[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައިޟުވުން ހުއްޓުވުމަށްޓަކައި ރަމަޟާންމަހުގައި ބޭސް ބޭނުންކުރުން ހުއްދަތަ؟

އެފަދަ ބޭހެއް ބޭނުންކުރުމުން، ޑޮކްޓަރުންނާއި އަދި އެކަމުގެ ޢިލްމު ލިބިފައިހުރި ކަމުގެ އަހުލުވެރިންގެ ތެރެއިން އިތުބާރުހުރި ފަރާތަކުން، އެ އަންހެން މީހާއަށާއި އޭނާގެ ދަރިމައިވުމުގެ ނިޒާމަށް ގެއްލުމެއް ނުލިބޭނެކަމަށް އިޤުރާރުވާނަމަ، އެފަދަ ބޭހެއް ބޭނުންކުރުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް އޭނާއަށް އެންމެ ފައިދާހުރި ރަނގަޅު ގޮތަކަށްވާނީ އެފަދަ ކަމެއްކުރުމުން ދުރުހެލިވުމެވެ. އެހެނީ، ރޯދަމަހު އަންހެނާ ޙައިޟުވުމުން، ޙައިޟުގެ ދުވަސްވަރު ރޯދައަށް ހުންނަން ނުޖެހުން، އެއީ ލުޔެއް ކަމުގައި އޭނާއަށް ﷲ ތަޢާލާ ލައްވާފައި ވެއެވެ. އަދި އޭގެ ސަބަބުން ދޫވެފައިވާ ރޯދަތައް، އެހެން ދުވަސް ތަކެއްގައި ޤަޟާ ކުރުން ޝަރުޢުކުރައްވައި ރުއްސަވައިފައި ވެއެވެ.

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم

 

ފަތުވާގެ މަޞްދަރު: اللجنة الدائمة للبحوث العلمية والإفتاء

 

ފަތުވާ ކޮމިޓީގައި ހިމެނެނީ:

عبد العزيز بن عبد الله بن باز – رحمه الله –

عبد الرزاق عفيفي – رحمه الله –

عبد الله بن غديان – رحمه الله –

عبد الله بن منيع – رحمه الله –