[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 50 –

ތިންވަނައީ: ޤުރުއާނުގައި އައިސްފައި ނުވާކަމެއް ސުންނަތުން ޘާބިތުވުމުން އެކަން ޤަބޫލުނުކުރުން

 

އަލްއިމާމު އައްޝާފިޢީ رحمه الله ވިދާޅުވިއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް ތިން ގޮތަށް އައިސްފައިވާކަމާމެދު ޢިލްމުވެރިން ޚިލާފުވެފައިވާވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވެއެވެ. އޭގެ ތެރެއިން ދެ ގޮތެއްގެ މައްޗަށް އެބޭކަލުން އެއްބަސްވެވަޑައިގެންފައިވެއެވެ. 

ފުރަތަމައީ: ޤުރުއާނުގައި ޙުކުމެއް ﷲ ތަޢާލާ ބާވާލެއްވުމުން ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ވެސް އެޙުކުމް ބަޔާންކޮށްދެއްވުން. [1]

ދެވަނައީ: އިޖުމާލީ ގޮތެއްގައި ޤުރުއާނުގައި ކަމެއް ބަޔާންވެފައިވުމުން ﷲ ތަޢާލާގެ މުރާދުފުޅު ރަސޫލާ صلى الله عليه وسلم ބަޔާންކުރެއްވުން. [2]

މިދެގޮތާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ.

ތިންވަނައީ: ޤުރުއާނުގައި އައިސްފައި ނުވާ ކަމެއް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ބަޔާންވުން. [3]

ތިންވަނަ ގޮތާމެދު ދަންނައެވެ. އުޞޫލު ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި الزيادة على النص ގެ މުރާދަކީ މިއީއެވެ. [4]

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________________________

[1]  މީގެ މިޘާލަކީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޞައްޙަ ޙަދީޘްއެވެ. ((بُنِيَ الْإِسْلَامُ عَلَى خَمْسٍ)) އާއި ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ) ، އަދި މި ވަޙީބަސްފުޅެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) [43 و 183 من سورة البقرة] އަދި މިބަސްފުޅުވެސްމެއެވެ. (وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا) [97 من سورة آل عمران] އަދި މިނޫންވެސް އާޔަތްތަކެވެ.

[2] މީގެ މިޘާލަކީ: ނަމާދާއި ޒަކާތާއި ޙައްޖާއި އަދި އެނޫންވެސް ކަންކަމުގެ ތަފްޞީލު ބަޔާންކުރައްވާފައިވާ ޙަދީޘްތަކެވެ. ސުންނަތުގައި އެންމެ ގިނައީ މިވައްތަރެވެ.

[3] انظر: الرسالة للشافعي ص: ۹١ – ۹٢.

[4] انظر: ما كتبه الدكتور عمر بن عبد العزيز في كتابه: الزيادة على النص حقيقتها وحكمها ص: ١١ – ٢٦.