[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް:ދުނިޔެ ނިމުމާއި އާޚިރަތުގެ ފެށުން

 

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

“ދުނިޔެ ނިމުމާއި އާޚިރަތުގެ ފެށުން” މިފޮތަކީ މިސުރުޚީގެ ދަށުގައި “ދަރުމަ” މަޖައްލާގައި ސިލްސިލާކޮށް އަޅުގަނޑު ލިޔަމުންދިޔަ ލިޔުންތަކުގެ މައްޗަށް ބިނާކޮށްގެން އެކުލަވައި ލެވިފައިވާ ފޮތެކެވެ.

ދެންފަހެ، އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެއީ އިސްލާމްދީނުގެ އަސާސީ ޢަޤީދާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ﷲގެ އެއްކައުވަންތަކަމަށް އީމާންވުމާއެކެ، އަދި މުޙައްމަދު صلى الله عليه وسلم އަކީ ﷲގެ އަޅާކަމަށާއި، ﷲގެ ރަސޫލާކަމަށް އީމާންވުމާއެކު، އާޚިރަތް ދުވަހަށް އީމާންވުމުގެ ޢަޤީދާ ހިތުގައި ނުހަނު ވަރުގަދައަށް ހަރުލައްވަން ޖެހެއެވެ. އެކަމަށް އީމާންވާން ޖެހެއެވެ.

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު މާތް ސާހިބާ، މުޙައްމަދު صلى الله عليه وسلم މާތްވެގެންވާ މައްކާގައި ހުންނަވައިގެން، ﷲގެ އެއްކައުވަންތަ ކަމަށާއި، އާޚިރަތްދުވަހަށް  އީމާންވުމަށް މީސްތަކުންނަށް ގޮވާލައްވަން ފެއްޓެވިއެވެ. މީސްތަކުންނަށް މި މުހިންމު ޢަޤީދާ ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. ﷲއަށް އަޅުކަންކުރުމުގެ ޙުކުމްތަކާއި ދީނުގެ އެހެނިހެން ޙުކުމްތައް ބަޔާންކޮށްދެއްވަން ފެއްޓެވުމުގެ ކުރިން ﷲ ގެ އެއްކައުވަންތަކަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުމަށް މާތްވެގެންވާ މައްކާގައި ހުންނަވައިގެން ތޭރަ އަހަރުވަންދެން މީސްތަކުންނަށް ދަޢުވަތު ދެއްވަމުން ގެންދެވިއެވެ. ދަޢުވަތު ދެއްވުމުގައި މުޝްރިކުންގެ އުނދަގޫތަކާއި، އެބައިމީހުންގެ އަނިޔާއަށް ކެތްތެރިވެ ވަޑައިގެންނެވިއެވެ.

ދެންފަހެ، އާޚިރަތް ދުވަހަށް އީމާންވުމަކީ ޣައިބަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޣައިބުގެ ކަންތަކަކީ ބުއްދީގެ ބޭނުންކޮށްގެން ހޯދައިގަނެވޭނެ ކަންކަމެއް ނޫނެވެ. ﷲގެ ވަޙީގެ މަގުން މެނުވީ އާޚިރަތުގެ އެއްވެސްކަމެއް ނޭނގޭނެއެވެ. އެންމެހައި ރަސޫލުބޭކަލުންނާއި، ނަބީބޭކަލުންވަނީ ﷲގެ ވަޙީ ބަސްފުޅުތައް އެބޭކަލުންގެ އުއްމަތްތަކަށް އިއްވަވާ ބަޔާންކޮށްދެއްވާފައެވެ.

ޤިޔާމަތްވުމުގެ ވަގުތަކީ ﷲ އަންގަވާފައިވާ ކަމެއް ނޫނެވެ. އެހެންކަމުން ޤިޔާމަތްވުމުގެ ވަގުތަކީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެންވާ ކަމެއް ނޫނެވެ. ޤިޔާމަތްވުން ގާތްވެގެން އަންނަކަމުގެ މައްޗަށްހުރި ޢަލާމާތްތަކެއް ﷲ އަންގަވާފައިވެއެވެ. އެއީ ޤިޔާމަތްވުމުގެ ޢަލާމާތްތަކެވެ. ޤިޔާމަތްވުން ގާތްވަމުން އަންނަކަން ދޭހަކޮށްދޭ ޢަލާމާތްތަކެކެވެ.

ދުނިޔޭގައިވެސް ހެޔޮކަން، އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާފާނދޭވެ! ސުވަރުގޭގެ މަތިވެރި ނިޢުމަތް އަޅަމެންނަށް ދެއްވާފާނދޭވެ! ޤިޔާމަތް ދުވަހުގެ އެންމެހައި ބިރުވެރިކަންތައްތަކުން އަޅަމެންނަށް އަމާންކަން ދެއްވާފާނދޭވެ!

އާދަމް ނަސީމް

ފޮތުގެ ނަން: ދުނިޔެ ނިމުމާއި އާޚިރަތުގެ ފެށުން ޞަފްޙާގެ ޢަދަދު: 93
ލިޔުއްވީ: އައްޝައިޚު އާދަމް ނަސީމް (ބީއޭ ނަސީމް) – رحمه الله ސައިޒު:1.21 mb

ފޮތް ޑައުންލޯޑު ކުރައްވާ