[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒުހުދުވެރިކަމުގެ ބައިތައް

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

1-ޙަރާމްކަންތަކަށް ޒުހުދުވެރިވުން(ދުރުވުން) : މިއީ ޢައިނިއްޔަ ފަރުޟެކެވެ.

2-ޝުބުޙަތަކަށް ޒުހުދުވެރިވުން(ދުރުވުން) : މިކަމުގެ ޙުކުމްގައި، ޝުބުޙައިގެ ކުޑަބޮޑުމިނަށް ބަލަން ޖެހެއެވެ. އެއީ ބޮޑުވެގެންވާ ވަރުގަދަ ޝުބުހައަކަށް ވެއްޖެނަމަ، މިކަމުން ޒުހުދުވެރިވުން(ދުރުވުން) ވާޖިބުވެގެންވެއެވެ. އަދި ކުޑަ، ބަލިކަށި، ޝުބުހައަކަށްވެއްޖެނަމަ، ދުރުވުން ސުންނަތްވެގެންވެއެވެ.

3-ބޭކާރުކަންތަކަށް ޒުހުދުވެރިވުން(ދުރުވުން).

4-ނުބެހޭ ވާހަކަތަކާއި، ބެލުންތަކާއި، ސުވާލުތަކާއި، ބައްދަލުވުންތަކުން ޒުހުދުވެރިވުން(ދުރުވުން).

5-މީސްތަކުންގެ އަތުގައިވާ އެއްޗިއްސަށް ޒުހުދުވެރިވުން(ނެއެދުން، އެދުމުން ދުރުހެލިވުން).

6-ނަފްސުގެ އެދުންތަކަށް ޒުހުދުވެރިވުން(ދުރުވުން). އޭރުން ﷲއަންގަވާފައިވާ ކަންތަކާއިގެން މަޝްޣޫލުވެވޭނެއެވެ.

7-އަދި މިހުރިހާކަމެއް އެކުލެވިގެންވާ ޒުހުދުވެރިކަމަކީ، ﷲތަޢާލާ ފިޔަވައި، އެހެން ހުރިހާ ފަރާތަކަށް ޒުހުދުވެރިވުމެވެ. (ހަމައެކަނި އެއިލާހުގެ ޙަޟްރަތުން ކަންކަމަށް އެދުމެވެ.) އަދި އެއިލާހުގެ މަތިން ހަނދުމަކުރުމުން އެއްކިބާކުރާ ހުރިހާ ކަމަކުން ޒުހުދުވެރިވުމެވެ.

______________________________________________________

މިއީ އިބްނުލް ޤައްޔިމު ރަޙިމަހުﷲ ލިޔުއްވާފައިވާ، ‘ފަވާއިދުލް ފަވާއިދު’ ފޮތުން ނަގާފައިވާ ލިޔުންކޮޅެއްގެ ތަރުޖަމާއެވެ.