[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 43 –

ދެވަނަ ޖަމާޢަތް:

އެއީ ކިނާނާގެ ބައެއް ލިޔުންތެރިންނާއި އަދީބުންގެ ތެރެއިން އިސްލާމްދީނުގެ ޢަދާވާތްތެރިންގެ ގާތުން ތަރުބިއްޔަތުވެފައިވާ މީހުންނެވެ. އެއީ ޔަހޫދީންނާއި ނަޞާރާއީންގެ އޮރިއަންޓަލިސްޓުން ގާތުން ފަރަންސޭސި ވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުގައެވެ. ފަހެ، އެބައިމީހުންގެ ވިސްނުމަށްވަނީ އޭގެ ސަބަބުން އަޘަރުކޮށްފައެވެ. އަދި ހިތްތައްވީ އެބައިމީހުންގެ އުސްތާޛުންކަމުގައިވާ އޮރިއަންޓަލިސްޓުންގެ ޝުބުހަތަކާއި ޝައްކުތަކުން ފުރިފައެވެ. އެފަދަ މީހުން މުސްލިމުންގެ ރަށްތަކަށް އެނބުރި އައީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ޢަދާވާތެރިވާމީހުންގެ ރަސޫލުންގެ ގޮތުގައެވެ. އަދި އެބައިމީހުންވަނީ އެ ޝުބުހަތަކާއި ޝައްކުތައް މުސްލިމުންގެ މެދުގައި ފަތުރާފައެވެ. މިފަދަ އަދީބުންގެ ފޮތްތަކުގައިވަނީ ސުންނަތަށާއި އެ ރިވާކުރެއްވި ބޭކަލުންނަށް ޢައިބު ކިޔައި އެ އެއްވެސް ވަރަކަށް ޤަބޫލުނުކުރުމަށް ގޮވާލާފައެވެ. މިފަދަ އަދީބުންގެ ބޮޑުންގެ ގޮތުގައި ޠާހާ ޙުސައިނާއި އަޙްމަދު އަމީނާއި އަދި އެނޫން މީހުންވެސް ފެނިގެން ދިޔައެވެ.

= ނުނިމޭ =

______________________

އެހެނިހެން ބައިތައް