[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بُلُوغُ اَلْمَرَامِ ގެ كِتَابُ اَلصِّيَامِ (11 ވަނަ ބައި)- ޙަދީޘް ނަންބަރު: 540 އަދި 541

بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ - غلاف4

 

540 ވަނަ ޙަދީޘް:

540- وَعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا (( أَنَّ اَلنَّبِيَّ صَلَى اللَّهُ عَلَيْه وَسَلَّمَ اِكْتَحَلَ فِي رَمَضَانَ, وَهُوَ صَائِمٌ ))  رَوَاهُ اِبْنُ مَاجَهْ بِإِسْنَادٍ ضَعِيفٍ  .

قَالَ اَلتِّرْمِذِيُّ: لَا يَصِحُّ فِيهِ شَيْءٌ .

عَائِشَةَ رَضِيَ اَللَّهُ عَنْهَا ގެ ކިބައިން ރިވާވެގެންވެއެވެ. { ރަމަޟާންމަހު ރޯދައަށް ހުންނަވާ ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ އަންދުންއަޅުއްވާކަމުގައި ވިއެވެ.}

ރިވާކުރައްވާފައި ވަނީ الإِمَامُ اِبْنُ مَاجَهْ އެވެ. އެއީޟަޢީފު ސަނަދަކުންނެވެ.

الإِمَامُ التِّرْمِذِيُّ ވިދާޅުވިއެވެ. ”މިކަމާއި ގުޅޭގޮތުން ޞައްޙަ އެއްވެސް ޙަދީޘްއެއް ނުވެއެވެ.”

541 ވަނަ ޙަދީޘް:

541- وَعَنْ أَبِي هُرَيْرَةَ رَضِيَ اَللَّهُ عَنْه قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ (( مَنْ نَسِيَ وَهُوَ صَائِمٌ، فَأَكَلَ أَوْ شَرِبَ، فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اَللَّهُ وَسَقَاهُ ))  مُتَّفَقٌ عَلَيْهِ  .

وَلِلْحَاكِمِ: (( مَنْ أَفْطَرَ فِي رَمَضَانَ نَاسِيًا فَلَا قَضَاءَ عَلَيْهِ وَلَا كَفَّارَةَ ))  وَهُوَ صَحِيحٌ 

أَبِي هُرَيْرَةَ رَضِيَ اَللَّهُ عَنْه ގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދިޘްކުރެއްވިއެވެ. { މީހަކު ރޯދައަށް ހުރެ ހަނދާންނެތިގެން އެއްޗެއް ކެވުނު މީހާ ނުވަތަ ބޮވުނު މީހާ، ފަހެ، އެމީހެއްގެ އެރޯދަ ފުރިހަމަ ކުރާހުށިކަމެވެ. ހަމަކަށަވަރުން ﷲ އޭނާއަށް ކާންދެއްވާ އަދީ ބޯންދެއްވީއެވެ.}

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

އަދި الإِمَامُ الْحَاكِم ރިވާކުރައްވާފައި ވެއެވެ. { ހަނދާންނެތިގެން ރަމަޟާން މަހު ރޯދަ ވީއްލިއްޖެނަމަ ޤަޟާކުރުމެއް އަދި ކައްފާރާ ދިނުމެއްވެސް ނުވެއެވެ.}

މީ ސައްޙަ ޙަދީޘެކެވެ.

-ނުނިމޭ-

ކުރީގެ ބައިތައް ބެއްލެވުމަށް މިލިންކަށް ޒިޔާރަތްކޮށްލައްވާ