[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ސަޢުޔުކުރާއިރު އިތުރަށް ކުރެވުން

 

ޞަފާއާއި މަރުވާއާދެމެދު ސަޢުޔުކުރިއިރު އަޅުގަނޑުހީކުރީ އެއްބުރަކީ ޞަފާއިން ފަށައިގެން އަނެއްކާވެސް ޞަފާއަށް އާދެވުންކަމުގައެވެ. އެހެންވީމާ، ދެން އަޅުގަނޑު ޢަމަލުކުރަން ޖެހޭނީ ކިހިނެތް ހެއްޔެވެ؟

 

ތިބާއަށް ތިޔަވަނީ އިތުރަށް ކުރެވިފައެވެ. ތިޔަ ޖެހުނީ އެތަނުގައި ސާދަ ބުރެވެ. ވާޖިބުވެގެންވަނީ ހަތްބުރު ޖެހުމެވެ. އިތުރަށް ހަތްބުރު ޖެހުން ހުއްދަވެގެންނުވެއެވެ. އެހެނީ އެއީ ޝަރީޢަތުގައިވާ ގޮތާ ޚިލާފުކަމެކެވެ. ނަމަވެސް ތިބާއަށް ނޭނގިކުރެވިފައިވާތީ އެއީ ޢުޛުރެކެވެ. އެހެންކަމުން އެކަމަށް ތައުބާވާށެވެ. ދެން ޙައްޖެއް ނުވަތަ ޢުމްރާއެއްކުރާއިރު އެފަދަކަމެއް ނުކުރާ ހުށިކަމެވެ. އެހެނީ ޞަފާއިން މަރުވާއަށް އެއީ ބުރެކެވެ. އަދި މަރުވާއިން ޞަފާއަށް އެއީ އެހެން ބުރެކެވެ. ހަތްބުރުހަމަކުރާނީ އެގޮތަށެވެ. ސަޢުކުރަން ޞަފާއިން ފަށާށެވެ. އަދި ހަތްވަނަ ބުރު މަރުވާއިން ނިންމާށެވެ.

 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله

(ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)  

_____________________________

މިފަތުވާގެ އަޞްލު