[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ކަށުނަމާދުގެ ތިން ތަކްބީރު ފާއިތުވާފަހުން އާދެވޭ މީހާ…

thakbeer

ކަށުނަމާދުގެ ތިން ތަކްބީރު ފާއިތުވާފަހުން އާދެވޭ މީހާ، އިމާމާއެކު އެއް ތަކުބީރު ލިބިއްޖެނަމަ ޢަމަލުކުރާނީ ކިހިނެތް ހެއްޔެވެ؟

އެފަދަ މީހަކު ތިން ތަކުބީރުކިޔައި ފާއިތުވިބައި ފުރިހަމަކޮށް، މައްޔިތާ ގެންދިޔުމުގެ ކުރިން ސަލާމްދޭނީއެވެ. އަދި ބަލާނީ އިމާމާއެކު އަދާކުރެވުނު ބަޔަކީ އޭނާގެ ނަމާދުގެ ކުރީކޮޅުކަމުގައެވެ. [1] އަދި ދެވަނަ ތަކުބީރާ ތިންވަނަ ތަކުބީރަށްފަހު އެފަދަ މީހަކަށް ވާޖިބުވެގެންވާ އެންމެ މަދުމިންވަރަށް [ޛިކުރުތައް] ކިޔުމުން ފުދޭނެއެވެ.

ފަހެ ދެވަނަ ތަކުބީރަށްފަހު އެފަދަ މީހަކު ކިޔާނީ:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ

އެވެ.

އަދި ތިންވަނަ ތަކުބީރަށް ފަހު:

اللَّهُمَّ اغْفِرْ لَهُ 

މިފަދައިންނެވެ.

އަދި ހަތަރުވަނަ ތަކުބީރަށްފަހު ސަލާމްދޭނީއެވެ.

 

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

ފަތުވާގެ އަޞްލު ބެއްލެވުމަށް

 

______________________________________

[1] ފުރަތަމަ ތަކުބީރަށްފަހު ކިޔާނީ ސޫރަތުލް ފާތިޙާއެވެ.