[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން 8

nifaq

އިބުން ޤައްޔިމް ވިދާޅުވެފައިވެއެވެ.

” ﷲގަންދީ ބުނަމެވެ. ހަމަކަށަވަރުން އެބޭކަލުންގެ ހިތްތައް އީމާންކަމާއި ޔަޤީންކަމުން ފުރިފައިވާއިރުވެސް އެބޭކަލުން ނިފާޤްކަމަށްވާ ބިރުވެތިކަން މާބޮޑެވެ. އަދި އެކަމުގެ މައްޗަށްވާ ކަންބޮޑުވުން ވަނީ ބަރުވެގެންނެވެ. އެހެނެއްކަމަކު އެބައެއްގެ އީމާންތެރިކަން ކަރުތެރެއާ ހަމައަށް ނުފޯރު ބަޔަކުވެއެވެ. އަދި އެމީހުން ދައުވާ ކުރަނީ އެމީހުންގެ އީމާންތެރިކަން ޖިބުރީލުގެފާނާއި މީކާއީލުގެފާނުގެ އީމާންތެރިމާއި އެއްފަދަކަމަށެވެ.”

މިތަނުގައި މިވާ ނިފާޤުކަމަކީ އަޞްލު އީމާންކަމުގެ އިދިކޮޅު ނިފާޤުކަމަކަށް މިއިން މުރާދެއް ނުކުރެއެވެ. އެހެނެއްކަމަކު މީގެ މުރާދަކީ އަޞްލު އީމާންކަމާއިއެކު ޖަމާވާ ނިފާޤުކަމެވެ. ފަހެ އޭރުން އެމީހަކު އެވާނީ މުސްލިމް މުނާފިޤަކަށެވެ.

ޤުރުއާނާއި ސުންނަތުގެ އަލީގައި މުނާފިޤުންގެ ސިފަތައް

ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސާފު ސުންނަތުގައި އެތައް ތަނެއްގައި މުނާފިޤުންގެ ސިފަތައް ބަޔާންކުރައްވާފައިވެއެވެ. އަދި އެބައިމީހުންނާއިމެދު އިންޒާރު ކުރައްވާ، އެބައިމީހުންނަށް ޚާއްޞަ ސޫރަތެއް ބާވައިލައްވައިފައިވެއެވެ. އެގޮތުން އެބައިމީހުންގެ ސިފަތަކުގެ ތެރޭގައި:

މިލިޔުމުގެ އެހެނިހެން ބައިތައް