[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 40 –

(ޝިޔަޢީންގެ) ރާފިޟީންނަކީ އެއްވެސް ވަރަކަށް ސުންނަތް ޤަބޫލު ނުކުރާ ބައެކެވެ. އެހެނީ އެބައިމީހުންގެ ޢަޤީދާގައިވާ ގޮތުން ޞަޙާބީ ބޭކަލުންކުރެ މަދު ބޭކަލެއް މެނުވީ އެއީ މުރުތައްދުވެފައިވާ ބައެކެވެ. އެހެންކަމުން އެބޭކަލުންގެ ފުށުން އައިސްފައިވާ އެންމެހާ ޙަދީޘްތަކަކީ އެބައިމީހުން ޤަބޫލުކުރާ އެއްޗެއް ނޫނެވެ. އަދި ވަކިން ޚާއްޞަކޮށް ރާފިޟީން ތުހުމަތުކުރަނީ ޞަޙާބީ ބޭކަލުންނަކީ އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވުމުގައި ދޮގުހަދާ، ޚިޔާނާތްތެރިވެފައިވާ ބައެއް ކަމުގައެވެ. އަދިވެސް އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އެބޭކަލުންވަނީ ކީރިތި ޤުރުއާނުގެ ދިހަބައިކޮށްފައި ނުވަބައި ފޮރުވާފައެވެ.

ޝިޔަޢީން ޙަދީޘްކަމަށް ބަލައިގެން ޢަމަލުކުރާ ތަކެއްޗާމެދު ދަންނައެވެ. އެއީ ޙަޤީޤަތުގައި ޔަހޫދީއެއްކަމުގައިވާ ޢަބްދުﷲ ބިން ސަބާ އެބައިމީހުންނަށް ހަދައިދީފައިވާ މުޅިން އާ ދީނެކެވެ. އޭގައިވަނީ ޔަހޫދީންގެ ދީނާ އިސްލާމްދީނާ މަސްހުނިކޮށްފައެވެ. ދެން އެއަށްފަހު ދޮގުހަދައިގެން އާލު ބައިތުންނަށް ނިސްބަތްކޮށްފައިވާ ސަނަދުތަކެއް އެ ޙަދީޘްތަކަށް އެބައިމީހުން ހެދިއެވެ. އެބައިމީހުންނާއި އެބައިމީހުންގެ އެދީނުން އާލުބައިތުންގެ ބޭކަލުންވަނީ ބަރީއަވެގެންނެއެވެ. އެއީ ޔޫސުފުގެފާނުގެ ލެއިން މިނިކާ ޖަނަވާރު ބަރީއަވެގެންވާ ފަދައިންނެވެ.

މުޅި އިސްލާމްދީންކަމުގައިވާ ކީރިތި ޤުރުއާނާއި ސުންނަތަށް ބަލާލައިފިނަމަ، އެ ދެނެގަނެވޭނެ ހަމައެކަނި މަގަކަށް މިއުންމަތަށް ލިބިފައިވަނީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޞަހާބީ ބޭކަލުންގެ ޛަރީޢާއެވެ. ފަހެ، އެބޭކަލުން ގެންނެވި އެއްޗަކަށް އިންކާރުކޮށްގެން، ﷲ ގެ ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި އެއްޗެއް ދެނެގަނެވޭނެ އެހެން ގޮތެއް އޮންނާނެ ހެއްޔެވެ! ޠާހިރު ސުންނަތާމެދު ރާފިޟީން ދެކޭ ގޮތުގެ ތަފްސީލު ވިދާޅުވުމަށް ޝައިޚުލް އިސްލާމް އަލްއިމާމު އަލްޙާފިޡް އިބްނު ތައިމިއްޔާ ލިޔުއްވާފައިވާ “منهاج السُّنَّة النبويَّة” ވިދާޅުވާށެވެ. ނުވަތަ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އަލްޣުނައިމާން ލިޔުއްވާފައިވާ އެފޮތުގެ ޚުލާޞާ ވިދާޅުވާށެވެ. އަދި އަލްޙާފިޡް އައްސުޔޫތީ ލިޔުއްވާފައިވާ “مفتاح الجنة في الاحتجاج بالسُّنَّة” އާއި އަލްޙާފިޡް އިބްނުލް ވަޒީރު އަލްޔަމަނީ (އަވަހާރަވީ 840 ހ) ލިޔުއްވާފައިވާ “الروض الباسم في الذب عن سُّنَّة أبي القاسم” ވިދާޅުވާށެވެ.

= ނުނިމޭ =

______________________

އެހެނިހެން ބައިތައް