[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 1 ، د 2 – ޢަމަލުކުރުމުގެ ކުރިން ޢިލްމު އުނގެނުން )

thauheedh 5

އަދި އިމާމު ބުޚާރީ[1] رحمه الله (އައްޞަޙީޙުގައި) ވިދާޅުވެފައިވެއެވެ.

“ބާބު: ބަހާއި ޢަމަލުގެ ކުރިން ޢިލްމު އުނގެނުން ހުށްޓެވެ.” ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅެވެ.

فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ وَاسْتَغْفِرْ لِذَنبِكَ[2]

މާނައީ “ފަހެ، ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ކުށަށް ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ.”

އެއިލާހު (މިއާޔަތް) ފެއްޓެވީ ޢިލްމުންނެވެ. އެއީ ބަހާއި ޢަމަލުގެ ކުރިންނެވެ.

ފިލާވަޅުގެ އިރުޝާދުތައް

* ޙައްޤު ޢިލްމަކީ އެޢިލްމަކާއިގެން ﷲގެ ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވި، ޤުރުއާނާއި ސުންނަތުގެ ޢިލްމެވެ.

* މުއުމިނު އަޅާގެ ޢަމަލުތަކާއި އަޅުކަންތަކަކީ ޞައްޙަ، މަޤުބޫލު އެއްޗެއްކަމުގައި ހެދުމަށްޓަކައި، އެކަންތައްތައް ކުރުން ވާޖިބުވެގެންވަނީ ޞައްޙަ ޝަރުޢީ ޢިލްމުގެ މައްޗަށް ބިނާކޮށެވެ.

* ގިނަ ކުށްތަކާއި ބިދުޢަތައް (އެބަހީ: ދީނަށް އަލަށް ތަޢާރަފުކުރާ ކަންތައްތައް) މީސްތަކުން ކުރަމުންދާ ސަބަބަކީ ދީނާމެދު ޖާހިލުވެ، ޝަރުޢީ ޢިލްމު ލިބިފައި ނުވާތީއެވެ.

ސުވާލުތައް

1 ޙައްޤު ޢިލްމަކީ ކޮބާ ހެއްޔެވެ؟

2 ކުށްތަކާއި ބިދުޢަތަކަށް މީސްތަކުން ވެއްޓޭ ސަބަބަކީ ކޮބާ ހެއްޔެވެ؟

3 މިފިލާވަޅުގައި ޛިކުރުކުރެވިފައިވާ އާޔަތުގައި ﷲ ތަޢާލާ އަމުރުކުރައްވާފައިވަނީ ކޮންކަމަކަށް ހެއްޔެވެ؟

4 ޢަމަލުގެ ކުރިން ޢިލްމު އިސްކުރެވެނީ ކީއްވެ ހެއްޔެވެ؟
___________________________________________

[1] އިމާމް ބުޚާރީ: ފުރިހަމަ ނަންފުޅަކީ އަބޫ ޢަބްދިﷲ މުޙައްމަދު ބިން އިސްމާޢީލް ބިން އިބްރާހީމް އަލްބުޚާރީ އެވެ. އުފަންވެވަޑައިގެންނެވީ ހިޖުރައިން 194ވަނަ އަހަރު ބުޚާރާ އޭ ކިޔުނު ރަށުގައެވެ. އެކަލޭގެފާނަކީ ގިނަގުނަ ފޮތްތައް ލިޔުއްވާފައިވާ ޙަދީޘް ޢިލްމުވެރިއެކެވެ. އެގޮތުން އެންމެ މަޝްހޫރު އެއްފޮތަކީ ޞަޙީޙުލް ބުޙާރީއެވެ. އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 256ވަނަ އަހަރު ޚަރްތަންކު އޭ ކިޔުނު ރަށުގައެވެ.

[2] [سورة محمد : 19]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް