[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ތަލްޤީނު ކިޔުން

ތަލްޤީނު ކިޔަންޖެހޭ ވަޤުތަކީ ކޮބާ ހެއްޔެވެ؟

ތަލްޤީނުކޮށްދޭން [1] ޖެހޭ ވަޤުތަކީ މަރުވާވަޤުތެވެ. އެއީ މަރަށް ޙާޟިރުކުރެވޭ ވަޤުތެވެ. އޭނާއަށް لا إله إلا الله އެވަޤުތު ކިޔައިދޭނީއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ބޮޑު ބޭބެ، އަބޫ ޠާލިބު މަރަށް ޙާޟިރުކުރެވުނު އިރު އެކަލޭގެފާނު އެފަދައިން ޢަމަލުކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.

« أَىْ عَمِّ ، قُلْ لاَ إِلَهَ إِلاَّ اللَّهُ . كَلِمَةً أُحَاجُّ لَكَ بِهَا عِنْدَ اللَّهِ »

[رواه البخاري]

މާނައީ: ” އޭ ބޮޑުބޭބެއެވެ. لا إله إلا الله ކިޔާށެވެ. ﷲ ގެ ޙަޟްރަތުގައި ކަލޭގެފާނުގެ ދިފާޢުގައިވާ ޙުއްޖަތެއްކަމުގައި އެކަލިމަ ބޭނުންކުރައްވާ ހުށީމެވެ.”

ނަމަވެސް އެކަލޭގެފާނުގެ ބޮޑުބޭބެ އެފަދައިން ނުބުނެ ޝިރުކުގެ މަތީގައި މަރުވެގެން ދިޔައީއެވެ.

މީހަކު ވަޅުލުމަށްފަހު ތަލްޤީނު ކިޔުމާމެދު ދަންނައެވެ. ފަހެ، ހަމަކަށަވަރުން އެއީ ބިދުޢައެކެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެކަމާ ބެހޭގޮތުން ޞައްޙަ ޙަދީޘެއް އައިސްފައި ނުވާތީއެވެ. ނަމަވެސް ވަޅުލުމަށްފަހު ކުރުމަށް އެކަށީގެންވާ ކަމަކީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ދާވޫދު ރިވާކުރައްވާފައިވާ ފަދައިންނެވެ. ވަޅުލާ ނިމުމަށްފަހު އެތަނުގައި ހުއްޓިހުރެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

« اسْتَغْفِرُوا لأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الآنَ يُسْأَلُ » [رواه أبو داود]

މާނައީ: ” ތިޔަބައިމީހުންގެ އަޚާއަށް ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަން ދެއްވުމަށް އެދިވެސްމެއެވެ. އެހެނީ ހަމަކަށަވަރުން އޭނާއާ މިހާރު ސުވާލުވެވޭނެއެވެ.”

މައްޔިތާގެ ޤަބުރުކައިރި ތިބެގެން ކިޔެވުމާއި ތަލްޤީނުކިޔުމާމެދު ދަންނައެވެ. ފަހެ، އެއީ ބިދުޢައެކެވެ. އެކަމުގެ އެއްވެސް އަޞްލެއް ނުވެއެވެ.

فضيلة الشيخ محمد بن صالح العثيمين – رحمه الله –

فتاوى أركان الإسلام / ص: 340

_____________________________

[1] ތަލްޤީނުގެ ލަފްޒީ މާނައަކީ: ވިސްނައިދިނުމެވެ. (ބައްލަވާ: جمهرة اللغة)

އަދި އިޞްޠިލާޙީ މާނައަކީ: މަރުވަމުންދާ މީހާގެ ކުރިމަތީގައި لا إله إلا الله  ކިޔުމެވެ. އެއީ އޭނާ އެވަޤުތު އެކަލިމަ ކިޔުމަށްޓަކައެވެ. (ބައްލަވާ: قاموس الفقهي)