[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 86 “އަންހެނުންގިނަވެ ފިރިހެނުން މަދުވެގެން ދިއުން. “

  1. އަންހެނުންގިނަވެ ފިރިހެނުން މަދުވެގެން ދިއުން.

އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] ތިމަންކަލޭގެފާނަށް ފަހުގައި އެއްވެސް މީހަކު ނުދައްކާނެ ވާހަކައެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((مِنْ أَشْرَاطِ السَّاعَةِ أَنْ يَقِلَّ الْعِلْمُ، وَيَظْهَرَ الْجَهْلُ، وَيَظْهَرَ الزِّنَا، وَتَكْثُرَ النِّسَاءُ، وَيَقِلَّ الرِّجَالُ، حَتَّى يَكُونَ لِخَمْسِينَ امْرَأَةً الْقَيِّمُ الْوَاحِدُ))[1] “ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ޢިލްމުވެރިކަން ދަށްވުމާއި ޖާހިލުކަން ފާޅުވުމާއި ޒިނޭ ފާޅުވުމާއި އަންހެނުން ގިނަވުމާއި ފިރިހެނުން މަދުވުން ހިމެނެއެވެ. އެންމެ ފިރިހެނަކަށް ފަންސާސް އަންހެނުން ވެއްޖައުމާ ހަމައަށެއެވެ.”

އެއީ ފިތުނަތައް ގިނަވެ ފިރިހެނުން ޤަތުލުވެގެން ދިއުން ގިނަވުމުގެ ސަބަބުން ކަމުގައި ބުނެއެވެ. އެހެނީ ހަނގުރާމަކުރާ ބަޔަކީ ފިރިހެނުންނެވެ. އަންހެނުންނެއް ނޫނެވެ.

އަދި ބުނެއެވެ. އެއީ ފަތަޙަތައް ގިނަވެ އަސީރު ކުރެވޭ މީހުން ގިނަވުމުންނެވެ. ކޮންމެ ފިރިހެނަކު އެތައް އަންހެނުންނެއް އަޅުންގެ ގޮތުގައި ގެންދެއެވެ.

ޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “މިއާމެދު ބަލައިލަން ޖެހެއެވެ. އެހެނީ އަބޫ މޫސާގެ ރިވާޔަތުގައި [ފިރިހެނުން] މަދުވުން ޞަރީޙަކޮށް އެބައޮތެވެ. ވިދާޅުވިއެވެ. ((مِنْ قِلَّةِ الرِّجَالِ وكَثْرَةِ النِّسَاء))[2] “ފިރިހެނުން މަދުވުމުންނާއި އަންހެނުން ގިނަވުމުންނެވެ.” ހާމަވާން އޮތްގޮތުގައި އެއީ ހަމަ އެއްވެސް ކަމަކާނުލައި މެދުވެރިވެގެން އަންނަ ކަމެކެވެ. އަދި ކިއެއްތޯއެވެ! ފަހު ޒަމާނުގައި ފިރިހެނުން ވިހާ މީހުން މަދުކަމުގައްޔާއި އަދި އަންހެނުން ވިހާ މީހުން ގިނަކަމުގައި ﷲ ކަނޑައަޅުއްވާފައި ވަނީއެވެ. އަދި އަންހެނުން ގިނަވުމީ އެއީ ޢިލްމު އުފުލިގެން ދިއުމާއި ޖާހިލުކަން ވެރިވުމަށް މުނާސަބު ކަމެކެވެ.”[3]

ދަންނަވަމެވެ. ޙާފިޡް އިންބު ޙަޖަރު ވިދާޅުވެފައިވާ ގޮތަށް އެކަންވުމާއި އަދި ޤަތުލު ކުރުން ގިނަވުމަށް މެދުވެރި ކުރުވާ ފިތުނަތަކާއި އެނޫންވެސް ސަބަބު ތަކަކާ ހުރެ ފިރިހެނުން މަދުވެ އަންހެނުން ގިނަވެގެން ދިއުން މަނަލެއް ނުކުރެއެވެ. ދެންފަހެ ފިރިހެނުން ނެތި ދިއުމާއި އަންހެނުން ދެމިތިބޭނެ ކަމަށް ދަލީލު ކުރާ ރިވާޔަތެއް އަލްއިމާމު މުސްލިމް ގެންނަވާފައި ވާކަން ކަށަވަރެވެ. ފިރިހެނުން ނެތިގެން ދިއުން ގިނަފަހަރުގައި ވަނީ ޤަތުލުޢާންމުވުމުގެ ސަބަބުންނެވެ. ދެންފަހެ މުސްލިމްގެ ޢިބާރާތުގައި އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((وَيَذْهَبَ الرِّجَالُ، وَتبْقَى النِّسَاءُ، حَتَّى يَكُونَ لِخَمْسِينَ امْرَأَةً قَيِّمٌ وَاحِدٌ))[4] މާނައީ: “ފިރިހެނުން ނެތިގެން ދެއެވެ. އަދި އަންހެނުން ދެމިތިބެއެވެ. ފަންސާސް އަންހެނަކަށް އެންމެ ފިރިހެނަކު ހުރެއްޖައުމާ ހަމައަށެވެ.”

މިތާންގައި (ފަންސާސް) ކަމުގައި އޮތަސް އޭގެ މުރާދަކީ ސީދާ އެޢަދަދެއް ނޫނެވެ. އަބޫމޫސާ رضي الله عنه ގެ ރިވާޔަތުގައި އައިސްފައި ވެއެވެ. ((وَيُرَى الرَّجُلُ يَتْبَعُهُ أَرْبَعُونَ امْرَأَةً يَلُذْنَ بِهِ))[5] “ފިރިހެނަކަށް ސާޅީސް އަންހެނުން ތަބާވެ އެކަނބަލުން އޭނާގެ ކިބައިން ފޮނިކަން ލިބިގަންތަން ފެންނާނެއެވެ.” ފަހެ އެއީ [ޢަދަދުގެ] ގިނަކަން ބުނެދިނުމަށްވާ މަޖާޒުބަހެކެވެ.[6] وَاللهُ أَعْلَم.

=ނުނިމޭ=

___________________________

[1] ((صحيح البخاري))، كتاب العلم، باب رفع العلم وظهور الجهل، (1 / 178 – مع الفتح)، و ((صحيح مسلم))، كتاب العلم، باب رفع العلم وقبضه وظهور الجهل والفتن في آخر الزمان، (16 / 221 – مع شرح النووي)، و ((جامع الترمذي))، باب ماجاء في أشراط الساعة، (6 / 448) (ح 2301).

[2] ((صحيح مسلم))، كتاب الزكاة، باب كل نوع من المعروف صدقة، (7 / 96 – مع شرح النووي).

[3] [ބައްލަވާ:] ((فتج الباري)) (1 / 179).

[4] ((صحيح مسلم))، كتاب العلم، باب رفع العلم وقبضه وظهور الجهل والفتن، (16 / 221 – مع شرح النووي).

[5] ((صحيح مسلم)) ((7 / 96 – مع شرح النووي).

[6] ބައްލަވާ: ((فتح الباري)) (1 / 179).