[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 5

Ifku ge haadhisaa

 

އެގޮތުގައި ދުވަސްތައް ވޭތުވަމުން ދިޔައިރު ކުރިޔާ ޚިލާފަށް މާތް ނަބިއްޔާ صلى الله عليه  وسلم ގެ އޯގާތެރިކަމާއި އަޅާލެއްވުމާއި މުނިއަވަސްފިއްލުމުގެ އެއްވެސް ކަމެއް އެކަމަނާއަށް ނުފެންނަކަން ފާހަގަކުރެއްވުމެވެ. އަދި އާލާސްކަންފުޅާ އުޅުއްވާއިރު ބަހައްޓަވާފަދައި ހަމްދަރުދީވުމެއްވެސް އެއްވެސް ވަރަކަށް ނުލިބޭކަން އިހުސާސްކުރެވުނެވެ. ހަމައެކަނި ހަދީޘްފުޅު ކުރައްވާހާވެސް ބަސްފުޅަކީ: “ކަމަނާގެ ޙާލު ކިހިނެތް؟” މިއެވެ. އަދި އެކަމާމެދު ހައިރާންވެވަޑައިގެން އެއީ ކީއްވެގެން ވާކަމެއްތޯ ސުވާލު އުފެދި އެކަމާ ވަރަށް ބޮޑަށް ފިކުރުކުރެއްވެން ފެއްޓެވިއެވެ.

މިގޮތުގެމަތިން ދުވަސްތަކެއް ވޭތުވިފަހުން ޢާއިޝާ رضي الله عنها ގެ އާލާސްކަންފުޅު ލުއިވެ ބޭރަށް ނުކުމެވޭވަރުވުމުން އޭރުގެ އަންހެން ޞަޙާބާއިންގެ ޢަމަލުފުޅު ހުންނަވާގޮތުގެމަތީން އެއްރެއަކު އެކަމަނާއާ ގާތްތިމާގެ ޞަޙާބީއެއް ކަމުގައިވާ މިސްޠޮޙްގެ މަންމާފުޅާއެކު ރަށްބޭރަށް ޤަޞާޙާޖަތަކަށް ނިކުމެވަޑައިގެންވިއެވެ. އަދި ހިންގަވާފައި އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތިން ، އުއްމު މިސްޠޮޙް رضي الله عنهما އެކަމަނާގެ ދަރިފުޅަށް ނިސްބަތްކުރައްވައި ބުނުއްވި ބަދުބަސްފުޅެއްގެ ސަބަބުން ޢާއިޝާގެފާނު رضي الله عنها ހައިރާންވެވަޑައިގެން ސުވާލުފުޅު ކުރެއްވިއެވެ: “ކަމަނާ ﷲ އަށް ބިރުވެތިވެވަޑައިގަންނަވާށެވެ! ބަދުރު ހަނގުރާމައިގައި ބައިވެރިވެޑައިގެންނެވި ބޭކަލަކަށް ކަމަނާ ބަދުބަސް ވިދާޅުވަނީތޯއެވެ؟”

ޖަވާބުގައި އުއްމު މިސްޠޮޙް رضي الله عنها ވިދާޅުވިއެވެ: “ކަމަނާއާ ބެހޭގޮތުން މިސްޠޮޙް ދެއްކި ވާހަކަ ކަމަނާއަށް އެނގިނުލައްވަނީތޯއެވެ؟”

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: “އާދޭހެވެ. އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟”

އެހިނދު އެކަމަނާއާ ބެހޭގޮތުން ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަ އުއްމު މިސްޠޮޙް رضي الله عنها ކިޔައިދެއްވިއެވެ.

އެވާހަކަ ކިޔައިދެއްވުމުން ޢާއިޝާގެފާނު رضي الله عنها ހައިރާންވެ ބަސްހުއްޓުނެވެ. އަދި އެކަމާ ހިތާމަކުރައްވާ ޙާލު ބާރަށް ގެކޮޅަށް ވަޑައިގެން އާލާސްކަންފުޅުމުގެ މައްޗަށް ހިތްދަތިކަން އިތުރުވެ އިހުނަށް ވުރެ ޙާލުކޮޅު ދެރަވިއެވެ. އަދި ދާންމަތިކޮޅުގައި އޮށޯވެވަޑައިގެން ކީރިތިކުރެއްވުމުގައި އެރޭގެ ވަގުތުތައް ހޭދަކުރައްވަމުން ގެންދެވިއެވެ. އަދި މަންމާފުޅާއި ބައްޕާފުޅުގެ އަރިހަށް ވަޑައިގެންނެވުމަށް އިޒުނަ ހޯއްދެވުމުގެ ބޭނުމުގައި ރަސޫލާ صلى الله عليه  وسلم އެރޭ އެކަމަނާއަށް ޒިޔާރަތްކުރެއްވާނެ ވަގުތެއްގެ އިންތިޒާރުގައި އިންނެވިއެވެ. އެއީ އިވިވަޑައިގެންނެވި ޚަބަރުގެ ވާހަކަ ޔަޤީންކުރެއްވުމައްޓަކައެވެ.

 

(ނުނިމޭ)