[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 35

womens rights

  • ސައްޔިދާ ނަފީސާ

މިކަނާއަކީވެސް ޢިލްމުގެ މައިދާނުގައި އަރާހުންނެވި ތަރިއެކެވެ. އެކަމަނާގެ އަރިހުން އެތައް ބޭކަލުންނެއް ދަރިވަރިވެފައިވެއެވެ. އިމާމް ޝާފިޢީ އަކީވެސް މިކަމަނާގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވި ޢިލްމުވެރިއެކެވެ.

  • އުންމު އައްދަރުދާ

އައްދަރުދާގެ މަންމަ އުންމު އައްދަރުދާއަކީވެސް ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ޙަދީޘް ޢިލްމުގެ ބޭކަނބަލެކެވެ.

  • ޢައިޝާ ބިންތު ސަޢުދު ބުން އަބީ ވައްޤާޞް

އެއީ އިސްލާމް ދީނުގެ ޢިލްމުތައް ވަރަށް ރަނގަޅަށް އުނގެނިގެން ހުންނެވި ބޭކަނބަލެކެވެ. އެކަމަނާގެ އަރިހުން ދަރިވަރުވެވަޑައިގެން ބޭކަލުންގެ ތެރޭގަައި މަޝްހޫރު ފިޤުހު ޢިލްމުވެރިޔާ އަދި ޙަދީޘް ޢީލްމުވެރިޔާ އިމާމް މާލިކު ހިމެނިވަޑައިގަންނަވައެވެ.

މި މިސާލުތަކަށް ބަލައިލުމުން އެދަތި އުނދަގޫ ދުވަސްވަރުވެސް އެބޭކަނބަލުން ޢިލްމު ހޯދުމުގައި މަސައްކަތް ކުރައްވާފައިވާ ކަމާއި، އަދި އިސްލާމް ދީނުގައި އެކަން މަނާކޮށްފައި ނުވާކަން އެނގިގެން ދެއެވެ. އަދި މިއީ އެކަމަށް ކުޅަދާނަވެގެންވާ މިންވަރަކުން ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއްކަން އެކަނބަލުންވެސް އެވަނީ ޢަމަލުން ސާބިތުކޮށްދީފައެވެ. އަދި އެ ޢިލްމު ޙާޞިލްކުރުމަށްފަހު އަނެކާއަށް އެ ޢިލްމުވަނީ އަމާނާތްތެރިކަމާއި އެކު ވެވުނު މިންވަރަކުން ފޯރުކޮށްދީފައެވެ.

އަދި ހަމައެއާއިއެކު، އަންހެނުންނަށް ޢިލްމުދިނުމީ މުޅި އުންމަތުގެ 3 ބައިކުޅަ ދެބައަށް އެޢިލްމު ފެތުރުންފަދަ ކަމެކެވެ. އެހެނީ އެއީ މުޅި އިންސާނިއްތުގެ ފުރަތަމަ މަދަރުސާއެވެ. އެއީ ޢިލްމާއި ތަރުބިއްޔަތުގެ މަދަރުސާއެކެވެ. އެހެންކަމުން އެކަންބަލުންނަށް ޢިލްމު ދެވިއްޖެނަމަ، މުޖުތަމަޢުއަށް ނިކުމެގެންދާނީ ޢިލްމާއި ހުނަރުގެ މަތީގައި ތަރުބިއްޔަތުކުރެވިގެން ނެރެވިގެންދާނެ ޖީލެކެވެ. އަދި އެކަންބަލުންގެ ފިރިންނަށް ނަސޭޙާތްދީ ރަނގަޅުގޮތުގައި އޭނާވެސް ތަރުބިއްޔަތުކުރެވިގެންދާނެ މަދަރުސާއަކަށް އޭނާ ވެގެންދާނެކަމެވެ. އެހެންކަމުން މިކަމުންވެސް އެނގިގެންދަނީ އަންހެނުނަންނަށް ޢިލްމުދިނުމުގެ މުހިއްމު ކަމެވެ. އަދި އިސްލާމްދީނުގައި އަންހެނުންނީ ތަރުބިއްޔަތުގެ މީހެއްކަމުގައި ލައްވާފައިވާއިރު ޢިލްމަކީ އޭނާއަށް ކޮންމެހެން ބޭނުންވާނޭ އެެއްޗެކެވެ.

ޞަޙާބާއިންގެ ތެރޭގައިވެސް ޢިލްމަށް ދަހިވެތިވެފައިވާ އެތައް ބޭކަނބަލުންނެއް ތިއްބެވިއެވެ. ނަމަވެސް އެކަނބަލުންނީ ފިރިހެން ބޭފުޅުން ހެން އަބަދު ރަސޫލާ صلى الله عليه وسلمގެ އަރިހުގައި އުޅެން ކުޅަދާނަ ބަޔަކަށް ނުވުމުން އެކަމަށް ދަތިތަކެއް އޭރުވެސް ހުއްޓެވެ. އެހެންވެ އެދުވަސްވަރު އަންހެން ބޭކަނބަލަކު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ވަކިދުވަހެއް އެކަނބަލުންނަށް ހަމަޖައްސަވައިދެއްވުމަށް އެދުމުން އެކަލޭގެފާނުވަނީ ވަކި ދުވަހެއް އެކަނބަލުންނަށް ޢިލްމު އުންގަނނަވައިދެއްވުމަށް ހަމަޖައްސަވާފައި، އެކަނބަލުންނަށްވެސް ޢިލްމު އުނގެނެވޭނެ ގޮތް ހަމަޖައްސަވައިދެއްވާފައި ކަމުގައި ޞަޙީޙް ބުޚާރީގައިވެއެވެ. އަދި އެކަލޭގެފާނު އަމިއްލަ ފުޅަށް މިކަން ކުރައްވައި އެހެން ބޭފުޅުންނަށްވެސް މިކަމަށް ވަނީ އަމުރުކުރައްވާފައެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް