[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 22

womens rights

ވަރި

ކައިވެންޔަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ގުޅުމެކެވެ. އެގުޅުން ރައްކާތެރިކުރުމަށް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّـهُ بَيْنَهُمَا ۗ إِنَّ اللَّـهَ كَانَ عَلِيمًا خَبِيرًا  [سورة النساء]

މާނައީ:” އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަކުރުމަށް އެދެމީހުން ޤަޞްދުކުރާނަމަ، اللَّه، އެ ދެމީހުން ޞުލްޙަކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.”

ވަރިއަކީ އެމީހަކު ބޭނުންވާހާ ހިނދަކު ކުރުމަށް އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ އެއްޗެއް ނޫނެވެ. އިސްލާމްދީނުގައި ވަރި ޝަރުޢުކުރައްވާފައިވަނީ އެދެމަފިރިންނަށް އެކުގައި ނޫޅެވޭފަދަ ބޮޑުކަމެއް މެދުވެރިވުމުން އެންމެ ފަހުގެ ނިޔާއެއްގެ ގޮތުގައެވެ. ވަރީގެ ޙުކުމްތަކާއިމެދު ﷲ ވަނީ ވަކިން އައްޠަލާޤު (ވަރި) ގެ ނަމުގައި ސޫރަތެއް ބާއްވައިލައްވާފައެވެ. އަދި ސޫރަބުލް ބަޤަރާފެ 227 ވަނަ އާޔަތުން ފެށިގެން 242 ވަނަ އާޔަތާއި ހަމައަށްވެސް ވަނީ ވަރީގެ ޙުކުމްތައް ބަޔާންކުރައްވާ އާޔަތް ބާވާލައްވާފައެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް