[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 36

womens rights

ވަޒީފާ އަދާކުރުމުގެ ޙައްޤު

ބައެއް ޢިލްމުތަކަކީ އެޢިލްމުތައް އުނގެނި އެއިން މުޅި މުޖުތަމަޢުއަށް އޭނާއަށް ހިދުމަތްކުރެވިދާނެ ޢިލްމުތަކެކެވެ. މިސާލަކަށް ސިއްޙީ ދާއިރާ، ޢިލްމާއި ތަރުބިއްޔަތުގެ މައިދާނުގެ ބައެއް ވަޒީފާތަކެވެ.

ބައެއް ދާއިރާތަކަކީ ފިރިހެނުންނަށް ޚާއްޞަވާ ދާއިރާތަކާއި ކަންކަން ކަމަށްވާއިރު، އަންހެނުންނަށްވެސް ހަމަ އެފަދައިން ޚާއްޞަވާ ކަންތައްތައް ވާނޭކަން ޤަބޫލުކުރަން ޖެހެއެވެ. މިސާލަކަށް ޞިއްޙީ ދާއިރާއަށް ބަލައިލަމާތޯއެވެ. ބައެއް މައްސަލަތަކަކީ ފިރިހެނުންވެސް އަންހެން ޑޮކްޓަރުންނަށް ހިއްސާކުރަން ޖެހުލުންވާ މައްސަލަތަކެވެ. އެހެންކަމުން އަންހެނުންނަށްވެސް މިޙާލަތު ދިމާވާނެއެވެ. އެހެން ކަމުން ޑޮކްޓަރުންގެ ގޮތުގައި އަންހެނުންނަށް ޚާއްޞަ އަންހެން ޑޮކްޓަރުން ތިބެން އެބަޖެހެއެވެ. އެއީ ބައެއް ކަންކަމަކީ އަންހެނުންނަށް ޚާއްޞަ ކަންކަމެވެ. މިސާލަކަށް ޖިންސީ މައްސަލަތަކުގައި އަންހެނަކު ފިރިހެން ޑޮކްޓަރަކަށް ދެއްކުމަކީ އަންހެނަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ އޭނާގެ ޢައުރައިގެ ބައިތައް ފިރިހެނަކަށް ދައްކަން ޖެހިދާނެތީއެވެ. އަދި ބައެއް ޙާލަތްތަކަކީ އެފަދަ ތަންތަންވެސް ފަރުވާދޭ މީހާ ބަލަން ޖެހޭ ޙާލަތަކަށް ވެދާނެއެވެ. އެހެން ކަމުން އެފަދަ ޙާލަތެއްގައިވެސް އަންހެނަކު ފަރުވާދޭން ހުރެއްޖެނަމަ އެކަން ޙައްލުވީއެވެ. އަންހެނުންނަށް އަންހެން ޑޮކްޓަރެވެ، ފިރިހެނުންނަށް ފިރިހެން ޑޮކްޓަރެވެ.

ހަމައެގޮތުން އެއަށްވުރެން ބޮޑު ކަމަކަށް ބަލައިލަމާތޯއެެވެ. މިހެއުމަކީ އަންހެނުންނަށް ޚާއްޞާ ކަމެކެވެ. އަދި މިކަމުގެ ތެރޭގައި އޭނާގެ ޢައުރަ އޭނާ ވިއްސުމުގައި ހަރަކާތްތެރިވާ މީހުންނަށް ފެންނަވެސް ކަމެކެވެ. މިފަދަ ކަމަކަށްވެސް އަހަރުމެން އަންހެނުން ނުނެރިއްޖެ ކަމުގައިވަނީނަމަ، މިއަދު އަހަރުމެންގެ މުޖުތަމަޢުތަކުގައި ކަން ހިނގާ ފަދައިން ފިރިހެން ޑޮކްޓަރުން ލައްވައި އަހަރުމެންގެ އަންހެނުން ވިއްސަން ޖެހިދެއެވެ. މިއީ އެމީހެއްގެ ހިތުގައި ޣީރަތްތެރިކަމެއްވާ މީހަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން މިފަދަ ކަންކަމަށް އަންހެނުން އައްޔަންކުރުމީ ކޮންމެހެން ބޭނުން ކަމެކެވެ. ބޭކެނބިންގެ ގޮތުގައި އަންހެނުންނެވެ. އެއީ ފިރިހެނުން އަދާކުރަން ޖެހޭ ވަޒީފާއެއް ނޫނެވެ. އެއީ އަންހެނުންގެ ޚާއްޞަ ވަޒީފާއެކެވެ. މިފަދަ އެހެން ކަންކަމަށް ބަލައިލާއިރު، ނަރުހުން، އަންހެނުންނަށް އަންހެން ނަރުހުން އަދި ފިރިހެނުންނަށް ފިރިހެން ނަރުހުން ހަމަޖައްސަން ޖެހެއެވެ. ކިޔަވައިދިނުމުުގެ މާހައުލުގައި، ފިރިހެން ކުދިންނާއި އަންހެންކުދިން ވަކިކޮށް، ފިރިހެން ދަރިވަރުންނަށް  ފިރިހެން މުދައްރިސުން ހަމަޖައްސައި، އަންހެން ދަރިވަރުންނަށް އަންހެން މުދައްރިސުން ހަމަޖެއްސުމީ މުހިއްމު ކަމެކެވެ. އެއީ އެޚިދުމަތްތަކުގެ ފައިދާ އެންމެ ހެޔޮގޮތުގައި ޙާޞިލްކުރެވުމަށެވެ. އަދި މުޖުތަމަޢު ފިތުނަތަކުން ރައްކާތެރިކޮށް ބޭއްވުމަށްޓަކައެވެ.

އަދި ހަމައެއާއިއެކު ދެޖިންސައްވެސް ވަޒީފާގެ ގެރެންޓީ އާއި ސެކިއުރިޓީ ދޭން ޖެހެއެވެ. އެހެންކަމުން އަންހެނުންނާއި ފިރިހެނުން މަސްހުނިކޮށް ވަޒީފާގެ މާހައުލުގައި އުޅުމުގެ ސަބަބުން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދެޖިންސު ވަކިން ވަޒީފާ އަދާކުރެވޭނެ ވަޒީފާގެ މާހައުލެއް ގާޢިމުކުރަން ޖެހެއެވެ. އެއީ މަސްހުނި މާހައުލުގައި އަންހެނުންނަށް ލިބެމުންދާ އަނިޔާތަކާއި ދިމާވާ ދަތިތަކަކީ ކަންބޮޑުވާންް ޖެހޭ ދަރަޖައަށް ގޮސްފައިވާ ކަމެއް ކަމުގައިވާތީއެވެ. JOB SECURITY އަކީ ހަމައެކަނި މުސާރަކަމުގައި ވެގެން ނުވާނެއެވެ. އެއީ އެމީހާގެ މާލާއި ނަފްސާއި ޖިސްމުގެވެސް ސަލާމަތް ލިބިގެންވާ ތަނަކަށް ވާންޖެހޭނެއެވެ. ނަމަވެސް މިހާރު މިފަދަ ވަޒީފާތަކުގައި ހަރަކާތްތެރިވާ އެތައް ބަޔަކުވަނީ އެކަނބަލުންނަށް ޖިންސީ އެތައް އަނިޔާއެއް ދޭ ބަޔަކަށެވެ. މާހައުލުގައި އުޅޭ ވިޔާނުދާ ފިރިހެނުންގެ ނުރައްކާތެރި އަތްތަކުގައި ޖެހި ދިރިއުޅުން ހަލާކުވެގެންދާ އަންހެނުންގެ ޢަދަދަކީ މިއަދު މަދު އަދަދެއް ނޫނެވެ.

އެހެންކަމުން އަންހެނުންނަށްވެސް އިސްލާމްދީނުގައި އެކަނބަލުންނަށް ކަނޑައަޅުއްވާފައިވާ ޙައްދުތަކުގެ ތެރޭގައި ވަޒީފާ އަދާކުރެވޭނެ ގޮތް ހަމަޖެއްސުމީ އެކަނބަލުން ވަޒީފާއަށް ނެރުމުގެ ކުރިން ކުރަންޖެހޭނެކަމެކެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް