[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހަމަލޮލަށް ނުފެނުނަސް ވާނެއެވެ

ސުވަރުގެއާއި ނަރަކައާއި މާތްﷲ ގެ މަޚްލޫޤުން ކަމުގައިވާ މަލާއިކަތުންނާއި، ޖިންނި ޝައިޠާނުންނާއި އަދި މި ނޫނަސް ރޫޙާނީ ތަންތަނާއި އެއްޗިއްސަކީ ޙައްޤު ކަން ކޮންމެ މުސްލިމަކުމެ ޤަބޫލު ކުރަންޖެހެއެވެ. ހަމަ އެކަނި ތަފާތަކީ މިތަކެތި ލޮލަށް ނުފެންނަ ކަމެވެ. މާތްﷲ ވަނީ އަޅުގަނޑުމެން މުސްލިމުންނަށް އެކަން ބަޔާނޮކޮށްދެއްވާފައެވެ. ވީއިރު ލޮލަށް ނުފެންނަ އެއްޗެއްކަމުގައިވިޔަސް އެއީ ޙައްޤުކަމުގައިވާނަމަ އެއަކަށް އީމާންވުމީ ލާޒިމް ވެގެންވާ ކަމެކެވެ. މިތަކެއްޗަށް އީމާންވުން ލާޒިމްވެގެންވަނީ ހަމައެކަނި މުސްލިމުންނަކަށް ނޫނެވެ. މުސްލިމު ނޫން މީސްތަކުންނަށްވެސް މާތްﷲވަނީ ބުއްދީގެ ހެކި ތަކުން މި ތަކެއްޗާއި ތަންތަނަކީ ޙައްޤުކަން ބަޔާންކޮށްދެއްވާފައެވެ.

މިސާލަކަށް އަޅުގަނޑުމެން ޖަރާސީމު ނަގަމާހެއްޔެވެ. ޖަރާސީމަކީ ލޮލަށް ނުފެންނަ ވަރަށް ކުޑަކުޑަ އެއްޗެކެވެ. ވަށައިގެންވާ މާޙައުލުގައި ޖަރާސީމް ވާކަން ނުވަތަ ނުވާކަން ކިތަންމެ ލޯ އަލި މީހަކަށް ނަމަވެސް ހޯދައެއް ނުގަނެވޭނެއެވެ. އެއީ ވާތަކެތިކަން އެނގިގެންމިދަނީ ޚާއްސަ އާލަތްތަކުގެ ބޭނުން ކުރެވި މި އާލާތްތަކުގެ އެހީގައި ދިރާސާކޮށް ހޯދައިބެލުމުންނެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގެތެރޭގައި ޖަރާސީމަކީ ވާ އެއްޗެކެވެ. އަދި އެއީ އިންސާނުންގެ ހަށިގަނޑުގައި އާލާވެ ތާއަބަދު އިންސާނުންނާއި އެކީގައި ވާ އެއްޗެކެވެ. އެކަން މިއަދުގެ ސައިންސްވެރީންވެރީންވަނީ ހެއްކާއިއެކު ބަޔާން ކޮށްދީފައެވެ. އެއާއި ދެކޮޅު ހެދޭނެ ޖާގައެއް އަޅުގަނޑުމެންނަކަށް ނެތެވެ. އެހެންނަމަވެސް އިންސާނުން މި ބިންމަތީގައި ލެހެއްޓުވުމުގެ އެތައް އެތައް އަހަރެއްފަހުންވެސް ޖަރާސީމަކީ ކޮން އެއްޗެއްކަމާއި ޖަރާސީމު ހުންނަ ސިފައާއި އެއީ ކޮން މަޤްސަދެއްގައި އުޅޭ އެއްޗެއްކަން ބަޔާންކޮށްދެވުނީ ދާދި މިދާކަށް ދުވަހުއެވެ. އޭގެ ކުރީން އަޅުގަނޑުމެންނަށް ޖަރާސީމާއި ބެހޭގޮތުން އެއްވެސް އެއްޗެއް އެއްވެސް މިންވަރަކަށް ހޯދިފައި ނެތުމުގެ ސަބަބުން، އެދުވަސްވަރު ޖަރާސީމު ހުންނަނީ މިވެނި ގޮތަކަށޭ، ކުރަނީ މިވެނި މަސައްކަތެކޭ ބުނާއިރަށް ދެންތިބި ބަޔަކު، އެހެން ބުނި މީހަކު މޮޔަ ހައްދައި އުޅޭނެކަން ޔަޤީނެވެ. އެއީ ކީއްވެތޯއެވެ؟ އާދޭހެވެ. އިންސާނުންގެ ހަމަ ލޮލަށް ޖަރާސީމު ނުފެންނާތީއެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ ލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ އެއީ ނުވާ އެއްޗެއްކަމުގައި ދެކެވިދާނެތޯއެވެ؟ އެއްގޮތަކަށްވެސް އެހެން ދެކިގެންނުވާނެއެވެ. އެހެން ދެކޭމީހަކީ ޚުދު ތިމާގެ އަމިއްލަ ބުއްދި އާއި ހަނގުރާމަ އިޢުލާންކޮށްފިމީހެކެވެ. މީގެ ޒަމާންތަކެއްކުރީން ޖަރާސީމަކީ ކޮންއެއްޗެއްކަން ނޭގޭއިރު އިންސާނުން ބަލިވަނީ ކޮންމެވެސް ކަހަލަ ރޫޙެއް ހަށިގަނޑަށް ވަދެގެންކަން އޭރުގެ ކާހިނުންނާއި މޭސްތިރިން ޤަބޫލުކުރަމުން އައެވެ. އެހެންކަމުން އެމީހުން އެ ބުނާ ރޫޙު ހަށިގަނޑުން ބޭރު ކޮށްލުމަށްޓަކައި ބަލިމީހާގެ ހަށިގަނޑުގައި ތަޅައި، ހަށިގަނޑު ހޫނުކޮށް ދުން އަރުވާއުޅުނެވެ.

އެހެންނަމަވެސް ބަލިތަކުގެ އަޞްލަކީ ޖަރާސީމުކަމާއި އެ ޖަރާސީމުތަކުގެ ސިފަ އާއި ބައްޓަނާއި އަދި މީގެ އިތުރުން ޖަރާސީމުތަކުގެ ތެރެއިން ހަލާކުކުރާ ބާވަތަކާއި އުފައްދާ ބާވަތެއްވާކަން ސައިންޓިސްޓުން ހޯދައިގެންފިއެވެ. އަދި ހަމަ އެވަރުން ސައިންވެރީން ފުއްދާލީކީނޫނެވެ. ޖަރާސީމުގެ ސަބަބުން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރެވި އެ ޖަރާސީމުތަކުން ރައްކާތެރި ވުމަށް އެޅޭނެ ފިޔަވަޅުތައްވެސް ސައިންވަރީން ދަނީ ހޯދަމުންނެވެ. އާދޭހެވެ. ނުފެންނަ އެއްޗަކީ ނުވާއެއްޗެއްކަމުގެ މާއްދީ ދަލީލެއް މިއަށްވުރެ ފުރިހަމަ ވަކި ކޮބައިތޯއެވެ؟

ވީމާ އަޅުގަނޑުމެންނަށް ނުފެންނަ ކޮންމެ އެއްޗަކީ ވާނެ އެއްޗެއްނޫންކަމާއި މެދު ދެކިގެންނުވާނެއެވެ. ފެންނަ ކަންތައްތަކާއި ނުފެންނަ ކަންތަކުގެ ޢިލްމު ބޮޑަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

هُوَ اللَّـهُ الَّذِي لَا إِلَـٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّ‌حْمَـٰنُ الرَّ‌حِيمُ ﴿٢٢﴾  سورة الحشر

މާނައީ: ” އެކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، رحمن ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. “