[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 45

womens rights

ސިޔާސީ:

ސިޔާސީ މައިދާނަށް ބަލައިލާއިރުވެސް އަންހެނުން އެކަހެރިކުރައްވާފައިވާ ތަނެއް ނެތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَلَا تَتَمَنَّوْا مَا فَضَّلَ اللَّـهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِّلرِّجَالِ نَصِيبٌ مِّمَّا اكْتَسَبُوا ۖوَلِلنِّسَاءِ نَصِيبٌ مِّمَّا اكْتَسَبْنَ ۚ وَاسْأَلُوا اللَّـهَ مِن فَضْلِهِ ۗ إِنَّ اللَّـهَ كَانَ بِكُلِّ شَيْءٍ عَلِيمًا ﴿٣٢﴾ [سورة النساء]

މާނައީ:” ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، اللَّه ގެ ފަޟުލުވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްމެެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ.:

އަދި ހަނގުރާމައިގެ މައިދާނުގައިވެސް އެކަނބަލުން ބައިވެރިވާން ޖެހިއްޖެ ޙާލަތެއްގައި ޝަރުޠުތަކާއެކު ބައިވުމަކީ ހުއްދަ ކަމެކެވެ. މިކަމާމެދުވަނީ ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. އަދި ތާރިޚުގައިވެސް މުސްލިމް އަންހެނުން ހަނގުރާމައިގެ އެކި ކަންތަކުގައި ބައިވެރިވެފައިވާކަން އެނގެއެވެ. ނަމަވެސް ކޮންމެ ޙާލަތެއްގައި އެކަނބަލުންނަށް ޖިހާދަކީ ވާޖިބުވެފައިވާ ކަމެއް ނޫނެވެ.

ސިޔާސީ ކަންކަމަށް ބަލާލާއިރު އިސްލާމީ އުންމަތުގެ ޚަލީފާކަމާއި ޤައުމެއްގެ ވެރިކަމަކީ އިސްލާމްދީނުގައި އަންހެނުންނަށް ކަނޑައަޅާފައިވާ ދާއިރާތަކެއް ނޫނެވެ. ނަމަވެސް ހުސް އަންހެން އުޅޭ މުއައްސަސާއެއްގެ އެންމެ އިސް މަޤާމު އަންހެނަކު ފުރުމަކީ މައްސަލައެއް ނޫނެވެ.

މިހުރިހާ ކަމެއްގެ ތަފްސީލަށް ބަލައިލުމުން އަހަރުމެންނަށް ބަޔާންވެގެން ދިޔައީ، އަންހެނުންނާއި ފިރިހެނުންނީ ހަމަ ހުރިހާ ފަންތިއެއްގައިވެސް ހަރަކާތްތެރިވާނެ ޖާގަ ދެވިފައިވާ ބައެއްކަމެވެ. އަދި ހަމަ އެއާއެކު އިސްލާމްދީނުގައި އަންހެނާއަށް ޙައްޤުތައް ދެއްވާފައިވާ ފުރިހަމަ ކަމެވެ. އޭނާއަށް އެއްވެސް ކަމަކުން ބޭއިންސާފު ކުރެވިފައިނުވާ ކަމެވެ.

މުޅި ހުރިހާ ކަމަކަށް ބަލައިލާއިރުވެސް ފިރިހެނުންނާއި އަންހެނުން އެއްވަރަކަށް ޙިއްޞާވާ ކަންކަމާއި، ފިރިހެނުން ބޮޑަށް ހިއްސާވާ ކަންކަމާއި، އަންހެނުން ބޮޑަށް ޙިއްޞާވާ ކަންކަމާއި، ހަމައެކަނި ފިރިހެނުން ޙިއްޞާވާ ކަންކަމާއި ހަމައެކަނި އަންހެނުން ޙިއްޞާވާ ކަންކަން ވާކަން ފާހަގަކުރެވުނެވެ. އެެހެންކަމުން މިކަމުގައި އެއްބަޔަކަށްވެސް އިސްލާމްދީނުގައި ބޭއިންސާފު ނުކުރައްވާ ޢަދުލުވެރިކަންމަތީ ދެޖިންސައްވެސް ޙައްޤުތައް ދެއްވާފައިވާކަން ދޭހަވެއެވެ. މިސާލަކަށް އިމްތިޙާނު ނިމި ރިޕޯޓް ފޯމް ދޭ ދުވަހު، ބައެއް ކުދިން A  ރިޕޯޓް ގެނެއެވެ. ނަމަވެސް އެ ރިޕޯޓް އަށް ބަލައި A  ރިޕޯޓް ލިބުނު ހުރިހާ ކުދިންގެ އެކި މާއްދާތައް ވަކިވަކިން ބަލައިލައިފިނަމަ އެކިކުދިން އެކި މާއްދާތަކުގައި ނަތީޖާ ތަފާތުވާނެއެވެ. އެއްކުއްޖަކު ހިސާބުން އަނެއް ކުއްޖާއަށް ވުރެ މަތިވެ ނުވަތަ އިނގިރޭސިން ދައްވެ ނުވަތަ މަތިވެފައިވާތަން ފެންނާނެއެވެ. ނަމަވެސް އެ ހުރިހާ ކުދިންނަށްވެސް ލިބިފައިވަނީ ހަމަ A  ރިޕޯޓެކެވެ. މީގައި މައްސަލައެއް ނެތެވެ. ޙައްޤުތަކުގައި ފިރިހެނުންނާއި އަންހެނުންނާއި ދެމެދުވެސް ވަނީ މިފަދަ ފަރަޤެކެވެ. އެހެންކަމުން މިކަމުގައި މައްސަލައެއް ނެތެވެ. ޖަދަލުކުރާނެ ޖާގައެއް ނެތެވެ.

= ނިމުނީ =

_________________

މިލިޔުމުގެ އެހެނިހެން ބައިތައް