[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣީބަބުނުމުގެ ޙަޤީޤަތާއި އޭގެ ނުރައްކާތެރިކަން! – 12

qeeba

ޝައްކެއްވެސް ނެތްގޮތުގައި މީސްތަކުންނަށް މާފުކުރުމަކުން މީހާއަށް އުނިވާނެ، އަދި ދެރަވާނެ އެއްވެސް ކަމެއްނާއްނާނެއެވެ. އަދި ކިއެއްތަ އޭގެ ބަދަލުގައި އެކަމުން ހެޔޮވެގެންވާ ދަރުމަ ލިބިދެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޞަޙާބީ ބޭކަލުންނަށް މިކަން އެނގިވަޑައިގަތުމުން އެދަރުމަޔާއި ޘަވާބު ހޯއްދެވުމުގައި ކުރިއަރާ ވަޑައިގަތެވެ. އަދި އެބޭކަލުން ވެވަޑައިގަތީ މާފުކުރުމާއި ޞުލްހަވުމުގައި މުޅި އިސްލާމީ އުންމަތަށް، ނަމޫނާ ދެއްކެވި ބޭކަލުން ތަކަކަށެވެ.

ތިބާއާމެދު އަނިޔާވެރިވެ ހުތުރު ވާހަކަ ދައްކާ މީހުންނަށް ދީލަތި މަޢާފުކުރުމަކުން، މަޢާފު ކުރަމާ ހިންގަވާށެވެ. އެއީ ﷲ ތަޢާލާ އަޅަމެންގެ ފާފަތަށް ފުއްސަވައި ދެއްވުމަށްޓަކައެވެ. މިހިނދުން ފެށިގެން އެކަމައިގެން މަސައްކަތް ކުރަން ފައްޓަވާށެވެ. އެހެންނޫނީ ލަސްވެ، އާޚިރުގައި އުފުލަން ޖެހޭ ބުރަ ބޮޑުވެދާނެއެވެ. ﷲ ތަޢާލާ އަޅަމެންނަށް އެއިލާހު ރުއްސަވާ މަގުގައި ހުރިހާ ޢަމަލުތަކެއް ކުރުމުގެ ތައުފީޤު ދެއްވާށި! އާމީން.

والله أعلم، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

=ނިމުނީ=

_________________________________

(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)

މިލިޔުމުގެ އެހެންބައިތައް