[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން

nifaq

މުތަރްޖިމުގެ މުޤައްދިމާ

الحمد لله رب العالمين ، والصلاة والسلام على خاتم الأنبياء والمرسلين ، المبعوث رحمة للعالمين، محمد وعلى آله وصحبه أجمعين . أما بعد :

އިސްލާމީ އަޤީދާއަކީ ހިތާއި ދުލާއި ޢަމަލުން ކުރާ އަޅުކަންތަކެއްގެ މައްޗަށް ބިނާވެގެންވާ ޝާމިލު އަޤީދާއެކެވެ. އެހެނީ އިންސާނާގެ ހަށިގަނޑުގައި  މަސްކޮޅެއްވެއެވެ. އެ ރަނގަޅުވެއްޖެނަމަ އެނާގެ ޢަމަލުތައް އިޞްލާޙްވެ ރަނގަޅުވެގެން ދެއެވެ. އެނުބައި ވެއްޖެނަމަ އޭނާގެ ޢަމަލުތައް ފަސާދަވެ ގެއްލެނިވެގެން ދެއެވެ. އާދެ! އެއީ ހިތެވެ.

ކަން އޮތީ މިހެން ކަމުގައިވިޔަސް ހިތުގެ ޢަމަލުތަކުގެ މައްޗަށް ދިވެހިބަހުން އެކުލަވައިލެވިފައިވާ ފޮތްތައް ދިވެހި ޖައްވުގައި މަދުކަން ފާހަގަކުރެވުނު ހިނދު އެ މައުޟޫޢުގައި ކޮންމެވެސް މަސައްކަތެއް ކުރުމަށް ޢަޒުމުކޮށް “النفاق” މިނަމުގައި ލިޔެވިފައިވާ ފޮތެއް ތަރުޖަމާކުރުމުގެ މަސައްކަތްފެށީމެވެ.

އެގޮތުން މިފޮތަކީ ސަޢޫދީ ޢަރަބިއްޔާގެ ޢިލުމުވެރިއެއް ކަމުގައިވާ މުޙައްމަދު ޞާލިޙް މުނައްޖިދުގެ “سلسلة أعمال القلوب” ގެ ދެވަނަ ބައި ކަމުގައިވާ “النفاق” އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ފޮތެކެވެ.

ދުޢާއަކީ މި މަސައްކަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލު ކުރެވިގެންވާ މަސައްކަތެއް ކަމުގައި ލެއްވުމެވެ. އަދި މިފޮތުގެ ޒަރީޢާއިން ދިވެހި މުޖުތަމަޢަށް ގިނަގުނަ ފައިދާތަކެއް ލިބިގެން ދިޔުމެވެ.

و صلى الله على محمد و على آله و صحبه وسلم تسليما كثيرا

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް