[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ ވޮޑިގެންވަނީ ކޮންތާކު؟

853297249

ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ ﷲ ތަޢާލާ ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. އެއިލާހުގެ ޢަރުޝިކޮޅުވަނީ އުޑުތަކުގެ މަތީގައެވެ. ﷲ ތަޢާލާވޮޑިގެންވަނީ އެންމެ މަތީގައެވެ. އެއިލާހަށްވުރެ މަތީގައި އެއްވެސް އެއްޗެއްނުވެއެވެ. އެއިލާހަށްވުރެ ބޮޑު އެއްވެސް ފަރާތެއް ނުވެއެވެ. الله أعلى و أكبر .

ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުގެ އަލީގައި އަދި އުއްމަތުގެ ސަލަފުންގެ އިޖްމާއުއިން މިކަން ޘާބިތުވެއެވެ. ﷲ ތަޢާލާ ގެ ވަޙީބަސްފުޅުގައި ވެއެވެ. الرَّحْمَـٰنُ عَلَى الْعَرْشِ اسْتَوَىٰ ﴿٥سورة طه މާނަ : (( ރަޙްމާންވަންތަ ރަސްކަލާންގެ ޢަރުޝީގެ މައްޗަށް އިސްތިވާއުވެ ވޮޑިގެންފިއެވެ. ))

ﷲ ތަޢާލާ އެއިލާހުގެ ޒާތުފުޅާއިގެން ހުރިހާތަނެއްގައިވެސް ވޮޑިގެންވާކަމަށް ޤަބޫލުކުރާ މީހުންގެ އެ އަޤީދާއަކީ ޝަރުޢީ ނައްސުތަކާއި ޚިލާފް ބާތިލު އަޤީދާއެކެވެ. އަދި ﷲ ތަޢާލާއާމެދު އެގޮތައް ޤަބޫލުކުރުމަކީ ކުފުރެކެވެ.

ﷲ ތަޢާލާގެ މި ވަޙީބަސްފުޅު  لَا تَحْزَنْ إِنَّ اللَّـهَ مَعَنَا ﴿٤٠ سورة التوبة  މާނަ ((ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ )) މި އާޔަތުގައި މިވާ އެކުގައިވުމުގެ މުރާދަކީ ﷲ ތަޢާލާގެ ނަސްރާއި މަދަދާއި ރައްކާތެރިކަން، ހުރިހާކަމެއް އެއިލާހު އެއްމެ މޮޅަށް ދެނެވޮޑިގެންވުމާއިއެކު، އެބޭކަލުންނަށް ލިބުމުގެ ވާހަކައެވެ.

ﷲ ތަޢާލާ މޫސާ ޢަލައިހިއްސަލާމާއި ހާރޫން ޢަލައިހިއްސަލާމްއާ މުޚާޠަބުކުރައްވައި ވަޙީކުރެއްވި ބަސްފުޅު طه  ސޫރަތުގައި ވެއެވެ. قَالَ لَا تَخَافَا ۖ إِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ ﴿٤٦ سورة طه މާނަ: ((އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެންވާ ޙާލު، އަދި ބައްލަވާވޮޑިގެންވާ ޙާލު، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ. )) މި އާޔަތުގައިވެސް މި ވަނީ އިސްވެ ބަޔާންކުރެވުނު އާޔަތުގައިވާ މުރާދެވެ. ﷲ ތައާލާގެ ރައްކާތެރިކަމާއި މަދަދާއި ނަޞްރު އެދެބޭކަލުންނަށް ލިބޭނެ ވާހަކައެވެ.

ﷲ ތަޢާލާ ﷲ ތަޢާލާއަށް ސިއްރުވެ ވަންހަނާވެގެންވާ އެއްވެސް އެއްޗެއް އަދި ކަމެއްވެސް ނުވެއެވެ. އެއިލާހަށް ހުރިހާ ޢިލްމެއް އެއްމެ ފުރިހަމައަށް އަބަދުވެސް ލިބިގެން ވެއެވެ. އެއިލާހު ވޮޑިގެންވަނީ އުޑުތަކުގެ މަތީގައި ޢަރުޝީގެ މަތީގައެވެ. އެއިލާހަށްވުރެ މަތީގައި އެއްވެސް އެއްޗެއް ނުވެއެވެ.