[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 53 “ޢަޖަމީންނާ ހަނގުރާމަ ކުރެވުން.”

 

11. ޢަޖަމީންނާ[1] ހަނގުރާމަ ކުރެވުން.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((لاَ تَقُومُ السَّاعَةُ حَتَّى تُقَاتِلُوا خُوزًا[2] وَكَرْمَانَ[3] مِنَ الأَعَاجِمِ؛ حُمْرُ الوُجُوهِ، فُطْسُ الأُنُوفِ، صِغَارُ الأَعْيُن؛ كَأَنَّ وُجُوهَهُمُ المِْجَانُّ المُطْرَقَةُ، نِعَالِهُمُ الشَّعَر))[4] މާނައީ: “ޢަޖަމީންގެ ޚޫޒީންނާއި ކަރްމާނުންނާ ހަނގުރާމަ ކޮށްފުމަށްދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. މޫނު ރަތް، ގޮށް ނޭފަތް، ލޯކުދި ބައެކެވެ. އެބައިމީހުންގެ މޫނުތައް ފަތާއައްޑަނަތަކެއް ފަދައެވެ. އެބައިމީހުންގެ ފައިވާންތައް ވަނީ އިސްތަށިންނެވެ.”

މިބައިމީހުންގެ ޞިފަތަކާ ބޭހެ ވާހަކަތައް، ތުރުކީންނާ ހަނގުރާމަ ކުރެވުމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކުގައި ޛިކުރުވެވި ހިނގައްޖެއެވެ. އަދި ޚޫޒީންނާ ކަރްމާނުންނާ ހަނގުރާމަ ކުރުމުގެ ވާހަކަ މިތާނގައި މިވާ ޙަދީޘްގައި ޛިކުރު ކުރެވިފައި ވެއެވެ. އެމީހުންނީ ތުރުކީންގެ ޤައުމުތަކުގެ ބައެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ! އެމީހުންވަނީ ޢަޖަމީންގެ ޤައުމުތަކުންނެވެ. އަދި މިއާއެކު އެބައިމީހުން ޞިފަ ކުރެވިފައިވަނީ ތުރުކީންގެ ޞިފައިންނެވެ.

އިބްނު ޙަޖަރު ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައި:] “މިޙަދީޘްއާއި ތުރުކީންނާ ހަނގުރާމަ ކުރެވުމުގެ ވާހަކަވާ ޙަދީޘްއަކީ ތަފާތު ޙަދީޘެއް ކަމުގައި ބުނެވިދާނެއެވެ. އަދި މިދެބައިގަނޑު ނުކުންނާނޭ ކަމުގެ އިންޒާރު އެދެޙަދީޘުގައި ޖަމާވެފައި ވެއެވެ.”[5]

ދަންނަވަމެވެ. ސަމްރާ رضي الله عنه ރިވާ ކުރައްވާފައިވާ ޙަދީޘުން މިކަމަށް ބާރު ލިއްބައިދެއެވެ. ވިދާޅުވިއެވެ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((يُوشِكُ أَنْ يَمْلَأَ اللَّهُ عَزَّ وَجَلَّ أَيْدِيَكُمْ مِنَ الْعَجَمِ، ثُمَّ يَكُوْن أُسْدًا لَا يَفِرُّونَ، فَيقْتلُونَ مُقَاتِلَتَكُمْ، وَيَأْكُلُونَ فَيْئَكُم))[6] މާނައީ: “ޢަޖަމީންގެ މީހުން ތަކުންނާގެން ތިޔަބައިމީހުންގެ އަތްތައް ﷲ عز وجل ފުރައިލެއްވުން ގާތްވެއްޖެއެވެ. އެއަށްފަހު ފިލައިގެން އެއަށްފަހު ފިލައިގެން ނުދާނޭފަދަ ސިންގާތަކެއް ފަދައިން އެއުރެން ވާނެއެވެ. ތިޔަބައިމީހުންގެ ލަޝްކަރު ޤަތުލުކޮށް ތިޔަބައިމީހުންގެ ހަނގުރާމައިގެ މުދާތައް ވެސް ކާލާނެތެވެ.”

އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((يُوشِكُ أَنْ ،يَكْثُرَ فِيكُمْ مِنَ الْعَجَمِ أُسْدٌ لَا يَفِرُّونَ، فَيَقْتُلُونَ مَقَاتِلَكُمْ، وَيَأْكُلُونَ فَيْئَكُمْ))[7] މާނައީ: “ތިޔަބައިމީހުންގެ ތެރޭގައި ޢަޖަމީން ގިނަވެ ފިލައިނުދާ ސިންގާތަކެއްފަދައިން ވާނެއެވެ. ފަހެ ތިޔަބައިމީހުންގެ ލަޝްކަރު މަރައި އަދި ތިޔަބައިމީހުންގެ މުދާތައް ކާނެއެވެ.”

މިހެންކަމުން، ޢަޖަމީންނާ ހަނގުރާމަ ކުރެވުން ވަނީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިންނެވެ.

=ނުނިމޭ=

__________________________________________

[1] (العَجَم): [އެއީ] ޢަރަބީންގެ އިދިކޮޅެވެ. (އެބަހީ ޢަރަބީ ނޫން މީހުންނެވެ.) އެބަހުގެ މުފްރަދަކީ عَجَمِيّ އެވެ. عَرَبِي ގެ ޖަމްޢު عَرَب އަށް ވާފަދައިންނެވެ.

ބައްލަވާ: ((لسان العرب)) (12 / 385 – 386).

[2]  (خُوْز): މިޤައުމަކީ ޚޫޒިސްތާނެވެ. މިޤައުމަށް الخُوْز ވެސް ކިޔެއެވެ. އެއީ ޢިރާޤުގެ ޢަޖަމީންގެ ތެރޭވާ އަހްވާޒުންގެ ޤައުމެވެ. އަދި ޚޫޒީންނަކީ ޢަޖަމީންގެ ބައެއް ކަމުގައި ބުނެވެއެވެ.

ބައްލަވާ: ((معجم البلدان)) (2 / 404)، و ((فتح الباري)) (6 / 607).

[3] (كَرمَان): ކާފުގައި އަބަފިލި އަދި އިބިފިލި ޖަހައިގެންވެސް ކިޔައެވެ. މަޝްހޫރީ އަބަފިއްޔެވެ. އެއީ ރަށްތަކަކާއި އަވަށްތަކެއްވާ މަޝްހޫރު، ބިޔަ ޤައުމެކެވެ. ހުޅަނގު ބިތުން އެތަނުގެ ހުދޫދު ފެށެނީ ފާރިސްކަރަ އިންނެވެ. އަދި އުތުރުން ޚުރާސާންއާ ހަމައިންނެވެ. ދެކުނުގައިވަނީ ފާރިސީންގެ ކަނޑެވެ.

ޔާޤޫތު ވިދާޅުވިއެވެ: “އެތާނގެ އަހުލުންނީ أَهْل السنَّة والجَمَاعَة ގެ ބައެކެވެ. މުސްލިމުން އެތަން ފަތަޙަ ކުރުމުން ހެޔޮކަމާއި ސުލްޙަމަސަލަސްކަން އެތަނަށް ވެރިވިއެވެ.”

ބައްލަވާ: ((معجم البلدان)) (4 / 454).

[4] ((صحيح البخاري))، كتاب المناقب، باب علامات النبوة، (6 / 604 – مع الفتح).

[5] [ބައްލަވާ:] ((فتح الباري)) (6 / 607).

[6] ((مسند أحمد)) (5 / 11 – بهامشة منتخب الكنز).

قال الهيثمي: ((رواه أحمد والبزار والطبراني، ورجال أحمد رجال الصحيح)). ((مجمع الزوائد)) (7 / 310).

[7] رواه الطبراني، ورجاله رجال الصحيح. ((مجمع الزوائد)) (7 / 311).