[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (20)

އަދިވެސް ޞަޙީޙް މުސްލިމްގައިވެއެވެ. ހިޝާމް ބުން ޒުހްރާގެ އަޅު އަބޫ އައްސާއިބުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު އަބޫ ސަޢީދު އަލްޚުދްރީގެ ގެކޮޅަށް ވަދެ ވަޑައިގަތެވެ. އަދި ދެންނެވިއެވެ. “ފަހެ، އެކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް ފެނުނެވެ. ދެން ނަމާދު ނިމެންދެން އެކަލޭގެފާނުގެ އިންތިޒާރުގައި އިށީނީމެވެ. ފަހެ، ގޭގެ ކަނަކުން އެއްޗެއް ހަރަކާތްކުރާ އަޑު އިވުނެވެ. ފަހެ، ތިމަން އެދިމާއަށް އެނބުރި ބަލައިލިއިރު ފެނުނީ ހަރުފައެކެވެ. ދެން އެމަރާލަން ތެދުވިތަނާ އިށީނުމަށް (އަބޫ ސަޢީދު އަލްޚުދްރީ) އިޝާރާތްކޮށްލެއްވިއެވެ. ދެން ފަހެ، ތިމަން އިށީނީމެވެ. އެ ހަރުފަ ދިއުމުން ގެތަކުގެ ތެރެއިން ގެއަކަށް އިޝާރާތްކޮށްލެއްވިއެވެ. ދެންފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “މިގެ ފެނޭ ހެއްޔެވެ؟” ފަހެ ތިމަން ދެންނެވީމެވެ. “އާދޭހެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ވަރަށް ފަހުން ކައިވެނިކުރި ޒުވާނަކު އެގޭގައި އުޅުނެވެ.” ވިދާޅުވިއެވެ. “ފަހެ، ތިމަން ބޭކަލުން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ޚަންދަޤަށް ނުކުމެވަޑައިގަތީމެވެ. ދުވާލު ދެބައިވުމުން އެޒުވާނާ ގެއަށް އޭނާގެ އަނބިމީހާގެ ގާތަށް ދިއުމުގެ އިޛުނައަށް ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން އެދިވަޑައިގެންނެވިއެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم އޭނާއަށް އިޛުނަ ދެއްވިއެވެ. އަދި އޭނާއަށް ޙަދީޘްކުރެއްވިއެވެ. “ތިބާގެ ހަތިޔާރު ގެންދާށެވެ. ފަހެ، ތިމަންކަލޭގެފާނު ޤުރައިޟާގެ މީހުންނާމެދު ހިތްހަމަ ޖެހިވަޑައިނުގަންނަވައެވެ.” ފަހެ، އެއްދުވަހަކު އެޒުވާނާ އޭނާގެ ހަތިޔާރު ހިފައިގެން ދިޔަހިނދު އޭނާއަށް ފެނުނީ އޭނާގެ އަނބިމީހާ ދެދޮރުގެ ދެމެދު ހުއްޓައެވެ. ފަހެ، އޭނާގެ ޣީރަތްތެރިކަމުގެ ސަބަބުން އޭނާގެ އަނބިމީހާއާ ދިމާއަށް ލޮންސި އެއްލުމަށްޓަކައި އެދިއްކޮށްލިއެވެ. ފަހެ، އަނބިމީހާ ބުންޏެވެ. “ތިބާގެ ލޮންސި ތިރިކުރުމަށްފަހު ގެއަށް ވަދެ ތިމަން ގެއިން ނެރުނީ ކޮން އެއްޗެއްތޯ ބަލާށެވެ.” ދެންފަހެ، އޭނާ ގެއަށް ވަނުމުން ފެނުނީ ބޮޑު ހަރުފައެއް އޭނާގެ ތަންމަތީގައި އޮއްވައެވެ. ފަހެ، އެހަރުފައާ ދިމާއަށް ލޮންސި އެއްލާ އޭގައި ޖެހިއެވެ. ދެން އެއަށްފަހު އެހަރުފަ ގޯތިތެރެއަށް އެއްލައިލިއެވެ. ފަހެ، އޭތި އެޒުވާނާގެ ގައިގައި އޮޅާލިއެވެ. ދެންފަހެ، އެންމެ އަވަހަށް މަރުވީ އެހަރުފަކަމެއް ނުވަތަ އެޒުވާނާކަމެއް ތިމަންމެންނަކަށް ނޭނގެއެވެ.” ވިދާޅުވިއެވެ. “ފަހެ، ތިމަންމެން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ގޮސް އޭނާގެ ވާހަކަ ކިޔައިދިނީމެވެ. އަދި ތިމަންމެން ދެންނެވީމެވެ. ތިމަންމެންނަށްޓަކައި އޭނާ އަލުން ދިރުއްވެވުމަށް ﷲ އަށް ދުޢާކޮށްދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ އެކުވެރިޔާއަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ.” ދެންއެއަށްފަހު ޙަދީޘްކުރެއްވިއެވެ. “އިސްލާމްވެފައިވާ ޖިންނީންތަކެއް މަދީނާގައި އުޅެއެވެ. ފަހެ، ތިޔަބައިމީހުންނަށް އެސޮރުމެންގެ ތެރެއިން އެއްޗެއް ފެނިއްޖެނަމަ ފަހެ، ތިން ދުވަސް ތެރޭގައި ދިޔުމަށް އެއަށް އިންޛާރު ދޭށެވެ. ފަހެ، އެއަށްފަހު އޭތި ނުދާނަމަ އޭތި މަރާލާށެވެ. ހަމަކަށަވަރުން އެއީ ޝައިޠާނެކެވެ.”” އަދި މުސްލިމްގައި އެހެން ލަފްޡެއްގައި ވެސް ވެއެވެ. “ހަމަކަށަވަރުން މިގެތަކުގައި ހަރުފައުޅެއެވެ. ފަހެ، އެއިން އެއްޗެއް ފެނިއްޖެނަމަ ފަހެ، ތިންފަހަރު އެއަށް ނުކުތުމަށް އަންގާށެވެ. ދެންއެއަށްފަހު އެ ނުނިކުމެއްޖެނަމަ މަރާލާށެވެ. ހަމަކަށަވަރުން އެއީ ކާފިރެކެވެ.” އަދި އެބައމީހުންނަށް ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ގޮސް ތިޔަބައިމީހުންގެ އެކުވެރިޔާ ކަފުންކޮށް ވަޅުލާށެވެ.”  

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް