[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 10

އިސްލާމްކަމުގެ ރުކުނެއްކަމުގައިވާ ޙައްޖު

ޙައްޖަކީ އިސްލާމަކަމުގެ ރުކުން ތަކުގެ ތެރެއިން ރުކުނެކެވެ.

”..އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެމީހާ، އެ ގެފުޅަށް ޤަޞްދުކޮށްގެންދިޔުމަކީ(އެބަހީ: ޙައްޖުވުމަކީ) ﷲއަށް ޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ..”

(އާލް ޢިމްރާން 97)

އިބުނު ޢުމަރު ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

”އިސްލާމްކަން ބިނާ ވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ޙައްޖުވުމާއި އަދި ރަމަޟާން މަހު ރޯދަ ހިފުމެވެ.”

ޙައްޖާއި ޢުމްރާގެ މާތް ކަމާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކުން ހަދީޘެއްގައި ވެއެވެ.

”ޢުމްރާއަކީ އޭގެފަހުން ކުރާ ޢުމްރާއާއި ދެމެދުގައި ކުރާ ކުދިފާފަތަކުގެ ކައްފާރާއެކެވެ. އަދި މަބްރޫރު ޙައްޖަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވެއެވެ.”

އެހެން ރިވާޔަތެއްގައި ވެއެވެ.

”މިގެފުޅަށް ޙައްޖުކޮށް އެ ޙައްޖުގައި ފާޙިޝްކަންކަމުން ދުރުހެލިވެ ފާސިޤުކަންކަމުން ސަލާމަތްކޮށްފިމީހާ އެނބުރި އަންނާނީ އޭނާ މަންމަގެ ބަނޑުން ނިކުތް ފަދައިންނެވެ. (އެބަހީ އެންމެހާ ފާފަތަކުން ތާހިރުވެގެންވާ ޙާލުގައެވެ.)”

އެހެން ހަދީޘެއްގައިވެއެވެ.

”ރަމަޟާން މަހު ކުރާ ޢުމްރާއަށް ޙައްޖާއިއެއްވަރުގެ އަޖުރެއް ލިބެއެވެ.”

މީގެ މާނައަކީ ރަމަޟާންމަހު ޢުމްރާއެއްކޮށްފި މީހެއްގެ މަތިން ޙައްޖުގެ ފަރުޟުވީއްލުމެއް ނޫނެވެ.

 

الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ))

މާނައީ: ” އެއް ޢުމްރާއިން އަނެއް ޢުމްރާއާ ދެމެދު ކުރެވޭ (ކުދި) ފާފަތަކުގެ ކައްފާރާއެއް ކަމުގައި ޢުމްރާކުރުންވެއެވެ. އަދި މަބްރޫރު ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ.”

((تَابِعُوا بَيْنَ الحَجِّ وَالعُمْرَةِ، فَإِنَّهُمَا يَنْفِيَانِ الفَقْرَ وَالذُّنُوبَ كَمَا يَنْفِي الكِيرُ خَبَثَ الحَدِيدِ، وَالذَّهَبِ، وَالفِضَّةِ، وَلَيْسَ لِلْحَجَّةِ الْمَبْرُورَةِ ثَوَابٌ إِلَّا الجَنَّةُ)) [رواه الترمذي (٨١٠) وابن خزيمة في صحيحه (٢٥١٢) والنسائي (٢٦٣١) من حديث ابن مسعود رضي الله عنه، وإسناده عندهم حسن، ورواه النسائي (٢٦٣٠) بإسناد صحيح من حديث ابن عباس رضي الله عنه، وليس فيه ((وَالذَّهَبِ، وَالفِضَّةِ،)) والجملة الأخيرة]

މާނައީ: “ވިދިވިދިގެން ޙައްޖާއި ޢުމްރާ ކުރާށެވެ. ފަހެ، އެދެކަން ފަޤީރުކަމާއި ފާފަތަކުން ދުރުކޮށްދެއެވެ. “ކީރުން ދަނގަޑާއި ރަނާއި ރިހީގައި ހުންނަ ހަޑިކަން ފިލުވާލާ ފަދައިންނެވެ. އަދި މަބްރޫރު ޙައްޖެއްގެ ޘަވާބެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ.”

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ -رضي الله عنها- قَالَتْ: قُلْتُ: “يَا رَسُولَ اللَّهِ عَلَى النِّسَاءِ جِهَادٌ؟” قَالَ: ((نَعَمْ، عَلَيْهِنَّ جِهَادٌ، لَا قِتَالَ فِيهِ: الْحَجُّ وَالْعُمْرَةُ)) [رواه ابن ماجه (٢٩٠١) وابن خزيمة في صحيحه (٣٠٧٤)]

މާނައީ: “އުންމުލްމުއުމިނީން ޢާއިޝާ رضي الله عنها ގެ އަރިހުންރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ތިމަން ކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަންހެނުންނަށް ޖިހާދުވޭ ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ. އެކަނބަލުންނަށް ޖިހާދުވެއެވެ. އޭގައި ހަނގުރާމަކުރުމެއް ނުވެއެވެ. (އެއީ) ޙައްޖާއި ޢުމްރާއެވެ.”

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.