނީ ކިޔަމަންތެރިކަމެވެ. އާދަޔަކަށް ބޭނުންކުރަނީ އީމާންކަމެވެ.”

(އަލްމިންބަރު)