[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 85 “ދޮގުހެކި ދިނުން އިތުރުވުމާއި، ޙައްޤު ހެކިބަސް ފޮރުވުން.… “

  1. ދޮގުހެކި ދިނުން އިތުރުވުމާއި، ޙައްޤު ހެކިބަސް ފޮރުވުން.

ޢަބްދުﷲ ބްން މަސްޢޫދު رضي الله عنه ގެ އަރިހުން، އައިސްފައިވާ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘެއްގައި ވެއެވެ. ((إِنَّ بَيْنَ يَدَيِ السَّاعَةِ:… شَهَادَة الزُّورِ، وَكِتْمَان شَهَادَة الْحق))[1] މާނައީ: “ހަމަކަށަވަރުން ޤިޔާމަތާ ކައިރީގައި… ދޮގުހެކި ދިނުމާއި ތެދުހެކި ފޮރުވުން ވެއެވެ.”

ދޮގުހެތްކަކީ އެއީ ހެކިވުމުގައި ކަނޑައެޅިގެން ގަސްތުގައި ދޮގުހެދުމެވެ. ފަހެ ދޮގުހެކި ދިނުމުގެ ސަބަބުން ޙައްޤު ނައްތައިލާ ފަދައިން ތެދުހެކި ވަންހަނާ ކުރުމުންވެސް ޙައްޤު ބާޠިލު ކޮށްލައެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. (وَلَا تَكْتُمُوا الشَّهَادَةَ ۚ وَمَن يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ) [البقرة: 283] މާނައީ: “އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އެކަން ވަންހަނާކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ.”

އަދި އަބޫ ބަކްރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم އަރިހުގައި ތިމަންމެންބޭކަލުން ތިއްބަވަނިކޮށް ޙަދީޘްކުރެއްވިއެވެ. ((أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ (ثَلَاثًا)؟ الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ، وَشَهَادَةُ الزُّورِ -أَوْ قَوْلُ الزُّورِ-، وَكَانَ مُتَّكِئًا فَجَلَسَ، فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَتَ))[2] “އެންމެ ބޮޑެތި ފާފަތައް، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔައިދެއްވަންހެއްޔެވެ؟ (މިފަދައިން ތިންފަހަރު ޙަދީޘްކުރެއްވިއެވެ.) ﷲ އަށް ޝަރީކު ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރި ވުމާއި ދޮގުހެކި ދިނުމާއި –ނުވަތަ ދޮގުބަހުން ވާހަކަދެއްކުމާއި- އެވެ. އެކަލޭގެފާނު ލެނގިވަޑައިގެން ހުންނަވައި އިށީނދެ ވަޑައިގެންނެވިއެވެ. އަދި އެފަދައިން ޙަދީޘްކުރެއްވުން ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. އެކަލޭގާފާނު ދެން ހުއްޓަވާލައްވާނެ ނަމައޭ ތިމަންމެންބޭކަލުންނަށް ބުނެވިއްޖައުމަށް ދާންދެނެވެ.”

ދޮގުހެކި ދިނުމާއި ޙައްޤުހެކި ފޮރުވުން މިޒަމާނުގައި ގިނަކަމާއެވެ!

އެކަމުގެ ހުރި ނުރައްކާތެރި ކަމުގެ ބޮޑުކަމާހުރެ ނަބިއްޔާ صلى الله عليه وسلم އެކަން ހިމަނުއްވާފައިވަނީ ޝިރުކު ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާ އެކުއެކީއެވެ. އެހެނީ ދޮގުހެކި ދިނުމަކީ އަނިޔާވެރި ކަމާއި އަހުވައަށް މަގުފަހިކުރުވާ އަދި މީސްތަކުންގެ ހައްޓާއި މުދަލުގެ ޙައްޤުތައް ގެއްލިގެންދާ ކަމެކެވެ. އެކަން ފާޅުވުމީ އީމާންކަމުގެ ބަލިކަށިމާއި ރަޙްމާންވަންތަ އިލާހާމެދު ބިރުވެތިކަމެއް ނެތްކަމުގެ ދަލީލެކެވެ.

=ނުނިމޭ=

___________________________

[1] ((مسند الإمام أحمد)) (5 / 333)، شرح أحمد شاكر، وقد تقدم تخريجه، وأنه صحيح.

انظر: ((تفسير ابن كثير)) (6 / 140)، و ((فتح الباري)) (5 / 262).

[2] ((صحيح البخاري))، كتاب الشهادات، باب ماقيل في شهادة الزور، (5 / 261 – مع الفتح)، و ((صحيح مسلم))، كتاب الإيمان، باب الكبائر وأكبرها، (2 / 81 – 82 – مع شرح النووي).