[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (15)

jinni

ޖިންނީންނަކީ ބުއްދިދެއްވާފައިވާ ދިރޭ އެއްޗެކެވެ. އެސޮރުމެންނަށް އަމުރުކުރައްވާފައިވާ ކަންތައްތަކާއި ނަހީކުރައްވާފައިވާ ކަންތައްތައް ވެއެވެ. އަދި އެސޮރުމެންނަށް ޘަވާބާއި ޢަޛާބުވެއެވެ. ނަބިއްޔާ صلى الله عليه وسلم އެސޮރުމެންގެ ގާތަށް ފޮނުއްވާފައިވުމުން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމުގައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެހެން އިންސާނުންނާމެދު ޢަމަލުކުރާގޮތަށް އެސޮރުމެންނާމެދުވެސް ޢަމަލުކުރުމަށެވެ. އަދި ﷲ ތަޢާލާއަށާއި، އެއިލާހު ޝަރުޢުކުރައްވާފައިވާކަންކަމަށް ނަބިއްޔާ صلى الله عليه وسلم  އެސޮރުމެންނަށް ދަޢުވަތުދެއްވިފަދައިން ދަޢުވަތުވޭންވާނެއެވެ. އަދި ޖިންނީންގެ ތެރެއިން ނުކިޔަމަންތެރިވާ ޖިންނީންނާމެދު ކަންތައްކުރަންޖެހޭނީ އިންސީންގެ ތެރެއިން ނުކިޔަމަންތެރިވާ މީހުންނާމެދު ކަންތައްކުރާގޮތަށެވެ. އިންސީންގެ ތެރެއިން މީހަކު ހަމަލާއެއް ދިނުމުން ދިފާޢުވާ ފަދައިން އެސޮރުމެންގެ ކިބައިން ދިވާޢުވުންވެސް ހުށްޓެވެ.

އިންސާނުންނަށް ޖިންނީންގެ އުނދަގޫ ފޯރަނީ އެސޮރުމެންގެ ޝަހުވަތްތެރިކަމާއި، ހަވާ ނަފްސާ އަދި ޢިޝްޤުގެ ސަބަބުންނެވެ. އެއީ އިންސާނުންގެ ތެރޭގައިވެސް އެކަންކަންވާ ފަދައިންނެވެ… ގިނަ ފަހަރަށް އެސޮރުމެންގެ އުނދަގޫ ފޯރަނީ އެސޮރުމެން ރުޅިއައުމުން ބަދަލުހިފުމުގެ ގޮތުންނެވެ. އެއީ ބައެއް އިންސާނުން އެސޮރުމެންނަށް އުނދަގޫވާކަމެއް ކުރުމުންނެވެ. ނުވަތަ އުނދަގޫކުރީ ގަސްދުގައިކަމަށް އެސޮރުމެންނަށް ހީވުމުންނެވެ. މިޘާލަކަށް އެސޮރުމެންގެ ތެރެއިން ބައެއްގެ މައްޗަށް ކުޑަކަމުދިއުމުންނެވެ. ނުވަތަ ހޫނުފެން އެޅުމުންނެވެ. ނުވަތަ އެސޮރުމެންގެ ތެރެއިން ބަޔަކު ޤަތުލުވެގެންނެވެ. އިންސާނުންނަށް އެފަދަ ކަމެއް ވީކަން ނޭނގުނު ނަމަވެސް، ޖިންނީންގެ ޖާހިލުކަމާ އަނިޔާވެރިކަމުން، ޙައްޤުވާވަރަށްވުރެ ބޮޑަށް އިންސާނުންނަށް އެކަމުގެ ޢުޤޫބާތް ދެއެވެ. އަދި ބައެއްފަހަރު ކުޅިވަރެއްކަމުގައި ހަދައިގެން، އެސޮރުމެންގެ ނުބައިކަމުންވެސް އިންސާނުންނަށް އުނދަގޫކުރެއެވެ. އެއީ އިންސާނުންގެ ތެރޭގައިވެސް ބައެއްފަހަރު އެކަން ވާފަދައިންނެވެ.

______________________________

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް